އިލެކްޝަން ކޮމިޝަނުގެ މެންބަރުކަމަށް ފަސް ނަމެއް ހުށަހަޅައިފި

Loading

Facebook
Twitter
WhatsApp

 

އިލެކްޝަންސް ކޮމިޝަން( އީސީ)ގެ މެންބަރު ކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އަށް އެ މައްސަލަ ހުށަހަޅުއްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ އަމީންއާންމު މިއަދުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ.

މަޖިލީހަށް ހުށަހެޅުއްވި ނަންތަކުގެ ތެރޭގައި އީސީ ކޮމިޝަންގައި ކުރިން މަސައްކަތް ކުރެއްވި އާސިފްއާއި، މިހާރުވެސް ކޮމިޝަންގައި މަސައްކަތް ކުރައްވާ ޝަހުލާގެ ނަން ވެސް ހިމެނެއެވެ.

އިލެކްޝަން ކޮމިޝަނަށް އިސްކަން ދެއްވި 5 ނަން:

  • މުހައްމަދު އާސިފް، ހ.އިރުވައި
  • ޝަހުލާ އިސްމާއިލް، ފިނިއުނިމާގެ / ޅ.ހިންނަވަރު
  • އަޒްލީމާ އަހުމަދު، ދަފްތަރު، ނަމްބަރު ރސ 94-341
  • އަހުމަދު މަންސޫރު، ވ.ރިވެތި
  • އަލްއުސްތާޛާ މަރިޔަމް ހަނީފާ ޚާލިދު، އަނބުގަސްދޮށުގެ / ހއ.ކެލާ

މި ނަންފުޅުތައް ދިރާސާ ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

އީސީގެ މެންބަރު ކަމަށް ފަސް ބޭފުޅަކު ކުރިމަތިލެއްވި ނަމަވެސް މަޖިލީހުން ރުހުން ދޭނީ އެއް ނަމަކަށެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލީ އެކޮމިޝަނުގެ މެމްބަރު އަދި ރައީސްގެ މަގާމުގައި ހުންނެވި އަހްމަދު ޝަރީފް އިސްތިއުފާ ދެއްވުމާގުޅިގެން މަގާމު ހުސްވެފައިވާތީއެވެ.
ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އިލެކްޝަންސް ކޮމިޝަންގައި މިވަގުތު ތިއްބެވީ ހަތަރު މެންބަރުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް