”ސަވާދިއްތަ ދަތުރު“ގައި 12 ޔޮޓެއް

ރާއްޖޭގައި ސަގާފީ ޓޫރިޒަމް ކުރިއެރުވުމުގެ ގޮތުން ”ސަވާދީއްތަ ދަތުރު“ގެ ނަމުގައި ކުރިއަށްގެންދާ ޔޮޓް ރެލީގައި ބޭރުގެ 12 ޔޮޓެއް ރަޖިސްޓްރީ ވެއްޖެއެވެ. ”ސަވާދީއްތަ ދަތުރު“ގެ ނަމުގައި ރާއްޖެއަށް މުޅިން އަލަށް ހެރިޓޭޖް ޓޫރިޒަމް ތައާރަފްކޮށްފައިވަނީ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިންނެވެ. އެކޯޕަރޭޝަނުން ބުނީ ހއ. އުލިގަމުން މިއަދު ފެށުމަށް ހަމަޖެހިފައިވާ މި ރެލީގައި ބައިވެރިވާ ފަރާތްތައް މިހާރު އެރަށަށް ގޮސްފައިވާކަމަށެވެ.  ދުނިޔޭގެ މަޝްހޫރު ބައެއް ޔޮޓުތައް ވެސް  ބައިވެރިވެފައިވާ މިރެލީގެ ބައިވެރިންނަށް މަރުހަބާ ދަންނަވާފައި […]

ހިޔާ ފްލެޓްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ސާފުކުރުން ބަޔަކާ ހަވާލުކޮށްފި

    ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ބަޔަކާއި ހަވާލުކޮށްފިއެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނީ ހިޔާ ފްލެޓްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ހަވާލުކޮށްފައިވަނީ ”ވަށި ޕްރައިވެޓް ލިމިޓެޑް“ އާއެވެ. އަދި ފްލެޓްތައް ސާފުކުރުމުގެ މަސައްކަތް ހަތަރު ފަރާތަކާ ހަވާލުކޮށްފައިވާ ކަމަށް ވެސް އެޒްޑީސީން ބުނެއެވެ. އެއީ އެލް.އެމް އެންޓަޕްރައިސަސް، ޕާމް ގްލޯ، ލެރޯ އިންވެސްޓްމަންޓް އަދި ކޭ.އެސް.އޭ މޯލްޑިވްސްއެވެ. އެޗްޑީސީން ބުނީ ހިޔާގެ 16 ޓަވަރުގައި ދިރިއުޅޭ ފަރާތްތަކަށް ކުރިމަތިވާ […]

އާ ރަންވޭ މާދަމައިން ފެށިގެން ބޭނުންކުރަން ފަށާނެ: އެމްއޭސީއެލް

  ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ)ގެ އާ ރަންވޭ މާދަމައިން ފެށިގެން ބޭނުންކުރަން ފަށުމަށް ނިންމައިފިއެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ އާ ރަންވޭ މާދަމާއިން ފެށިގެން ޓެކްސީވޭއެއްގެ ގޮތުގައި ބޭނުން ކުރަން ފަށަން ނިިންމާފައިވާކަމަށެވެ. އެމްއޭސީއެލް އިން ބުނީ އާ ރަންވޭ ބޭނުންކުރަން ފެށުމުން މިހާރު ކުރިމަތިވެފައިވާ ފްލައިޓް ޖެއްސުމަށް ވަގުތުތައް ދިގުދެމިގެންދާ މައްސަލައަށް ހައްލުލިބިގެންދާނެ ކަމަށާ މާދަމައިން ފެށިގެން ފްލައިޓްތައް ޖެއްސުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެން ދާނެކަމަށެވެ. އެގޮތުން […]

ބައިނަލްއަގްވާމީ ފެންވަރަށް އެއާ ޓްރެފިކް ކޮންޓްރޯލަރުން ރާއްޖޭގައި ތަމްރީން ކުރަނީ

  އެއާ ޓްރެފިކް ކޮންޓްރޯލަރުން ބައިނަލްއަގްވާމީ ފެންވަރަށް ރާއްޖޭގައި ތަމްރީން ކުރަން  މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ( އެމްއޭސީއެލް) އިން ފަށައިފިއެވެ. އެމްއޭސީއެލް އިން ބުނީ މިއީ އެއާޓްރެފިކް ކޮންޓްރޯލަރުންނަށް ރާއްޖޭގައި ތަމްރީން ޕްރޮގްރާމެއް ހިންގާ ފުރަތަމަ ފަހަރު ކަމަށެވެ. މީގެ ކުރިން އެއާ ޓްރެފިކް ކޮންޓްރޯލަރުން ތަމްރީންކުރަމުން އައިސްފައިވަނީ ރާއްޖެއިން ބޭރަށް ފޮނުވައިގެންނެވެ. މި ތަމްރީންތައް ދިިނުމަށް ރާއްޖެއިން ބޭރަށް މީހުން ފޮނުވުމަށް ބޮޑު ހަރަދެއް މީގެ ކުރިން ވަނީ ކޮށްފައެވެ. ރާއްޖޭގައި ތަމްރީން ދެވޭނެ […]

ގިނަ އަދަދެއްގެ ބަނގުރަލާއެކު ސިފައިންގެ މީހަކު ހައްޔަރުކޮށްފި

    ގިނަ އަދަދެެއްގެ ބަނގުރަލާއެކު ސިފައިންގެ މީހަކު ހައްޔަރުކޮށްފިއެެވެ. ފުލުހުން  ބުނީ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން ރޭ ހިންގި އޮޕަރޭޝަނެއްގައި ބަނގުރަލާ އެކު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ހިންގި އޮޕަރޭޝަނުގައި ޖަނަވަރީ މަގުގައި ހުންނަ ގެއަކުން ވަނީ ގިނަ އަދަދެއްގެ ބަނގުރާ ކޭސްތަކާ އެކު ސިފައިންގެ މީހާގެ އިތުރުން އަދި އެހެން މީހަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ބަނގުރާ ފެނިފައިވަނީ ހައްޔަރުކުރި ދެ މީހުން ދިރިއުޅޭ ގެއިންނެވެ. ފުލުހުން ވަނީ […]

މާވިން އާއި ލަމްހާގެ ނަރުސްކަމުގެ ހުއްދަ ބާތިލުކޮށްފި

    އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ ނަރުސް، މޭރީ ގްރޭސް ޕިނޭޑާ މަރާލުމުގެ ދައުވާ ލިބޭ އޭނާގެ ފިރިމީހާ މާވިން އާއި މާވިންގެ ދިވެހި ލޯބިވެރިޔާ ޙަލީމަތު ލަމްހާގެ ނަރުސްކަމުގެ ހުއްދަ މޯލްޑިވްސް ނާސިން އެންޑް މިޑްވައިފަރީ ކައުންސިލުން ބާތިލުކޮށްފިއެވެ. ހެލްތު މިނިސްޓްރީން ބުނީ  ލަމްހާއާއި މާވިންގެ ހުއްދަ ބާތިލްކުރީ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި އެ ދެމީހުންގެ މައްޗަށް މިމަހުގެ ހަތަރުވަނަ ދުވަހު ދައުވާކޮށްފައިވާކަމަށް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީސް ( ޕީޖީ)ން ހިއްސާކުރުމުން […]

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން: ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓް އާންމުކޮށްފި

    އަންނަ ހޮނިހިރު ދުވަހު ބޭވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓް އާންމުކޮށްފިއެވެ. އިލެކްޝަން ކޮމިޝަނުން މިއަދު އާންމުކޮށްފައިވާ ލިސްޓަށް ބަލާއިރު ކޮމަންޑޫގައި ބަހައްޓާ ދެ ފޮށްޓަށް 712  މީހުން ނަށް ވޯޓް ލުމުގެ ހައްގު ލިބިފައިވާއިރު  ފޯކައިދޫ ދެ ފޮށްޓަށް 930 މީހުންނަށް ވޯޓް ލުމުގެ ހައްގު ލިބިފައިވެއެވެ. އަދި މަރޮށީގެ ފޮށްޓަށް 367 މީހަކަށް ވޯޓް ލުމުގެ ހައްގު ލިބިފައިވެއެވެ. […]

ކިނޮޅަހު ނެރުނު ބެދުނު މައްސަލަ ހައްލުކޮށް އާ ބަނދަރެއް އަޅަނީ

  ރ.ކިނޮޅަހު ބަނދަރަށް ވެލިވަދެ ނެރު ބެދުނު މައްސަލަ ހައްލުކޮށް އެރަށުގައި އާބަނދަރެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ. ކިނޮޅަހު ބަނދަރަށް ވެލި ވަދެ ޒަރޫރީ ބޭނުންތަކަށް ވެސް އެ ރަށުން ފައިބަން އުދަގޫވެގެން ރަށުގެ ރައްޔިތުން ވަނީ މިދިޔަ އޮކްޓޫބަރު މަހު މުޒާހަރާ ވެސް ކޮށްފައެވެ. ކިނޮޅަހު ބަނދަރަށް ވެލި ވަދެ ދޭތެރެ ދޭތެރެއިން ބަންދުވާ މައްސަލަ އަކީ 2011 ވަނަ އަހަރުން ފެށިގެން އެ ރަށަށް ދިމާވަމުންދާ މައްސަލައެއް ކަމަށް ވެއެވެ. އެރަށު ކައުންސިލުން ބުނީ […]

ބްރިޖް ސާވޭގެ މަސައްކަތް ކުރާތީ ކަނޑު ދަތުރު ކުރާ ފަރާތްތައް ސަމާލުވާން އެދެފި

    މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅައިލާ ބްރިޖް، ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރާތީ އެ ސަރަހައްދުން ކަނޑުގައި ދަތުރު ކުރާ ފަރާތްތައް ސަމާލުވާން ޓްރާންސްޕޯޓް މިނިސްޓްރީން އެދެފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މާލެ-ތިލަފުށި ލިންކް މަޝްރޫއުގެ ދަށުން، މާލޭގެ ހުޅަނގު ދެކުނު ފަރާތުން ފެށިގެން ވިލިނގިއްޔާއި ގުޅީފަޅުގެ ދެކުނު ފަރާތުގެ މޫދާއި ހަމައަށް އަދި ތިލަފުށީގެ އިރު ދެކުނު ކޮޅާއި ދެމެދުގެ ސަރަހައްދެއްގައި ޕްލެޓްފޯމްތަކެއް ބަހައްޓައިގެން އިއްޔެއިން ފެށިގެން މަސައްކަތްތަކެއް ކުރަމުންއަންނަ ކަމަށެވެ. […]

އޮޑިޓް ދާއިރާ ހަރުދަނާ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

  ރާއްޖޭގެ އޮޑިޓް ދާއިރާ ހަރުދަނާ ކުރުމަށް މެލޭޝިއާގެ ނޭޝަނަލް އޮޑިޓް ޑިޕާޓްމަންޓާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނީ މި އެއްބަސްވުމަކީ ރާއްޖޭގ ޕަބްލިކް ސެކްޓާ ގަވާނަންސް އާއި ޕަބްލިކް ސެކްޓާ އޮޑިޓްކުރުމުގެ ދާއިރާ ހަރުދަނާ ކުރުމަށް ދެ މުއައްސަސާ ގުޅިގެން މަސައްކަތް ކުރަން އެއްބަސްވި އެއްބަސްވުމެއްކަމަށެވެ.  އެގޮތުން މި އެއްބަސްވުމުގެ ދަށުން ދެ މުއައްސަސާގެ މެދުގައި ތަމްރީނުގެ ފުރުސަތުތަކާއި އިލްމާއި ތަޖުރިބާ އާއި ބެސްޓް ޕްރެކްޓިސް ހިއްސާ ކުރެވިގެން ދާނެ ކަމަށް […]