ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވާ މީހާކު ހޯދުމަށް އެމީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ. ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުން ހޯދަމުން ދަނީ މ. ކޮޅުފުށި، ޒަހީރާމަންޒިލް، މުހައްމަދު ނަޒީމް (32އ) އެވެ. ފުލުހުން ބުނީ އޭނާ ހޯދަމުން ދަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންކަމަށެވެ. މުހައްމަދު ނަޒިމް ބަންދުގައި ބަހައްޓައިގެން އާދީއްތަ ދުވަހުގެ […]
އެއްބަޑު އެއްބަފާ ދެ އަންހެނުން ޖާމިނުކޮށް އަންމަޓީ ދޫކޮށްލައިފި

ލަންކާގައި ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްގެން ގެނައި، މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ހޯދުމުގެ ތުމަތުކުރެވޭ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަހްމަދު މޫސާ (އަންމަޓީ) އޭނާގެ އެއްބަޑު އެއްބަފާ ދެ އަންހެނަކު ޖާމިނު ކުރުމަށްފަހު ކަފާލާތުގެ ދަށުން ދޫކޮށްލައިފިއެވެ. އަންމަޓީގެ ފަރާތުން ޖާމިނުކޮށްފައި ވަނީ އޭނާގެ އެއްބަނޑު އެއްބަފާ ދައްތަ މަރިޔަމް ނައީމާ އަދި ކޮއްކޮ އަފީފާ މޫސާ އެވެ. އެމީހުން މިއަދު ކޯޓަށް ހާޒިރު ކުރުމަށް ފަހު […]
މާލޭ އުސްފަސްގަޑާ ދިމާ ކަނޑުން ބޭރުވެ އޮޔާ ދިޔަ މީހަކު ސަލާމަތްކޮށްފި

މާލޭ އުސްފަސްގަނޑާ ދިމާ ކަނޑުން ބޭރުވެ، އޮޔާދިޔަ ފިރިހެނަކު ސަލާމަތްކޮށްފިއެވެ. އެމްއެންޑީއެފް އިން ބުނީ އެމީހާއަކީ އުސްފަސްގަނޑާ ދިމާ ބޭރު ތޮށީގައި ބޯވަ ނަގަން ގޮސް ހުއްޓާ އޮޔާ ދިޔަ މީހެއްކަމަށާ އޭނާ ބޯވަ ނަގަން ގޮސް އުޅުނީ އެކަނި ކަމަށެވެ. އެ މީހާ ވާދޫ ކަނޑުތެރޭގައި ފަތަމުން ދަނިކޮށް ސަލާމަތްކޮށްފައި ވަނީ އެ ސަރަހައްދުން ދަތުރުކޮށްފައި ދިޔަ ބައެއް ކަމަށް ވެސް އެމްއެންޑީއެފްން ހާމަކުރެއެވެ. ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ކޮށިގަނޑުގައި ގަދަވަޔޔާއެކު […]
އަތިރިމަތީގައި ފަތުރުވެރިޔަކު މަރުވެފައި އޮއްވާ ފެނިއްޖެ

މާލެ އަތޮޅުއަނަންތަރަ ދިގު މޯލްޑިވްސް ރިސޯޓުގގެ އަތިރި މަތީގައި ފަތުރުވެރިޔަކު މަރުވެފައި އޮއްވާ އިއްޔެ ފެނިއްޖެއެވެ. ފުލުހުން މިއަދު ބުނީ، އަނަންތަރަ ދިގު މޯލްޑިވްސް ރިސޯޓުގެ ބީޗު ސަރަހައްދުގައި ފަތުރުވެރިއަކު މަރުވެފައިއޮއްވާ ފެނިގެން އެމައުލޫމާތު އިއްޔެ މެންދުރު 13:00 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ. އަދި މަރުވެފައި އޮއްވާ ފެނިފައިވަނީ ކޮރެއާއަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ ފިރިހެނެއްކަމަށްވެސް ފުލުހުން ބުނެއެވެ.އޭނާ މަރުވީ ކީއްވެގެންކަން އަދި އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ. ފުލުހުން ބުނީ މިކަމާއި […]
ބިދޭސީން ގާނޫނަށް އަހުލުވެރިކުރުވުމުގެ ކެމްޕެއިނެއް ފަށައިފި

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ގާނޫނަށް ހޭލުންތެރިކުރުވުމަށް ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރ (ޕީއައިއެލްސީ) އިން ކެމްޕެއިނެއް އިޕްތިތާހް ކޮށްފިއެވެ. ޕީއައިއެލްސީން ބުނީ ”މައިގްރަންޓްސް މެޓަރ“ގެ ނަމުގައި ފެށި މި ކެމްޕެއިނަކީ އެއްއަހަރުދުވަހުގެ ކެމްޕެއިނެއް ކަމަށާ މި ކެމްޕޭނަކީ އޭޝިޔާ ފައުންޑޭޝަންގެ ސްމޯލް ގްރާންޓްސް ޕްރޮޖެކްޓްގެ ދަށުން ޕަބްލިކް އިންޓަރެސް ލޯ ސެންޓަރުން ކުރިއަށްގެންދާ ”ލޭބަރ މައިގްރޭޝަން އިން މޯލްޑިވްސް ޕްރޮޖެކްޓް“ ގެ ދަށުން ހިންގާ ކެމްޕޭނެކެވެ. މި ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގައި މަސައްކަތްކުރާ ދެކުނު އޭޝިޔާގެ […]
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އަކާގުޅިގެން މީހަކު ހޯދަނީ

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އަކާ ގުޅިގެން މީހަކު ހޯދުމަށް އެ މީހާގެ ވަނަވަރު ފުލުހުން އާންމު ކޮށްފިއެވެ. މި މައްސަލަ އާ ގުޅިގެން ފުލުހުން އާންމު ކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޔޫނުސް، (52އ)އެވެ. ފުލުހުން ބުނީ އެ މީހާ އަކީ ގދ. ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކުޑަ ކުއްޖަކަށް ޖިންސީގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން […]
ކައުންސިލް އިހުތިސާސްގައި ހިމެނޭ ތަންތަން ނަގާނަމަ ބަދަލުދޭން ޖެހޭ އެސޫލެއް އާންމުކޮށްފި

ރަށްރަށުގެ ކައުންސިލިންތަކުގެ އިހުތިސޯސުގައި ހިމެނޭ ބިމާއި މުދާ އަދި އިމާރާތްތައް ސަރުކާރުގެ އެއްވެސް އިދާރާއެއްގެ ބޭނުމަށް ނަގާނަމަ ހަރަދަށް ބަދަލު ދޭންޖެހޭ އުސޫލެއް ލޯކަލް ގަވަންމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އާންމުކޮށްފި އެވެ. ކައުންސިލްތަކުން ކޮށްފައިވާ އިންވެސްޓްމަންޓުތަކަށް ބަދަލު ނަގައިދިނުމާ ގުޅޭ އުސޫލުގެ މަގްސަދެއްގެ ގޮތުގައި ބުނެފައިވަނީ ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ތަނެއް ނުވަތަ މުދަލެއް އިދާރީ ބޭނުމަށް ނަގާނަމަ އެތަނަކަށް ނުވަތަ މުދަލަކަށް ކައުންސިލުން ކޮށްފައިވާ ހަރަދުގެ ބަދަލު ކައުންސިލަށް ލިބިދެވޭނެކަން […]
ރައީސް އަމީން އަވަހާރަވިގޮތް ތަހުގީގު ކުރުމަށް ހުށަހެޅި މައްސަލަ ބަލައިގެންފި

ރާއްޖޭގެ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީގެ އަވަހާރަވި ގޮތާއި ގުޅިގެން އިންސާފު ހޯދުމަށްޓަކައި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހެޅި މައްސަލަ ބަލައިގަނެފިއެވެ. އޮމްބަޑްސްޕާސަންގެ އޮފީހުން ބުނީ ރައީސް އަމީން ދީދީގެ އަވާހަރަވި ގޮތާއި ގުޅިގެން އަކަމުގެ އިންސާފް ހޯދުމަށް އެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަ ބަލައިގެންފައިވާ ކަމަށެވެ. އަދި އެ މައްސަލައަކީ އާންމު މަސްލަހަތާއި ގުޅުންހުރި މައްސަލައެއްކަމަށްވުމާ އެކު ގިނަ ދުވަސްތަކެއް ވެފައިވާ މައްސަލައަކަށްވުމުން، އެކަމާ ގުޅުންހުރި ފަރާތްތަކުގެ ހައްގުތަކާއި ގުޅުންހުރި […]
ފުލުހުންނާއި ސިފައިންނަށް ފިޔަވަޅުއެޅަން އިންތިގާލީ އޮފީހަށް ހުށަހެޅި މައްސަލަ ބަލަން ނިންމައިފި

ރައީސް މުހައްމަދު ނަޝީދު ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާ ދެއްވި ދުވަހު ދައުލަތުގެ ޓީވީ ސްޓޭޝަން ޓީވީއެމް ހިންގާ އިމާރާތަށް ފުލުހުންނާއި ސިފައިން ވަދެ އެތަނުގެ ކޮންޓްރޯލް ނެގި މައްސަލައިގައި ފިޔަވަޅު އެޅުމަށް އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހެޅި މައްސަލަ ބަލަން އެ އޮފީހުން ނިންމައިފިއެވެ. އޮމްބަޑްސްޕސަން އޮފީހުން ބުނީ ސަލާމަތީ ބާރުތަކުން ޓީވީއެމަށް ވަދެގަތް މައްސަލައަކީ އާންމު މަސްލަހަތާ ވެސް ގުޅުންހުރި މައްސަލައެއްކަމަށާ މި މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ހައްގުތަކާ ގުޅޭ ކަންކަމުގައި ކަމާ ގުޅުންހުރި […]
ވިސާއާ ނުލައި ދިވެހިންނަށް އިންޑިއާ އަށް ދަތުރުކުރެވޭ ގޮތް ހަމަޖައްސަނީ

ވިސާއާ ނުލައި ދިވެހިންނަށް އިންޑިއާއަށް ދަތުރު ކުރެވޭ ގޮތް ހަމަޖައްސަން ނިންމާފައިވާ ކަމަށް އިންޑިއާއިން ބުނެފިއެވެ. އިންޑިއާ ހައިކޮމިޝަނުން ބުނީ މިމަހު 15 އިން ފެށިގެން ރާއްޖެއިން އިންޑިއާއަށް ބޭސް ފަރުވާ އަށާޢި ވިޔަފާރި ދަތުރުތަކަށް އަދި ފަތުރުވެރިންގެ ގޮތުގައި ދަތުރު ކުރާ ދިވެހިންނަށް ވިސާ އާއި ނުލައި ދަތުރު ކުރެވޭނެ ކަމަށެވެ. ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް އިންޑިއާ ސަރުކާރުން އެގައުމަށް ދަތުރުކުރާ އެހެނިހެން ގައުމުތަކުގެ ދަތުރުވެރިންނާމެދު އެޅި ފިޔަވަޅުތަކަށް ލުއިދިނުމުގައި ރާއްޖެ ވެފައިވަނީ ވިސާއާއި […]