ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އަކާގުޅިގެން މީހަކު ހޯދަނީ

Loading

Facebook
Twitter
WhatsApp

 

 

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އަކާ ގުޅިގެން މީހަކު ހޯދުމަށް އެ މީހާގެ ވަނަވަރު ފުލުހުން އާންމު ކޮށްފިއެވެ.

މި މައްސަލަ އާ ގުޅިގެން ފުލުހުން އާންމު ކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ  ޔޫނުސް، (52އ)އެވެ.

ފުލުހުން ބުނީ އެ މީހާ އަކީ  ގދ. ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކުޑަ ކުއްޖަކަށް ޖިންސީގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާ މީހެއް ކަމަށެވެ. އޭނާ  އުޅޭތަނެއް އާއިލާއަށްވެސް ނޭގޭ ކަމަށް ފުލުހުން ބުނެއެވެ.

އޭނާ އާ ބެހޭ އެއްވެސް މައުލޫމާތެއް އެގޭ ފަރާތެއް ވާނަމަ ގދ. ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަން ނަންބަރު 9790111 އަށް ގުޅައި މައުލޫމާތު ދިނުމަށް ވެސް ފުލުހުން އެދެއެވެ.

އަދި މި މަހު ޔޫނުސް 30 ވަނަ ދުވަހު 14:00 އަށް ގދ. ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް