ހަލުވިކަމާއެކު ރޯގާ ފެތުރެމުންދާއިރު ޑޮކްޓަރެއްގެ ހިދުމަތް ނުލިބޭތީ މުޒާހަރާ ކޮށްފި

Loading

Facebook
Twitter
WhatsApp

 

ބ. ކުޑަރިކިލުގައި ހަލުވިކަމާއެކު  ރޯގާ ފެތުރެމުން ދާއިރު،  ރަށުން ޑޮކްޓަރުންގެ ހިދުމަތް ނުލިބޭތީ ރައްޔިތުން ނުކުމެ ސިއްހީމަރުކަޒު ބަންދުކޮށް މުޒާހަރާކޮށްފި އެވެ.

ރަށުން ވާހަކަދެއްކި މީހަކު ބުނީ ރަށުގައި ހަލުވިކަމާއެކު ރޯގާއެއް ފެތުރެމުން އަންނަ ކަމަށާ ނަމަވެސް ސިއްޚި މަރުކަޒުގައި ޑޮކްޓަރަކު ނެތިމުގެ ސަބަބުން އެކަށީގެންވާ ބޭސްފަރުވާ ނުލިބި ގިނަ ދަތިތަކެއް ކުރިމަތި ވަމުން އަންނަ ކަމަށެވެ.

“ އަޅުގަނޑުމެންނަކީ ވެސް ދިވެހި ރައްޔިތުން. އެކަމަކު އަޅާލާނެ ބައެއް ނެތް. ސިއްހީހިދުމަތުގެ ފެންވަރު އެހާ ދަށްކޮށް އަބަދުވެސް ހުންނަނީ. މިތިބީ އާއިލާގެ ގިނަ ބަޔަކު ބޭރަށްހިގައި ހުން އަންނައިރު ޑޮކްޓަރަށް ދައްކާނެ ގޮތެއް ނެތިފައި“ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

 

ރަށު ކައުންސިލުން ބުނީ ރަށުގައި އަރިދަފުސް ރޯގާ އާއި ބޭރަށް ހިންގުމުގެ ގިނަ ކޭސްތަކެއް މިދުވަސްކޮޅު ފެންނަމުން އަންނަ ކަމަށާ އެރަށުގައި ހިދުމަތް ދިނުމަށް ޑޮކްޓަރެއް ނެތް ނަމަވެސް އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. އަދި އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުމުގައި ގިނަ އިރުތަކެއް ނަގާ ކަމަށްވެސް ރަށުކައުންސިލުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ކުޑަރިކިލުގައި ޑޮކްޓަރެއްނެތްތާ މިހާރު 10 ވަރަކަށް ދުވަސް ވަނީ ވެފައެވެ.

ރަށުގައި ހަލުވިކަމާއެކު ރޯގާ އެއް ފެތުރެމުން އަންނައިރު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ދެ މީހަކުވެސް ރަށުގައި ވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް