ރައީސްގެ ތަގުރީރުގެ އަޑު ފަޑުކުރަން ކުރި މަސައްކަތް ދިޔައީ ތޮޅިއަށް: ޑރ. މައުސޫމް

Loading

Facebook
Twitter
WhatsApp

 

 

އދ.ގެ މަޖިލީހުގެ 76 ވަނަ އާއްމު ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ކުރެއްވި ތަގުރީރުގެ އަޑު ފަނޑުކޮށްލަން ކުރި މަސައްކަތްތައް ދިޔައީ ތޮޅިއަށް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުއްލާ މައުސޫމް ވިދާޅުވެއްޖެއެވެ.

 

ޑރ. މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސާލިހު ދެއްވި ތަގްރީރް ފަނޑުކޮށްލަން ދެ ބޯގެރި ދުއްވައި ބުހުތާނު ނޫސްކޮންފަރެންސްތައް ބޭއްވިކަމަށާ ނަމަވެސް އެކަންތައް ވެގެންދިޔައީ ތޮޅިއަށް ކަމަށެވެ.

”ޔޫ.އެން. ޖެނެރަލް އެސެމްބްލީގަ ރައީސް ސާލިހް ތަގްރީރުކުރެއްވުމުގެ އަޑު ފަނޑުކުރަން، އަޑު މަޑުކުރަން އެއުރެން ދުއްވި ހުރިހާ ދެބޯގެރިއަދި ބޭއްވި އޮޅުވާލުމުގެ ބުހުތާނުޕްރެސް ތައް ތޮޅިއަށް“ މައުސޫމް ވިދާޅުވިއެވެ.

ޑރ. މައުސޫމް އިތުރަށް ވިދާޅުވީ ރައީސް ސާލިހު ދެއްވި ތަގްރީރު މުޅި ދުނިޔޭގައި ވައިގައި ހިފައިފިކަމަށެވެ.

އަދި އެކަމަށް ރައީސް ސާލިހަށާއި ހާރިޖީ ޓީމަށް ޑރ. މައުސޫމްވަނީ ހިތްވަރުދެއްވާފައެވެ.

އދގައި ރައީސް އިބްރާހިމް ސާލިހު ތަގްރީރް ކުރެއްވީ ދިވެހި ބަހުންނެވެ.  އެ ތަގުރީރުގައި އެމަނިކުފާނު ވަނީ ވަރަށް ގިނަ ކަންތައްތަކެއްގެ މައްޗަށް އަލި އަޅުއްވާ  ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން ކުރިމަތިވާ މޫސުމީ ބަދަލުތަކާއި ޓެރަރިޒަމާއި ބައިނަލް އަގްވާމީ ގުޅުންތަކުގެ މަށްޗަށް އަލިއަޅުއްވާ އެމަނިކުފާނުވަނީ ވާހަކަފުޅު ދައްކަވާފައެވެ.

 

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް