އައްޑޫސިޓީގައި ހިންގި މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

 

މިދިޔަ ހުކުރު ދުވަހު އައްޑޫ ސިޓީގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލި މައްސަލަ އާއި ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އައްޑޫސިޓީގައި ހިންގި މާރާމާރީއާއި ގުޅިގެން ހައްޔަރުކުރީ  31 އަހަރުގެ ފިރިހެނެއްކަމަށެވެ.

އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރު ކުރީ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ.

އައްޑޫ ސިޓީ ފްލެޓް ސަރަހައްދުގައި ހިންގި މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ހިތަދޫއަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ ފިރިހެނަކު ވަނީ ޒަހަމްވެފައެވެ.

އެ ޒަހަމްތަކަށް  އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އިތުރުފަރުވާއަށް ވަނީ މާލެ ގެނެސްފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް