ހަލުވިކަމާއެކު ރޯގާ ފެތުރެމުންދާއިރު ޑޮކްޓަރެއްގެ ހިދުމަތް ނުލިބޭތީ މުޒާހަރާ ކޮށްފި

ބ. ކުޑަރިކިލުގައި ހަލުވިކަމާއެކު ރޯގާ ފެތުރެމުން ދާއިރު، ރަށުން ޑޮކްޓަރުންގެ ހިދުމަތް ނުލިބޭތީ ރައްޔިތުން ނުކުމެ ސިއްހީމަރުކަޒު ބަންދުކޮށް މުޒާހަރާކޮށްފި އެވެ. ރަށުން ވާހަކަދެއްކި މީހަކު ބުނީ ރަށުގައި ހަލުވިކަމާއެކު ރޯގާއެއް ފެތުރެމުން އަންނަ ކަމަށާ ނަމަވެސް ސިއްޚި މަރުކަޒުގައި ޑޮކްޓަރަކު ނެތިމުގެ ސަބަބުން އެކަށީގެންވާ ބޭސްފަރުވާ ނުލިބި ގިނަ ދަތިތަކެއް ކުރިމަތި ވަމުން އަންނަ ކަމަށެވެ. “ އަޅުގަނޑުމެންނަކީ ވެސް ދިވެހި ރައްޔިތުން. އެކަމަކު އަޅާލާނެ ބައެއް ނެތް. ސިއްހީހިދުމަތުގެ ފެންވަރު އެހާ ދަށްކޮށް […]
ޕްލޭނިން މިނިސްޓްރީގެ ނައިބަކަށް ފުވައްމުލަކު ސިޓީގެ ކުރީގެ މޭޔަރު

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބުގެ މަގާމަށް ފުވައްމުލައް ސިޓީގެ ކުރީގެ މޭޔަރު އަބްދުއްލާ ފަލާހް ޝަރީފް ހަމަޖއްސައިފިއެވެ. ފުވައްމުލަށް ސިޓީގެ ފުނާޑު، މާނެލް، އަބްދުއްލާ ފަލާހް ޝަރީފް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އައްޔަންކުރެއްވީ މިއަދުގައެވެ. ފުވައްމުލަކު ސިޓީގެ އެންމެ ފުރަތަމަ މޭޔަރުކަން ކުރެއްވި ފަލާހް ވަނީ އެއަތޮޅު ކައުންސިލްގެ ރައީސް ކަންވެސް ކުރައްވާފައެވެ.
އޭލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި

މިދިޔަ އޮކްޓޫބަރު / ނޮވެމްބަރުގައި ބޭއްވި އޭލެވެލް އިމްތިހާނުތަކުގެ ނަތީޖާ މިއަދުން ފެށިގެން ދޫކުރަން ފަށައިފިއެވެ. ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ބުނީ އޮކްޓޫބަރު / ނޮވެމްބަރުގައި ބޭއްވި އެޑެކްސެލް އޭލެވެލް އިމްތިހާނުގެ ނަތީޖާ މިއަދުން ފެށިގެން ދޫކުރާނެ ކަމަށެވެ. އަދި ދަރިވަރުންގެ ނަތީޖާ ދޫކުރަކީ ދަރިވަރު އިމްތިހާނު ހެދި ސެންޓަރުން ކަމަށްވެސް ޑީޕީއީން ބުނެއެވެ. ރާއްޖެއިން 1300 އަށްވުރެ ގިނަ ދަރިވަރަކު ބައިވެރިވި މި އިމްތިހާން ވެގެންދިޔައީ ކޮވިޑާއި ގުޅިގެން […]
މަހްލޫފްގެ ޝަރީއަތް ބުދަ ދުވަހު

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާއި ގުޅިގެން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް އަންނަ ހަފްތާގެ ބުދަ ދުވަހު ފެށުމަށް ތާވަލް ކޮށްފިއެވެ. ޕީޖީ އޮފީހުން މަހުލޫފަށް ދައުވާއުފުލައި ކްރިމިނަލް ކޯޓަށް ފޮނުވާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ. މަހްލޫފަށް ދައުވާކުރަން ފޮނުވުމަށްފަހު އޭސީސީން މީގެކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަހްލޫފް މަޖިލީހުގެ މެންބަރަކަށް ހުންނެވިއިރު މަޖިލީހުގައި އޭރު ފާސްކުރި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ […]
އަންހެންކުއްޖެއްގެ މައްސަލައެއްގައި ބޮޑު މާރާމާރީއެއް

ފ. ނިލަންދޫގައި އަންހެންކުއްޖެއްގެ މައްސަލައިގައި އަރައިރުންވެ ބޮޑު މާރާމާރީއެއް ހިގައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ހިންގި މި މާރާމާރީގައި ކުއްޖެއްގެ ބޮލަށް ޒަހަމްތަކެއް ލިބި އިތުރުފަރުވާއަށް އެ ކުއްޖާ ވަނީ މާލެ ގެނެސްފަރުވާ ދޭން ފަށާފައެވެ. މި މާާރާމާރީގައި ބައިވެރިވެފައިވަނީ އުމުރުން 17 އަހަރުގެ ކުޑަކުދިންތަކެއް ކަމަށް ވެއެވެ. އަދި މާރާމާރީގައި ޒަހަމްވެގެން އިތުރު ފަރުވާއަށް މާލެ ފޮނުވީވެސް އުމުރުން 17 އަހަރުގެ ކުއްޖެކެވެ. ރަށުން ވާހަކަދެއްކި މީހަކު ބުނީ އެ ކުއްޖާއަށް އަނިޔާ […]
އިންސާނީ ވަގުފާރީގެ މައްސަލައަކާ ގުޅިގެން ދެ ދިވެއްސަކު ހައްޔަރުކޮށްފި

އިންސާނީ ވަގުފާރީގެ މައްސަލައަކާ ގުޅިގެން ދެ ދިވެއްސަކު ފުލުހުން ހައްޔަރުކޮށްފިއެވެ. އިންސާނީ ވަގުފާރީގެ މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ސ. ހިތަދޫ ރޯޝަނީމާގޭ މޫސާ ފަތުހީ ( 35) އާއި ހ. ސީސްޕީޑް މުހައްމަދު ވަހީދު ( 65) އެވެ. މި މައްސަަލައިގައި އެ ދެ މީހުން ހައްޔަރުކޮށް އެމީހުން ހައްޔަރުކޮށް މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ މިދެމީހުންނަށް 10 ދުވަހުގެ ބަންދެއް ޖަހާފައެވެ. ކޯޓް އަމުރުގައި ބުނެފައިވަނީ […]
އާ އަހަރުގެ އަޒުމަކަށް ހަދަންވީ ކޮންމެ ފަރުދަކުވެސް އެމީހެއްގެ ފެންވަރުން ގައުމުގެ ތަރައްގީއަށް އަމަލީ ގޮތުން ބައިވެރިވުން: ރައީސުލް ޖުމުހޫރިއްޔާ

މިފެށުނު އާ އަހަރުގެ އެންމެ މަތިވެރި އަޒުމަކަށް ހަދަންވީ، ކޮންމެ ފަރުދަކުވެސް އެމީހެއްގެ ފެންވަރުން ގައުމުގެ ތަރައްގީގައި އަމަލީ ގޮތުން ބައިވެރިވުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ 2022 ވަނަ އަހަރު ފެށުމާއި ގުޅިގެން ދިވެހި ރައްޔިތުންނަށް ދެއްވެވި ތަހުނިޔާގެ ހިތާބުގައެވެ. ރައީސްގެ ހިތާބުގައި ވިދާޅުވީ ޒުވާނުން ގައުމީ ތަރައްގީގައި ބައިވެރިވާ މިންވަރު އިތުރުވި ވަރަކަށް، ތަރައްގީީގެ ދަތުރުގައި ދިވެހިން ހާސިލްކުރަން ބޭނުންވާ އައްސޭރި މާއަވަހަށް އަންނާނެ ކަމަށާ […]
އާސަންދައިން ހޯދާ ހިދުމަތުގެ ތަފްސީލް ބެލޭނެ އެޕްލިކޭޝަނެއް ތައާރަފްކޮށްފި

އާސަންދައިން ހޯދާ ހިދުމަތުގެ ތަފްސީލް ބަލާލެވޭ މޯބައިލް އެޕްލިކޭޝަނެއް ތައާރަފްކޮށްފި އެވެ. ”އާސަންދަ“ ނަމުގައި ތައާރަފްކުރި މި އެޕް އިފްތިތާހް ކުރެއްވީ އާސަންދަ ކުންފުނީގެ 10ވަަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ހަފްލާއެއްގައ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ. އާސަންދަ މެދުވެރިކޮށް ހޯދައިފައިވާ ހިދުމަތުގެ ތފްސީލް ބަލައިލެވޭ މި އެޕްލިކޭޝަނުން އެމީހަކު ހޯދާ ބޭސްފަރުވާގެ ހަރަދާއި އަދި ބޭސްސިޓީތަކުގެ ތަފްސީލް ވެސް ފެންނަން ހުރެއެވެ. އާސަންދައިން ބުނީ މި ހިދުމަތްތަކީ ވީހާވެސް ދެފުށްފެންނާނެހެން، ރައްޔިތުންނާ […]
ޕިކްނިކް އައިލެންޑް މާޗްގައި ނިމޭނެ

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކް ދާނެ ރަށެއް ނެތް މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް ކ. ކުޑަގިރި ފަޅު ހިއްކައިގެން ހެދުމަށް ހަމަޖެހިފައިވާ ޕިކްނިކް އައިލެންޑް މާޗް މަހު ނިމޭނެ ކަމަށް ޕްލޭނިން މިނސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން ބުނީ ޕިކްނިކް އައިލެންޑްގައި މަސައްކަތް ހިނގާ ކަމަށާއި އަންނަ އަހަރުގެ މާޗް މަހު ނިމޭ ހިސާބު ރަށް ތަރައްގީކޮށް ނިމޭނެ ކަމަށެވެ. ފަސް މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް މި […]
ކޮމަންޑޫ ދާއިރާގެ ވޯޓާސް ލިސްޓް އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންއަށް ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު މިއަދު ގެޒެޓް ކޮށްފައެވެ. ކޮމަންޑޫ ދާއިރާގއި ހިމެނެނީ ށ.ކޮމަންޑޫ އާއި ފޯކައިދޫ އަދި މަރޮށި އެވެ. ފެބްރުއަރީ ފަސްވަނަ ދުވަހު ބޭއްވުމަށް ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ […]