އާސަންދައިން ހޯދާ ހިދުމަތުގެ ތަފްސީލް ބެލޭނެ އެޕްލިކޭޝަނެއް ތައާރަފްކޮށްފި

Loading

Facebook
Twitter
WhatsApp

 

އާސަންދައިން ހޯދާ ހިދުމަތުގެ ތަފްސީލް ބަލާލެވޭ މޯބައިލް އެޕްލިކޭޝަނެއް ތައާރަފްކޮށްފި އެވެ.

”އާސަންދަ“ ނަމުގައި ތައާރަފްކުރި  މި އެޕް އިފްތިތާހް ކުރެއްވީ އާސަންދަ ކުންފުނީގެ 10ވަަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ހަފްލާއެއްގައ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ.

އާސަންދަ މެދުވެރިކޮށް ހޯދައިފައިވާ ހިދުމަތުގެ ތފްސީލް ބަލައިލެވޭ މި އެޕްލިކޭޝަނުން އެމީހަކު ހޯދާ ބޭސްފަރުވާގެ ހަރަދާއި އަދި ބޭސްސިޓީތަކުގެ ތަފްސީލް ވެސް ފެންނަން ހުރެއެވެ.
އާސަންދައިން ބުނީ މި ހިދުމަތްތަކީ ވީހާވެސް ދެފުށްފެންނާނެހެން، ރައްޔިތުންނާ ގާތުން އެކުންފުނީގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ދޭ ހިދުމަތެއްކަމަށެވެ.  އަދި ޝައްކު ކުރެވޭފަދަ ޓްރާންސްސެކްޝަނެއް ހިނގާފައިވާނަމަ، އެކަމުގެ ޝަކުވާ އެޕްލިކޭޝަން މެދުވެރިކޮށް ހުށަހެޅޭނެކަމަށް ވެސް  އާސަންދަ ކުންފުނިނ ބުނެއެވެ.

މީގެއިތުރުން އާސަންދަ ކުންފުނިންވަނީ، އާސަންދައިން ޚިދުމަތެއް ހޯދުމުން ފޯނަށް ނޮޓިފިކޭޝަން އަންނަގޮތްވެސް ހަދާފައެވެ. މި ހިދުމަތުގައި، އާސަންދައިން ހޯދި ހިދުމަތާ، ހިދުމަތް ހޯދި ތަނާއި ހރަދުވި ފައިސާގެ އަދަދު މެސެޖުން ލިބޭނެއެވެ. މެސެޖް ލިބޭނީ އާސަންދަ ހިދުމަތުގައި ރެޖިސްޓްރީކޮށްފައިވާ ފޯން ނަންބަރަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް