އޮޑިޓް ދާއިރާ ހަރުދަނާ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

Loading

Facebook
Twitter
WhatsApp

 

ރާއްޖޭގެ އޮޑިޓް ދާއިރާ ހަރުދަނާ ކުރުމަށް މެލޭޝިއާގެ ނޭޝަނަލް އޮޑިޓް ޑިޕާޓްމަންޓާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނީ މި އެއްބަސްވުމަކީ ރާއްޖޭގ ޕަބްލިކް ސެކްޓާ ގަވާނަންސް އާއި ޕަބްލިކް ސެކްޓާ އޮޑިޓްކުރުމުގެ ދާއިރާ ހަރުދަނާ ކުރުމަށް ދެ މުއައްސަސާ ގުޅިގެން މަސައްކަތް ކުރަން އެއްބަސްވި އެއްބަސްވުމެއްކަމަށެވެ.  އެގޮތުން މި އެއްބަސްވުމުގެ ދަށުން ދެ މުއައްސަސާގެ މެދުގައި ތަމްރީނުގެ ފުރުސަތުތަކާއި އިލްމާއި ތަޖުރިބާ އާއި ބެސްޓް ޕްރެކްޓިސް ހިއްސާ ކުރެވިގެން ދާނެ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެއެވެ.

މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން ސޮއިކުރެއްވީ އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީއެވެ. މެލޭޝިއާގެ ނޭޝަނަލް އޮޑިޓް ޑިޕާޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ އޮޑިޓާ ޖެނެރަލް ދާތުކް ނިކް އަޒްމަން ނިކް އަބްދުލް މަޖީދް އެވެ.

އޮންލައިންކޮށް ކުރިއަށް ގެންދިޔަ ސޮއިކުރުމުގެ މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވީ ސޮއިކުރެވިގެން މިދިޔަ ފަހުމުނާމާގެ ދަށުން އޮޑިޓް ދާއިރާއިން ރާއްޖެއަށް ގިނަ ފައިދާ ތަކެއް ލިބިގެން ދާނެކަމަށެވެ. އެ ގޮތުން އިލްމާއި ހުނަރާއި ގާބިލްކަން އިތުރުކުރުމުގެ ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ވެސް އޮޑިޓާ ޖެނެރަލް ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް