ތުޅާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފި

Loading

Facebook
Twitter
WhatsApp

 

ބ. ތުޅާދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.

އެމްޓީސީސީން ބުނީ ތުޅާދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު މި މަހު 15 ގައި ފަށައިގެން ކުރިއަށްދާ ކަމަށާ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމުގެ މަސައްކަތް ކަމަށެވެ.

10.13 މިލިޔަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ބެޑު ތައްޔާރުކުރުމާއި 280 މީޓަރުގެ ސަރަހައްދެއްގައި ޖީއީބޭގް ރިވެޓްމަންޓް ޖަހާނެއެވެ. އަދި ފަޅު ކޮނުމަށްފަހު ބިންގަނޑު އެއްވަރުކުރަން 11700 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

އާބާދީގައި ދެ ހާހެއްހާ މީހުން ދިރިއުޅޭ ތުޅާދޫގައި ރަށްގިރުމުގެ މައްސަލަ އަކީ ވަރަށް ބޮޑަށް ކުރިމަތިވާ މައްސަލައެކެވެ. އެ ރަށުގެ ބައެއްގެތަށް އިމާރާތްކޮށްފައިވަނީ ގޮޑުދޮށާ ގާތްގަޑަކަށް ފަސްވަރަކަށް ފޫޓް ދުރުގައި ކަމުން ދިޔަވަރު ބޮޑުވާ މޫސުމް ތަކުގައިވެސް އެ ގެތަކަށް ރާޅު ވަންނަ ފަހަރު ވެސް އާދެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް