ތިން ރަށެއްގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ބާއްވަނީ

Loading

Facebook
Twitter
WhatsApp

 

ތިން ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނު( އީސީ)ން ނިންމައިފިއެވެ.

އީސީން ބުނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ، ހދ. ނޭކުރެންދޫއާއި، ނ.ކެނދިކުޅުދޫ އަދި ރ.މަޑުއްވަރީގައި ކަމަށެވެ.

މީގެ ތެރޭގައި ހިމެނޭ ނޭކުރެންދޫގައި އިންތިހާބު ބާއްވަން ނިންމީ މި ކޮމިޓީއަށް އިންތިހާބު ކުރަންޖެހޭ އަދަދަށްވުރެ މަދުން މީހުން ކުރިމަތިލާފައިވާތީއެވެ.

އަދި ކެނދިކުޅުދޫއާއި މަޑުއްވަރީގައި އިންތިހާބު ބާއްވަން ނިންމީ ކޮމިޓީގެ މެންބަރަކު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

މި ތިން ރަށުގެ އިންތިހާބު ބޭއްވުމަށް ބޭއްވުމަށް ނިންމާފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 11ގައެވެ.

މި ތިން ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރުން އިންތިހާބުކުރުމުން ހުރިހާ ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރުން އިންތިހާބުކޮށް ނިމޭނެކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް