ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ޕޫލެއް ހުޅުމާލޭގައި ހަދަނީ

Loading

Facebook
Twitter
WhatsApp

 

 

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ޕަބްލިކް ސީ ޕޮއިންޓް ޕޫލެއް ހުޅުމާލޭގައި އަޅަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފި އެވެ.

އެޗްޑީސީން ބުނީ މި ޕޫލަކީ ހާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި ކުދިންނަށް ބޭނުން ކުރެވޭ ގޮތަށް ތައްޔާރު ކުރާ ތަނެއް ކަމަށާ މި ޕޫލް ހަދަނީ ތެރަޕީ ބޭނުންވާ ފަރާތްތަކަށް ހާއްސ ހިދުމަތްތައް ލިބޭނެ ގޮތަށް ކަމަށެވެ. އަދި މީގެ އިތުރުން އަލަށް ފަތަން ދަސްކުރާ ކުދިންނަށް ވެސް ފަސޭހަ ވާނެހެން އެ ތަނުން ހިދުމަތްތައް ލިބޭނެހެން ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

ހުޅުމާލޭ ގޮޑުދޮށް ސަރަހައްދު ތަރައްގީކުރުމަށް އެކުލަވާލާފައިވާ މާސްޓާ ޕްލޭންގައިވާ ގޮތުން އެ ސަރަހައްދު ތަރައްގީ ކުރާއިރު 4.5 ކިލޯ މީޓަރުގެ ދުވާ ޓްރެކެއް ހެދުމަށް ވަނީ ނިންމައިފަ އެވެ. އެ ޓްރެކް ޑިޒައިން ކޮށްފައިވަނީ ވެސް ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނާއި ކުޑަކުދިން ގޮވައިގެން ސްޓޯލާ ވެސް ދުއްވޭ ގޮތަށެވެ.

އަދި މީގެ އިތުރުން ވީލްޗެއާގައި މޫދާ ހަމައަށް ދެވޭ ގޮތަށް ރޭމްޕްތަކެއް ވެސް ގޮނޑުދޮށުގެ އެކި ހިސާބުތަކުގައި ހެދުމަށާއި އެކި ހިސާބުތަކުގައި ފާހާނާތަކާއި ޕިކްނިކް ޓޭބަލްސްތަކާއި ޖޯލިފަތިތަކުގެ އިތުރުން އުނދޯލި ތައްވެސް ބެހެއްޓުމަށް ވެސް ހުޅުމާލޭ ގޮޑުދޮށް ސަރަހައްދު ތަރައްގީ ކުރުމުގެ މާސްޓާ ޕްލޭންގައިހިމަނާފައި ވެއެވެ.

އެޗްޑީސީން ހާމަކުރި ގޮތުގައި މޫދުގައި އުޅޭ ފަރާތްތަކުގެ ސަލާތަމާއި ރައްކާތެރިކަން ކަށަވަރުކރުމަށް ވެސް ޕްލޭންތަކެއް ވަނީ ހަދާފައެވެ. އެގޮތުން އެކި ހިސާބުތަކުގައި ލައިފްގާޑް ޕޯސްޓްތައް ބެހެއްޓުން ހިމެނެއެވެ.

އަދި ހިޔާ ކޮށްފައި ހުންނަ 12 ޝެލްޓާ ހަދައި އެ ޝެލްޓާތަކުގައި އެކިއެކި އިވެންޓްތައް ބާއްވަން ފުރުސަތު ދިނުމަށްވެސް އެޗްޑީސީން ވަނީ ނިންމާފަ އެވެ.

ހުޅުމާލޭ ގޮނޑުދޮށަކީ ދެވަނަ ފިޔަވައްސާއެކު 3.23 ކިލޯ މީޓަރުގެ ދިގު ސަރަހައްދެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް