ކޮމަންޑޫ ދާއިރާގެ ވޯޓާސް ލިސްޓް އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

Loading

Facebook
Twitter
WhatsApp

 

 

ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންއަށް ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު މިއަދު ގެޒެޓް ކޮށްފައެވެ.

ކޮމަންޑޫ ދާއިރާގއި ހިމެނެނީ ށ.ކޮމަންޑޫ އާއި ފޯކައިދޫ އަދި މަރޮށި އެވެ.

ފެބްރުއަރީ ފަސްވަނަ ދުވަހު ބޭއްވުމަށް ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހައެޅުމަށް ހުޅުވާލާފައިވަނީ މިއަދުން ފެށިގެން އަންނަ ޖަނަވަރީ 02ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 02:00ގެ ނިޔަލަށެވެ.

 

އިލެކްޝަން ކޮމިޝަނުން ބުނީ އަދި ވޯޓާސް ލިސްޓަށް ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެ ކޮމިޝަންގެ އީމެއިލް [email protected] އިންކަމަށާ ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލުގެ އިދާރާތަކުން ލިބެން ހުންނާނެކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ނިންމެވީ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި މެންބަރު ހުސައިން ވަހީދު މިދިޔަ ހަފްތާގައި  އަވަހާރަވުމާއި ގުޅިގެނެވެ.

އިންތިހާބާއި ބެހޭ ގާނޫނުތައް ބުނާގޮތުން މަޖިލީހުގެ ގޮނޑި ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރަންޖެހެއެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް