ބޭނުން ނުކޮށްހުރި ރެވެނިޔު ސްޓޭމްޕް ތަކަށް ރީފަންޑްދެނީ

Loading

Facebook
Twitter
WhatsApp

 

ރެވެނިއު ސްޓޭމްޕްތައް ޖެހުން ހުއްޓާލުމާއި ގުޅިގެން ބޭނުން ނުކުރެވި ހުރި ރެވެނިޔު ސްޓޭމްޕްތަކަށް ރީފަންޑު ދިނުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ނިންމައިފިއެވެ.

ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ގާނޫނުގެ ދަށުން 1970 ވަނަ އަހަރުން ފެށިގެން އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖަހަމުން އައި އައުން ހުއްޓައިލައި އެ ގާނޫނު އުވާލީ ޖުލައި މަހުގައެވެ.

އެއާއި ގުޅިގެން މީރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވާލުމުގެ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވުމާ ގުޅިގެން، ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ގާނޫނުގެ ދަށުން އެ އޮތޯރޓީން ވިއްކައިފައިވާ ސްޓޭމްޕްގެ ތެރެއިން ބޭނުން ނުކުރެވިފައިވާ ރެވެނިޔު ސްޓޭމްޕް ރީފަންޑް ކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

މީރާއިން ބުނީ ބޭނުންނުކުރެވި ހުރި ސްޓޭމްޕް ރީފަންޑުކުރުމަށް އެދޭ ފަރާތްތަކުން ނޮވެމްބަރު 15ގެ ކުރިން  ރެވެނިޔު ސްޓޭމްޕް ރީފަންޑްކުރުމަށް އެދޭ ފޯމު ފުރިހަމަކުރުމަށް ފަހު މީރާ ޓެކްސްޕެޔާ ސާވިސް  ސެންޓަރަށް ހުށަހެޅުމަށެވެ. އަދި އަތުޅުތެރޭގައި ގާއިމް ކޮށްފައިވާ މީރާގެ އޮފީސްތަކަށް ވެސް ހުށަހެޅޭނެކަމަށް ވެސް މީރާއިން ބުނެއެވެ.

މި ކަމާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، ރަސްމީގަޑީގައި މީރާގެ ހޮޓްލަން 1415 އަށް ގުޅޭނެކަމަށާ މީގެ އިތުރުން 9821415  ވައިބާއިން މެސެޖްކުރުމުން މައުލޫމާތު ފޯރުކޮށްދެވޭނެކަމަށް ވެސް މީރާއިން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް