މިދައުރުގައި ތައުލީމީ ދާއިރާއިން ޖިންސީ ގޯނާގެ 40 މައްސަލައެއް ބަލައި 30 މުއައްޒަފުން ވަކިކޮށްފައިވޭ: މިނިސްޓަރު

ވެރިކަމުގެ މިދައުރުގައި އެޑިއުކޭޝަން ދާއިރާއިން ޖިންސީ ގޯނާގެ 40 ވަރަކަށް މައްސަލަ ބަލައި މި މައްސަލަތަކާ ގުޅިގެން 30 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ. ގަލޮޅު ސްކޫލުގައި އުމުރުން ހަރަތު އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާއި ގުޅިގެން މިނިސްޓްރީން އަޅާފައިވާ ފިޔަވަޅުތައް ސާފު ކުރުމަށް ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ކުރެއްވި ސުވާލުގައި މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ ޖިންސީ ގޯނާގެ މައްސަލަތަކަކީ […]
ސްކޫލް މާހައުލު ޖިންސީ ގޯނާއިން ރައްކާތެރި ކުރުމަށް ލައިސެންސެއްދެނީ

ސްކޫލު މާހައުލުގައި ދަރިވަރުންނަށް ލިބެމުން އަންނަ ޖިންސީ ގޯނާގެ މައްސަލަތަކުން އެ ކުދިން ރައްކާތެރިކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ދަރިވަރުންނާ ބައްދަލުވާ ހުރިހާ މުވައްޒަފުންނަށް ލައިސެންސް ދޭން މަސައްކަތް ކުރަމުންދާ ކަމަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ. ގަލޮޅު ސްކޫލުގައި އުމުރުން އެންމެ ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ އަނިޔާދިން މައްސަލައާ ބެހެ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވީ ސުކޫލުތަކުގައި އެފަދަ ހާދިސާތަށް ހިނގިޔަ ނުދިނުމަށް […]
އެމްއެންޕީގެ މެންބަރުން މަޖިލީހުގެ ކޮމިޓީތަކަށް އައްޔަންކޮށްފި

މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރައްވާ ތިން މެމްބަރުން މަޖިލީހުގެ ކޮމިޓީތަކަށް ހަމަޖައްސައިފި އެވެ. މަޖިލީހުގެ ކޮމިޓީތަކަށް އެމްއެންޕީގެ މެންބަރުން އައްޔަންކުރައްވައި މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުއްލާ ވަނީ އެކަން އިއުލާން ކުރައްވާފައެވެ. އެ ނަންތައް މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރީ 34 މެމްބަރުންގެ ވޯޓާ އެކުއެވެ. ކޮމިޓީތަކަށް އައްޔަންކުރެއްވި މެންބަރުންނާއި ކޮމިޓީތައް: ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ހާރިޖީ ގުޅުންތަކާ ބެހޭ […]
މޫސުމަށް ސަމާލުވޭ! ލަންކާ ކައިރީ އޮތް ކޮޅިގަނޑަކާ ގުޅިގެން މޫސުމް ގޯސްވާނެ

އަވަށްޓެރި ސްރީލަންކާ ކައިރީ އުފެދިފައި އޮތް ކޮޅިގަނޑަކާ ގުޅިގެން ރާއްޖޭގެ މޫސުމް ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް ސަމާލުވުމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކޮށްފިއެވެ. ސަމާލުވުމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނީ މި ކޮޅިގަނޑާ ގުޅިގެން ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތިން ދުވަހު ރާއްޖެ ސަރަހައްދުގައި ވަޔައި ގަދަވުމާއެކު ކަނޑު ގަދަވެ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް މޫސުމާ ބެހޭ […]
ގަލޮޅު ސްކޫލުގެ ޖިންސީގޯނާ: ޝިޔާމު ހުށަހެޅުއްވި މައްސަލަ ތަޅުމަށް ނުގެނެވުނު

ގަލޮޅު ސްކޫލުގައި އުމުރުން ހަތަރު އަހަރުގެ ދަރިވަރަކަށް އަންހެން މުއައްޒަފަކު ޖިންސީ ގޯނާ ކުރި މައްސަލައާއި ގުޅިގެން ނައިފަރު ދާއިރާގެ އިދިކޮޅު މެމްބަރު އަހުމަދު ޝިޔާމް މަޖިލީހަށް ހުށަހެޅުއްވި މައްސަލަ ތަޅުމަށް ނުގެނެވޭނެ ކަމަށް ރިޔާސަތުން ބުނެފި އެވެ. ކު ދަރިވަރަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހުކޫލުން ރެކެން މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތު ކުރައްވައި އެ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ގޮވާލާ ޝިޔާމް މައްސަލަ ހުށަހެޅުއްވީ އިއްޔެގައެވެ. […]
ގަލޮޅު ސްކޫލްގެ ޖިންސީގޯނާ: އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެެރިން މަޖިލީހަށް ހާޒިރުކުރަނީ

ގަލޮޅު ސްކޫލުގައި އުމުރުން ހަތަރު އަހަރުގެ ދަރިވަރަކަށް އަންހެން މުއައްޒަފަކު ޖިންސީ ގޯނާ ކުރި މައްސަލާގައި އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ނިންމައިފިއެވެ. މިނިސްޓްރީގެ އިސްވެރިން މަޖިލީހަށް ހާޒިރުކުރަން ނިންމީ މިއަދު މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު މި މައްސަލައާ ގުޅުން ހުރި ފަރާތްތައް އެ ކޮމިޓީއަށް ހާޒިރުކުރުމަށް ޓަކައި އެކަން ކޮމިޓީގެ މެމްބަރުންނަށް […]
ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގަން ނިންމައިފި

ޕްލާސްޓިކް ކޮތަޅުން ޓެކްސް ނެގުމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ. ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގަން ނިންމާފައިވަނީ މިދިޔަ އަހަރު އެންވަޔަރަމެންޓް މިނިސްޓްރީން އެކުލަވާލި ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭނާ އެއްގޮތަށެވެ. އެ ޕްލޭންގައި ވާގޮތުން މާކެޓް ބޭސްޑް އިންސްޓްރޫމަންޓެއްގެ ގޮތުން ޕްލާސްޓިކް ކޮތަޅު ހިމެނޭ ގޮތަށް ބައެއް ބާވަތްތަކުން ވަނީ ޓެކްސް ނަގަން ނިންމާފައެވެ. އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން މި ޓެކްސް ނަގަން ރާވާފައިވާއިރު، މި ޓެކްސް […]
ސްކްއިޑްގޭމްގައި ވީއައިޕީ އެއްގެ ރޯލް ކުޅުނު ޖެއޮފްރޭ ހޫނުފެނަށް

ސްކްއިޑްގޭމްގައި ވީއައިޕީ4ގެ ރޯލް ކުޅުނު އެމެރިކާގެ އެކްޓަރު ޖެއޮފްރޭ ގިއުލިއާނޯގެ ކުރީގެ ވީޑިއޯއެއް އާންމުވެ އޭނާ ހޫނުފެނަށް ވެއްޓިއްޖެއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެ ވީޑިއޯއަކީ 2017 ވަނަ އަހަރު ތައިލެންޑްގައި އިނގާފައިވާ ހާދިސާއެކެވެ. ވީޑިއޯ ކުރި މީހާއާއި ހަވާލާދީ ނޫސްތަކުން ބުނެފައިވަނީ ސްޕަމާކެޓެއްގައި އެއްޗެހި ގަނެގެންގޮސް ފައިސާދައްކަން ކައުންޓަރުގެ ކިއު ގައި ތިއްބާ ކިޔު ފަޅާލާފައި ޖެއޮފްރޭ ކައުންޓަރުމަތީގައި އޭނާ ގަންނަން ބޭނުންވާ ތަކެތި ބެހެއްޓިއެވެ. “ އަހަރެންގެ ކުރިކުރި ފަޅާލައި ކައުންޓަރަށް އޭނާ […]
ކޮޕް 26ގައި ބައިވެރިވުމަށް ރައީސް ނަޝީދު ފުރާވަޑައިގެންފި

މޫސުމީ ބަދަލުތަކާ ބެހޭ ބައިނަލްއަގްވާމީ ބައްދަލުވުން“ކޮޕް 26″ގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުރާވަޑައިގެންފި އެވެ. ކޮޕް26 ބައްދަލުވުން އޮންނާނީ އަންނަ އާދީއްތައިން ފެށިގެން އަންނަ މަހުގެ 12ގެ ނިޔަލަށް އިނގިރޭސިވިލާތުގެ ގްލެސްގޯގައެވެ. ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ބުދަ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުން ޖާޒީރާ ގައުމުތަކަށް ދޭން ވައުދުވެފައިވާ ފައިސާގެ އެހީ ވައުދުވި ގޮތަށް ލިބެމުން ނުދާ ކަމަށާ މި ސަމިޓްގައި […]
ޝެނީޒާގެ ދިފާއުގައި ރައީސް ނަޝީދު

ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ދިފާއުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްލކަވައިފިއެވެ. ޒެނީޝާގެ ދިފާއުގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާފައިވަނީ ކުޑަކުދިންގެ ހިޔާގައި ހިނގައިދިޔަ ހާދިސާއަކާ ގުޅިގެން ޒެނީޝާ މައްޗަށް ދައުވާކޮށްދިނުމަށް އެދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރްސީއެމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފާ މައްސަލައާއި ގުޅިގެން އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ. ޓްވީޓްގައި އެމަނިކުފާނު ވިދާޅުވީ ޒެނީޝާ އަށް ކުރާ ދައުވާގެ ސަބަބުން […]