ރައީސް ސާލިހު އާއި ކުރީގެ ރައީސް މައުމޫން ބައްދަލުކުރައްވައިފި

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ޒައީމް، ރައީސް މައުމޫން އަބްދުލްގައްޔޫމް އާ ބައްދަލު ކުރަށްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ ދުބާއީގައެވެ. ރައީސުލް ޖުމުހޫރިއްޔާ ދުބާއީއަށް ވަޑައިގެން އުޅުއްވަނީ ދުބާއީ އެކްސްޕޯ 2020ގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. މި ބައްދަލުކުރެއްވުމުގެ ތަފްސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރައްވައެވެ. ބައްދަލުވުމާ ގުޅޭގޮތުން ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި މިހާރުގެ ހާލަތާއި އެމްއާރްއެމުން ކަންބޮޑުވާ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރަށްވާފައިވާކަމަށެވެ. އަދި ރައީސް […]
މިސްކިތަށް ކުޑަކަމު ދިޔަ މީހާއަށް ދައުވާކުރަން ފޮނުވައިފި

އިސްލާމީ މަރުކަޒުގެ ނަމާދުކުރާ ސަރަހައްދަށާއި ހުކުރު މިސްކިތް އަދި ރައީސް އޮފީސް ކުރި މަށްޗަށް ކުޑަކަމު ދިޔަ މީހާގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީ އަށް މައްސަލަ ފޮނުވައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ކުޑަކަމުދިއުމުގެ މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ މ. ޝޭޑީހޯމް، ހަސަން ޒިޔާދު، 40 އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ ތިންވަނަ ދުވަހު އެވެ. މަންޒަރު ދުށް މީހުން ބުނާ ގޮތުގައި އިސްލާމީ މަރުކަޒުގައި މީހުން މަޣުރިބު ނަމާދަށް ތިއްބާ […]
100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ތިން މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ފަޅުރަށެއް ކަމަށްވާ އދ. ބޮޑުކާށިހުރާގައި ފޮރުވާފައި ހުއްޓާ ފުލުހުން އަތުލައިގަތް 100 ކިލޯގެ މަސްތުވާތަކެއްޗާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ތިން މީހެއްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ލ. ކަލައިދޫ، ޖަނަވަރީމާގެ މުހައްމަދު އަހްމަދު (34އ) އަދި ނ. ވެލިދޫ، ބީޗްހެވެން ޖުމާން މުސްތަފާ (19އ)ގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ އިތުރު 15 ދުވަސް ޖަހައިފަ އެވެ. އަދި ގއ. ކޮލަމާފުށި، ސޯސަންގެ އިބްރާހިމް […]
ފުލުހުސް ކާރެއް އެކްސިޓެންޓްވެ ފުލުހަކަށް އަނިޔާވެއްޖެ

ލ. ގަމު ލިންކު ރޯޑުން ދުއްވާފައި ދިޔަ ފުލުހުންގެ ކާރެއް ކޮންޓްރޯލުން ނެއްޓި އެކްސިޑެންޓެއް ހިނގައި ފުލުހަކަށް އަނިޔާ ވެއްޖެއެވެ. ފުލުހުން ބުނީ މިހާދިސާގައި އަނިޔާވެފައިވަނީ ކާރު ދުއްވަން އިން ފުލުސް މީހާ އަށް ކަމަށާ ކާރު އެކްސިޑެންޓް ވިރު އޭނާ ފިޔަވައި އިތުރު މީހަކު ކާރުގައި ނެތް ކަމަށެވެ. އެކްސިޑެންޓުގައި ފުލުސް މީހާ އަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ. އެ ހާދިސާގައި އަނިޔާވި ފުލުހަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ […]
ޓީޗަރަކު ދަރިވަރުންތަކަކަށް ޖިންސީގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

ޓީޗަރަކު ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ. ފުލުހުން ބުނީ މާލޭ ސްކޫލެއްގެ ޓީޗަރަކު އެ ސްކޫލުގައި ކިޔަވަމުންދިޔަ ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މި މަހުގެ 19 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެއީ ކޮން ސްކޫލެއް ކަމެއް ފުލުހުން ހާމައެއް ނުކުރި ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޓީޗަރަކީ އަމީނިއްޔާ ސްކޫލުގައި ކިޔަވައިދެމުންދިޔަ ޓީޗަރެކެވެ. ޓީޗަރުގެ ފަރާތުން ޖިންސީ ގޯނާ ލިބުނީ ކިތަށް […]
އެމްއެމްޕީއާރުސީގެ ހިޔާނަތް ބަލަން 12 މުއައްޒަފުންނާއި ހަތަރު މިލިއަން ރުފިޔާ ބޭނުންވޭ: އޭސީސީ

ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތް ކަމަށް ބުނާ ހިޔާނާތުގެ މައްސަލަތައް ނިންމަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އިތުރު 12 މުވައްޒަފުންނާއި ހަތަރު މިލިޔަން ރުފިޔާ ބޭނުންވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ބަލަން ޖެހޭ މައްސަލަތަކުގެ މަސައްކަތް ކުރިއަށް […]
އުތުރުތިލަފަޅު އެއްބަސްވުން އޮތީ ގާނޫނާއި ހިލާފަށް: އިނދިކޮޅު

އުތުރުތިލަފަޅު ނުވަތަ ޔޫޓީއެފް އެއްބަސްވުން އޮތީ ރާއްޖޭގެ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށާ އެ އެގްރިމެންޓް ހަދާފައިވަނީ ގައުމުގެ މިނިވަންކަމާ ސިޔާދަތު ގެއްލޭގޮތަށް ކަމަށް އިނދިކޮޅު ކޯލިޝަން ޕީޕީއެމް/ ޕީއެންސީން ބުނެފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ވަނީ އުތުރުތިލަފަޅު އެއްބަސްވުން ދިރާސާކުރުމަށް އަސްކަރިއްޔާގެ އިސް ބޭފުޅުންނާ އެކު އިއްޔެ ބައްދަލުވުމެއް ބާއްވާފައެވެ. ސިއްރުން ބޭއްވި އެ ބައްދަލުވުމުގައި އެމްއެންޑީއެފުން ވަނީ އެއްބަސްވުމުގެ ކޮޕީއެއް ދައްކައިފައެވެ. އެކަމާ ގުޅިގެން މިއަދު އިނދިކޮޅު ކޯލިޝަން ނެރުނު ބަޔާނެއްގައި […]
ފޮރިން ސާވިސްގެ ނަމުގައި ވަކި ހިދުމަތެއް ގާއިމުކުރަން ހުށަހެޅި ބިލު ކޮމިޓީން ފާސްކޮށްފި

ސިވިލްސާވިސްގައި ނުހިމެނޭ ވަކި ހިދުމަތެއްގެ ގޮތުގައި، ދިވެހި ރާއްޖޭގެ ފޮރިން ސާވިސް ގެ ނަމުގައި ވަކި ހިދުމަތެއް ގާއިމު ކުރަން ހިމަނައިގެން ”ދިވެހި ރާއްޖޭގެ ފޮރިން ސާވިސް“ގެ ނަމުގައި ހުށަހެޅި ބިލު މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާފިއެވެ. ފޮރިން ސާވިސްގެ ބިލުގެ ބޭނުމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ހަރުދަނާކޮށް ބައިނަލްއަގުވާމީ ގޮތުން ފެންވަރު ރަނގަޅު މިންގަނޑަކަށް ފައްތަން ބޭނުންވާ ތަމްރީނާއި ހުނަރާއި ތަޖުރިބާ ލިބިފައިވާ ޕްރޮފެޝަނަލް ފޮރިން […]
ހުޅުމާލޭގައި ސަރުކާރުގެ ފުރަތަމަ ޕްރީ ސްކޫލް ހުޅުވައިފި

ހުޅުމާލޭގައި ސަރުކާރުން އެޅި ފުރަތަމަ ޕްރީ ސްކޫލް ”މުހައްމަދު ގާސިމް ޕްރީ ސްކޫލް“ މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މި ޕްރީ ސްކޫލް ހުޅުވައިދެއްވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ނައިބު ރައީސް ފައިސަލް ނަސީމެވެ. އޯޓިޒަމް ސެންޓަރު ކައިރީގައި ހަދާފައިވާ 10 ކްލާސްރޫމުގެ ޕްރީ ސްކޫލަކީ 750 ކުދިންގެ ޖާގައިގެ ސްކޫލެކެވެ. އެލްކޭޖީ އާއި ޔޫކޭޖީ އަށް ކިޔަވައިދޭ މި ސްކޫލަށް ވަންނަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ހުޅުވާލީ މިމަހުގެ 11 ވަނަ ދުވަހު އެވެ. […]
ކުޑަރިކިލު ގޮޑުދޮށް ހިމާޔަތްކުރަން ބަޔަކާ ހަވާލުކޮށްފި

ބ.ކުޑަރިކިލު ގޮޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީ ހޯގާޑް ޕްރައިވެޓް ލިމިޓެޑާއި މިއަދު ހަވާލުކޮށްފިއެވެ. ކުޑަރިކިލު ގޮޑުދޮށް ހިމާޔަތްކުރަން ހައުސިން މިނިސްޓްރީން އެމްޓީ ހޯގާޑް ޕްރައިވެޓާއި ހަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މިއެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓްރީ ޒީނިޔާ އަހްމަދެވެ. ހޯގާޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ ޖޯގަން ފެލްބޯގް ސްކަރަފްއެވެ. 14.7 މިލިއަން ރުފިޔާގެ މި މަޝްރޫގެ ދަށުން ކުޑަރިކިލު އިރުމަތީ ފަރާތުން 100 […]