ސްކޫލް މާހައުލު ޖިންސީ ގޯނާއިން ރައްކާތެރި ކުރުމަށް ލައިސެންސެއްދެނީ

Loading

Facebook
Twitter
WhatsApp

 

ސްކޫލު މާހައުލުގައި ދަރިވަރުންނަށް ލިބެމުން އަންނަ ޖިންސީ ގޯނާގެ މައްސަލަތަކުން އެ ކުދިން ރައްކާތެރިކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ދަރިވަރުންނާ ބައްދަލުވާ ހުރިހާ މުވައްޒަފުންނަށް ލައިސެންސް ދޭން މަސައްކަތް ކުރަމުންދާ ކަމަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ގަލޮޅު ސްކޫލުގައި އުމުރުން އެންމެ ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ އަނިޔާދިން މައްސަލައާ ބެހެ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވީ ސުކޫލުތަކުގައި އެފަދަ ހާދިސާތަށް ހިނގިޔަ ނުދިނުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ދަރިވަރުންނާ ބައްދަލުވާ މުއައްޒަފުންނަށް ހާއްސަ ހުއްދައެއްދީ ލައިސެންސެއް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

”ތައުލީމީ ގާނޫނުގެ ތެރެއިން މިހާރު ޓީޗާ ލައިސެންސިން އަޅުގަނޑުމެން ދޭން މަޖުބޫރު ވެފަ މިއޮތީ. ޓީޗާ ލައިސެންސިންނާ އެކުއެކީގައި ދަރިވަރުންނާ ދިމާވާނެ އެހެނިހެން ފަރާތްތަކަށް ވެސް މިކަހަލަ ލައިސެންސިން ނިޒާމެއް ގާއިމުކުރުމުގެ ކަންތައްތައް މިނިސްޓްރީން އެބަ ކުރިއަށް ގެންދޭ،“ މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެފަދަ ނިޒާމެއް ގާއިމު ކުރުމުން ދަރިވަރުންނާ ބައްދަލުވާ ހުރިހާ މުވައްޒަފުން ސްކްރީން ކުރުން ފަދަ ކަންކަން އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅީ އެފަދަ މައްސަލަތަކަކީ ވަރަށް ސީރިއަސްކޮށް މައްސައެއްގެ ގޮތުގައި ނަގާ މައްސަލަތަކެއް ކަމަށާ އެފަދަ ކަމެއް ހިނގައިފި ނަމަ، ތުހުމަތުވާ ފަރާތްތައް ވަގުތުން ސަސްޕެންޑްކުރާ ކަމަށް ވެސް ކުރާ ކަމަށެވެ.

އަދި މީގެ އިތުރުންވެސް ސުކޫލަކީ ދަރުވަރުންނަށް ރައްކާތެރި މާހައުލެއްކަމުގައި ހެދުމަށް އެޑިއުކޭޝަން މިނިސްޓްރީން ގިނަ ކަންތައްތަކެއް ކުރަމުން ގެންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސްކޫލުތަކުގައި ޖިންސީ އަނިޔާގެ ހަތް މައްސަލައެއް މިހާރުވެސް ބަލަމުން އަންނަ ކަމަށާ މިސަކާރުގެ ދައުރު ފެށުނު ފަހުން، ސްކޫލްތަކުގައި ޖިންސީ އަނިޔާ ދިންކަމަށް ތުހުމަތުކުރެވޭ 40 މައްސަލައެެއް ބަލައި 30 މީހަކު ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. ނުނިމި ހުރި މައްސަލަތަކުގައި ހިމެނޭ މީހުންނާ ދެކޮޅަށް ކިރިޔާ ހެއްކެއް ލިބުނަސް އެމީހުން ވެސް ވަޒީފާއިން ވަކިކުރެވޭނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް