މަސްވެރިންނަށް ހަމަ އަގު ހޯދައި ދިނުމުގެ ވައުދު ފުއްދޭނީ 2023ގައި: މިނިސްޓަރު

  މި ސަރުކާރުން ވެފައިވާ މަސްވެރިންނަށް ހަމަ އަގު ދިނުމުގެ ވައުދު ފުއްދޭނީ 2023ވަނަ އަހަރުގައި ކަމަށް ފިޝަރީސް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ވަނީ ސަރުކާރުގެ ވައުދެއް ކަމަށްވާ މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމުގެ ވައުދު ފުއްދައިދެވޭނީ ކޮން އިރަކުތޯ މިނިސްޓަރާއި ސުވާލުކުރައްވާފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މަސްވެރިންނަށް ހަމަ އަގު ލިބޭނީ ޅ. […]

ކާނިވާ ސަރަހއްދުގައި ގިނަ އަދަދެއްގެ އުޅަނދު ޕާކުކުރެވޭނެ ޕާކިން ޒޯނެއް ތަރައްގީ ކުރަނީ

  މާލޭގެ އަލިމަސް ކާނިވާ ސަރަހައްދުގައި ގިނަ އަދަދެއްގެ އުޅަނދުފަހަރު ޕާކް ކުރެވޭނެ ޕާކިން ޒޯނެއް ގާއިމް ކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ މި ޕާކިން ޒޯނުގައި 500 އަށް ވުރެ ގިނައުޅަނދު ޕާކް ކުރެވޭނެ ޖާގަ އޮންނާނެކަމަށެވެ. ސިޓީ ކައުންސިލުން ބުނީ މި ޕާކިންޒޯން ވެގެންދާނީ މާލޭގެ އެއް ސަރަހައްދެއްގައި އެންމެ ގިނަ އުޅަނދު ޕާކު ކުރެވޭގޮތަށް ޕާކިން ޒޯނަށް ކަމަށެވމި ޒޯންގައި  500 ސައިކަލު ޕާކުކުރެވޭނެ […]

ހުރިހާ ރައްޔިތުން އެއްބައިވެ ގައުމީ ޓީމާއެކު ގައުމީ ޖޯޝުގައި ތިބުމަށް ރައީސް ޔާމީން ގޮވާލައްވައިފި

          ހުކުރު ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕާ ގުޅިގެން ހުރިހާ ދިވެހި ރައްޔިތުން ގައުމީ ޓީމަށް ތާއީދުކޮށް އެ ޓީމާއެކު ގައުމީ ޖޯޝުގައި ތިބުމަށް އިދިކޮޅު ލީޑަރު، ރައީސް އަބްދުއްލާ ޔާމީން އަބްދުލްގައްޔޫމް އެދިވަޑައިގެންފިއެވެ.   އިދިކޮޅު ޕީޕިއެމް/ޕީއެންސީ ކޯލިޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ކޯލިޝަނުގެ ލީޑަރު ރައީސް ޔާމީން އެދިވަޑައިގަންނަވަނީ 2008 ވަނަ އަހަރާއި 2018 ވަނައަހަރުގެ ސާފް ޗެމްޕިއަން މުބާރާތުގައި ރާއްޖެއިން ހޯދާފައިވާފަދަ ފަހުރުވެރި ކާމިޔާބެއް […]

ނަޝީދަށް އެމްޑީޕީ ގައުމީ މަޖިލީހުގެ ކޮންޓްރޯލް ގެއްލިއްޖެ

  އިއްޔެ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ތާއީދުކުރެއްވި ކެންޑިޑޭޓުންނަށް ވި ބޮޑު ނާކާމީޔާއެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކޮންޓްރޯލް އެ މަނިކުފާނަށް ގެއްލިއްޖެއެވެ. އެމްޑީޕީގެ އެތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދާ މެދުގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދި އިންތިހާބުގައި ފާޅުގައި ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ތެރެއިން އެބޭފުޅަކު ތާއިދު ކުރައްވާނެ ކެންޑިޑޭޓުން ހާމަކޮށްގެން ކުރިއަށްގެންދިޔަ އިންތިހާބުގައި ބޮޑޫތަފާތަކުން […]

ރައީސްގެ ތަގުރީރުގެ އަޑު ފަޑުކުރަން ކުރި މަސައްކަތް ދިޔައީ ތޮޅިއަށް: ޑރ. މައުސޫމް

    އދ.ގެ މަޖިލީހުގެ 76 ވަނަ އާއްމު ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ކުރެއްވި ތަގުރީރުގެ އަޑު ފަނޑުކޮށްލަން ކުރި މަސައްކަތްތައް ދިޔައީ ތޮޅިއަށް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުއްލާ މައުސޫމް ވިދާޅުވެއްޖެއެވެ.   ޑރ. މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސާލިހު ދެއްވި ތަގްރީރް ފަނޑުކޮށްލަން ދެ ބޯގެރި ދުއްވައި ބުހުތާނު ނޫސްކޮންފަރެންސްތައް ބޭއްވިކަމަށާ ނަމަވެސް އެކަންތައް ވެގެންދިޔައީ ތޮޅިއަށް ކަމަށެވެ. ”ޔޫ.އެން. ޖެނެރަލް އެސެމްބްލީގަ ރައީސް ސާލިހް ތަގްރީރުކުރެއްވުމުގެ […]

ޕައިލެޓުންނަށް އުނިކުރި މުސާރަ އަންނަ މަހުންފެށިގެން ދޭން ނިންމައިފި

    ގައުމީ އެއާލައިން މޯލްޑިވިއަނުން ކޮވިޑް-19އާއި ގުޅިގެން ޕައިލެޓުންނަށް އުނިކުރި މުސާރަ އަންނަ މަހުންފެށިގެން ދޭން ނިންމައިފިއެވެ. މުއައްޒަފުންނަށް އުނިކުރި މުސާރަ އަންނަ މަހުންފެށިގެން ދޭންފަށާނެ ކަމަށް ބުނެ މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުނިން ޕައިލެޓުންނަށް ލިއުމަކުން ވަނީ އެކަން އަންގާފައެވެ. އެ  ލިޔުމުގައި ވަނީ މިމަހުގެ މުސާރަ ލިބޭއިރު ކުރިން ލިބެމުން ދިޔަ މުސާރައިގެ 80 ޕަސަންޓް ލިބޭނެ ކަމަށެވެ. އަދި ބާކީ 20 ޕަސަންޓް އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން […]

ޖާބިރަށް ހަމާލާދިން މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި

  ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އބްދުއްލާ ޖާބިރު އއ. މަތިވެރިއަށް ވަޑައިގަތުމުން އޭނާ އަށް ހަމަލާ ދިންކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން ބުނީ ހޯމަ ދުވަހު ޖާބިރު މަތިވެރިއަށް ވަޑައިގެންނެވުމުން ހަމަނުޖެހުން ހިންގައި އޭނާއަށް ހަމަލާދިން މައްސަލައިގައި ކޯޓު އަމެއްގެ ދަށުން ރޭ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 42 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން ބުނެއެވެ. ޖާބިރު މަތިވެރިއަށް ވަޑައިގަތުމުން […]

އައްޑޫސިޓީގައި ހިންގި މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

  މިދިޔަ ހުކުރު ދުވަހު އައްޑޫ ސިޓީގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލި މައްސަލަ އާއި ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން މިއަދު ބުނީ އައްޑޫސިޓީގައި ހިންގި މާރާމާރީއާއި ގުޅިގެން ހައްޔަރުކުރީ  31 އަހަރުގެ ފިރިހެނެއްކަމަށެވެ. އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރު ކުރީ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ. އައްޑޫ ސިޓީ ފްލެޓް ސަރަހައްދުގައި ހިންގި މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ހިތަދޫއަށް […]

ހިޔާ ފްޓްތަކުގެ ރައްކާތެރިކަން ބެލެހެއްޓުމަށް 56 ފުލުހުން ހަމަޖައްސަނީ

  ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓަކުގައި ދިރިއުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި 56 ފުލުހުން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ. ހިޔާ ފްލެޓްތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނާއި ގުޅިގެން  މިއަދު ބޭއްވި ޕެޓިޝަން ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަފުޅު ދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ، ހިޔާ ފްލެޓްގެ  16 ޓަވަރުގައި ގިނަ އަދަދެއްގެ މީހުން ދިރިއުޅޭނެކަމަށް ލަފާކުރައްވާ ކަމަށާ، އެ […]

ތުޅާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފި

  ބ. ތުޅާދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ. އެމްޓީސީސީން ބުނީ ތުޅާދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު މި މަހު 15 ގައި ފަށައިގެން ކުރިއަށްދާ ކަމަށާ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމުގެ މަސައްކަތް ކަމަށެވެ. 10.13 މިލިޔަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ބެޑު ތައްޔާރުކުރުމާއި 280 މީޓަރުގެ ސަރަހައްދެއްގައި ޖީއީބޭގް ރިވެޓްމަންޓް ޖަހާނެއެވެ. އަދި ފަޅު ކޮނުމަށްފަހު ބިންގަނޑު އެއްވަރުކުރަން 11700 ކިއުބިކް މީޓަރުގެ […]