ކައުންސިލް އިހުތިސާސްގައި ހިމެނޭ ތަންތަން ނަގާނަމަ ބަދަލުދޭން ޖެހޭ އެސޫލެއް އާންމުކޮށްފި

Loading

Facebook
Twitter
WhatsApp

 

 

ރަށްރަށުގެ ކައުންސިލިންތަކުގެ އިހުތިސޯސުގައި ހިމެނޭ ބިމާއި މުދާ އަދި އިމާރާތްތައް ސަރުކާރުގެ އެއްވެސް އިދާރާއެއްގެ ބޭނުމަށް ނަގާނަމަ ހަރަދަށް ބަދަލު ދޭންޖެހޭ އުސޫލެއް ލޯކަލް ގަވަންމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އާންމުކޮށްފި އެވެ.

 

ކައުންސިލްތަކުން ކޮށްފައިވާ އިންވެސްޓްމަންޓުތަކަށް ބަދަލު ނަގައިދިނުމާ ގުޅޭ އުސޫލުގެ މަގްސަދެއްގެ ގޮތުގައި ބުނެފައިވަނީ ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ތަނެއް ނުވަތަ މުދަލެއް އިދާރީ ބޭނުމަށް ނަގާނަމަ އެތަނަކަށް ނުވަތަ މުދަލަކަށް ކައުންސިލުން ކޮށްފައިވާ ހަރަދުގެ ބަދަލު ކައުންސިލަށް ލިބިދެވޭނެކަން ކަށަވަރުކޮށްދިނުންކަމަށެވެ.

އެ އުސޫލައި ބުނެފައި ވަނީ ސިޓީ ކައުންސިލެއް ނޫނީ ރަށު ކައުންސިލެއް ނޫނީ އަތޮޅު ކައުންސިލެއްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ތަނެއް ނޫނީ މުދަލެއް ސަރުކާރުގެ ބޭނުމަށް ނަގަން ޖެހޭނީ ދެ ފަރާތުގެ ދެމެދުގައި ވާ އެއްބަސްވުމެއްގެ ދަށުން ކަމަށާ، އެއްބަސްވުމުގައި ކައުންސިލަށް ލިބެން ޖެހޭ ބަދަލާއެކަށީގެންވާ ބަދަލެއް ދޭން ޖެހޭނެ ކަމަށެވެ. އެގޮތުން ކައުންސިލަށް ލިބެން ޖެހޭ ބަދަލާއި، އެ ފައިސާ ލިބެން ޖެހޭ މުއްދަތާއި، ފައިސާ އަދާ ކުރާނެ ގޮތުގެ ތަފުސީލުތައް އޮންނަންވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އުސޫލުގައި ބުނެފައި ވަނީ ބަދަލުގެ ގޮތުގައި ދޭންޖެހޭ އަދަދު ކަނޑައަޅަނީ އޮޑިޓާ ޖެނެރަލް ނުވަތަ އެފަދަ ވަސީލަތެއް ނުވަތަ ބިނާއެއް ނުވަތަ ނުއުފުލޭ މުދަލެއް އުގު ކުރުމަށް ކައުންސިލާއި ގައުމީ އިދާރާ އެއްބަސްވާ މިނިވަން އޮޑިޓަރަކު ނުވަތަ އަގުކުރުމަށް ހުއްދަ ލިނިފައިވާ ފަރާތެއް މެދުވެރިކޮށް ކަމަށެވެ.

އެގޮތުން ދެފަރާތް އެއްބަސްވާ ގޮތުގެ މަތިން އަގުކުރުމަށް ފަހު ބަދަލުގެ ގޮތުގައި ދޭނެ ތިންގޮތެއްވެސް އެ އުސޫލުގައި ވަނީ ބަޔާން ކޮށްފައެވެ. އެ ގޮތްތަކަކީ ނުއުފުލޭ މުދަލުގެ ބާޒާރުގެ އަގުން ބަދަލު ދިނުން ނުވަތަ  އެ މުދަލަށް ކައުންސިލުން ކޮށްފައިވާ އިންވެސްޓްމަންޓް އަގު ދިނުން ނުވތަ  އެ ވަސީލަތް ނުވަތަ ބިނާ ނުވަތަ ނުއުފުލޭ މުދަލެއް ހެދުމަށް ނުވަތަ ހޯދުމަށް ދާނެ ހަރަދު ދިނުމެވެ.

ސަރުކާރުގެ އިދާރާއަކާއި ކައުންސިލަކާ ދެމެދު އެއްވެސް އެއްބަސްވުމަކަށް ނާދެވިއްޖެނަމަ މައްސަލައިގައި މަޝްވަރާކޮށްގެން ގޮތް ނިންމާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށް ވެސް އުސޫލުގައި ބުނެފައި ވެއެވެ. ފިނޭންސް މިނިސްޓްރީއާ މަޝްވަރާކޮށްގެން އެއްބަސްވުމަކަށް ނާދެވިއްޖެ ހިނދެއްގައި މައްސަލަ ކޯޓަށް ވެސް ހުށަހެޅޭނެ ކަމަށް ވެސް އުސޫލުގައި ވަނީ ބުނެފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް