ވިސާއާ ނުލައި ދިވެހިންނަށް އިންޑިއާ އަށް ދަތުރުކުރެވޭ ގޮތް ހަމަޖައްސަނީ

Loading

Facebook
Twitter
WhatsApp

 

ވިސާއާ ނުލައި ދިވެހިންނަށް އިންޑިއާއަށް ދަތުރު ކުރެވޭ ގޮތް ހަމަޖައްސަން ނިންމާފައިވާ ކަމަށް އިންޑިއާއިން ބުނެފިއެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނީ މިމަހު 15 އިން ފެށިގެން ރާއްޖެއިން އިންޑިއާއަށް ބޭސް ފަރުވާ އަށާޢި ވިޔަފާރި ދަތުރުތަކަށް އަދި ފަތުރުވެރިންގެ ގޮތުގައި ދަތުރު ކުރާ ދިވެހިންނަށް ވިސާ އާއި ނުލައި ދަތުރު ކުރެވޭނެ ކަމަށެވެ.

ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް އިންޑިއާ ސަރުކާރުން އެގައުމަށް ދަތުރުކުރާ އެހެނިހެން ގައުމުތަކުގެ ދަތުރުވެރިންނާމެދު އެޅި ފިޔަވަޅުތަކަށް ލުއިދިނުމުގައި ރާއްޖެ ވެފައިވަނީ ވިސާއާއި ނުލައި އެގައުމަށް ދަތުރުކުރުމުގެ ހުއްދަ ދިން ފުރަތަމަ ގައުމަށް ކަމަށް އިންޑިއާއިން ބުނެއެވެ.

ވިސާއާއި ނުލައި އިންޑިއާއަށް ދެވޭނެ ގޮތް ހަދައި ދޭނެކަމަށް އިންޑިއާއިން އިއުލާން ކޮށްފައި މިވަނީ ރާއްޖެ ސަރުކާރުން އިންޑިއާ އާ މެދު ގާތް ގުޅުމެއް ބާއްވައި، އެގައުމުން ރާއްޖެ އަންނަ ފަރާތްތަކަށް ލުއިގޮތްތައް ހަދައިފައި ވާއިރުވެސް ރާއްޖެއިން އިންޑިއާ އަށް ދަތުރުކުރާ ފަރާތްތަކަށް ވިސާ ހޯދުމަށް ގިނަ ދަތިތަކެއ ކުރިމަތިވާތީ އާންމުންގެ ގިނަ ފާޑުކިއުންތަކެއް ސަރުކާރަށް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް