ގައިދީނަށް ފަސޭހަކަމާއެކު ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ޖަލުތަކުގައި ތިބޭ ގައިދީންނާއި ބަންދުމީހުންނަށް ފަސޭހަކަމާއެކު ޓޮކްޓަރަށް ދައްކައި ބޭސްފަރުވާކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން އައިޖީއެމްއެޗާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. މި އެއްބަސްވުމުގައި އެމްސީއެސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހއްމަދުފުޅުއެވެ. އަދި އައިޖީއެމްއެޗްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ އިބްރާހިމް ސަލީމްއެވެ. މި އެއްބަސްވުމުގެ ދަށުން ޖަލުގައި ތިބެ އެކި ބަލިތަކަށް ޚާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުސަތު ގައިދީންނަށް ލިބޭނެ ކަމަށް އެމްސީއެން އިން […]
މާލެ ސިޓީން މީހަކު ގެއްލިގެން ހޯދަނީ

މާލެސިޓީން މީހަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ގެއްލިގެން ހޯދަމުންދާ މީހަކީ ޅ. ނައިފަރު/ ޑޭޒީހިޔާ، އަހްމަދު ވިއާމް (23އ) އެވެ. ފުލުހުން ބުނީ ވިއާމް ހޯދަމުންދަނީ އޭނާއަށް ވީނުވީއެއް ނޭނގިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން ކަމަށެވެ. ފުލުހުން ބުނީ އެމީހާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށާ ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން އެމީހާ ހޯދިފައެއް ނުވާކަމަށެވެ. އަހުމަދު ވިއާމް އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން […]
ތިމާވެށި ފެންނަނީ އައްޑޫ ބިން ހިއްކަންވީމަ އެކަނިތޯ؟: ނިހާދު

ތިމާވެށި ފެންނަނީ އައްޑޫސިޓީގެ ބިން ހިއްކަންވީމަ އެކަނިތޯ ސުވާލުއުފައިދައި ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދުގެ ނުރުހުން ބިންހިއްކުމާ ދެކޮޅަށް މަަސައްކަތް ކުރައްވާ ފަރާތްތަކަށް އަމާޒުކޮށްފިއެވެ. އައްޑޫ ސިޓީގެ ބިން ހިއްކުމުގެ ބިޔަ ޕްރޮޖެކްޓާ ދެކޮޅަށް ގިނަ ފަރާތްތަކުން ދެކޮޅު ހަދަމުން އަންނަ މި ދަޑިވަޅުގައި ނިހާދު ކުރެއްވި ޓްވީޓެއްގައި ވަނީ ތިމާވެށި ފެންނަނީ އައްޑޫ ބިން ހިއްކަންވީމާ އެކަނި ކަމަށް ވިދާޅުވެ ސުވާލުއުފައްދަވައިފައެވެ. ”ތިމާވެށި ފެންނަނީ އައްޑޫގެ ބިން ހިއްކަންވީމަ ތޯ؟ މާލެ […]
ދިވެއްސަކު އުމުރަށް ޖަލަށްލާން ލަންކާއިން ހުކުމްކޮށްފި

ދިވެއްސަކު އުމުރަށް ޖަލަށް ލާން އަވަށްޓެރި ސްރީލަންކާގެ ކޯޓަކުން ހުކުމްކޮށްފި އެވެ. ލަންކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުން އުމުރަށް ޖަލަންލާން ހުކުމްކުރީ ލާން ކޮލަމްބޯ ހައި ކޯޓުން މިއަދު އެވެ. ރިޕޯޓް ކޮށްފައިވާގޮތުން އެއީ ދިވެހި ފިރިހެނެކެވެ. އޭނާއަށް ހުކުމް ކޮށްފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައެވެ. އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލުހުކުމެއް އިއްވީ 265 ގްރާމް ހެރޮއިން ގެންގުޅުނު މައްސަލައެއްގައި ކަމަށްވެއެވެ. އޭނާ ހައްޔަރުކުރީ ބަމްބަލަޕިޓިޔާއިން 2016ވަނަ އަހަރުގެ އޭޕްރިލް މަހުގެ 22ވަނަ ދުވަހުއެވެ. މަސްތުވާތަކެތީގެ […]
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދުމަށް އެމީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ. ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުން ހޯދަމުން އަންނަނީ ފ. ނިލަންދޫ / އަސަރީގެ، އަހުމަދު ޝަފާޒް (38އ) އެވެ. ފުލުހުން ބުނީ ޝަފާޒް އަހުމަދު ޝަފާޒު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްފިނުމަށް ފުލުހުންގެ މަށްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ހޯދަމުން އަންނަ މީހެއްކަމަށެވެ. އަދި މި މަހު […]
ބިރު ދައްކައިގެން ވަކިގޮތަކަށް ހުކުމްކުރަން މަޖުބޫރު ކުރުމަކީ އިސްލާމީ ޝަރީއަތާއި ޚިލާފު އަމަލެއް : ޝަހީމް

ފަނޑިޔާރުންނަށް ބިރު ދައްކައިގެން ވަކިގޮތަކަށް ހުކުމްކުރަން މަޖުބޫރު ކުރުމަކީ އިސްލާމީ ޝަރީއަތާއި ގާނޫނާއި ހިލާފު އަމަލެއް ކަމަށް އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ރައީސް އަބުދުއްލާ ޔާމީނަށް ޖަލު ހުކުމެއް ނުކުރާ ނަމަ ފަނޑިޔާރުން މަގާމުން ވަކިކުރަން ޖެހޭ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ޝަހީމް ކުރެއްވި […]
ކަނޑުއަޑީގެ ދިރާސާތައް އެމްއެންޑީއެފްގެ ދަށުން ކުރިއަށްގެންދިއުމަށް ރުހުން ހޯދަން މަޖިލީހަށް

ރާއްޖޭގެ ކަނޑުގެ އަޑީގެ ސަރަހައްދުގެ ދިރާސާކުރުމުގެ މަސައްކަތް އެމްއެންޑީއެފްގެ ބެލެހެއްޓުމުގެ ދަށުން ކުރިއަށްގެންދިއުމަށް ރުހުން ހޯދުމަށް މަޖިލީހަށް ހުށަހަޅައިފިއެވެ. ރާއްޖޭގެ ސަރަހައްދުތަކުގެ ހައިޑްރޯގްރަފިކް ސާވޭތައް ކޮށް މައުލޫމާތު އެއްކޮށް ބެލެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ”މޯލްޑިވްސް ހައިޑްރޯގްރަފިކް ސަރވިސް“ގެ ނަމުގައި އިދާރާއެއް އުފައްދާފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ. މި އިދާރާގެ މަސައްކަތްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ސަރަހައްދުތަކުގެ ނިޔަމިކަމުގެ ޗާޓުތައް ކުރަހައި އަދާހަމަކޮށް އާންމުކުރުމާއި، ނޯޓިކަލް ޕަބްލިކޭޝަންތައް ޝާއިއުކޮށް އަދާހަމަކުރުން ހިމެނެއެވެ. އަދި ދިވެހިރާއްޖޭގެ ސަރަހައްދުތަކުގައި ކަނޑު […]
ޖަޕާނުން ރާއްޖެއަށް އެމްބިއުލާންސް ހަދިޔާ ކުރަނީ

ޖަޕާނު ސަރުކާރުން ރާއްޖެއަށް އެމްބިއުލާސްން ތަކެއް ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ. ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު އަބްދުއްލާ މާހިރެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޔަނާއި ކެއިކޯއެވެ. ހެލްތު މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ޖަޕާނު ސަރުކާރުން ރާއްޖެއަށް 8 އެމްބިއުލާންސް ހަދިޔާކުރުމަށް ހަމަޖެހިފައިވާކަމަށާ މި އެމްބިއުލާނަސްތަކަކީ ޖަޕާން ސަރުކާރުން […]
އިމްރާނަކީ ރިޝްވަތަށް ގުޑާލެވޭނެ ބޭފުޅެއް ނޫން: އިޔާޒް

ހޯމް މިނިސްޓަރު އިމްރާން އަބްދުއްލާ އަކީ ރިޝްވަތަށް ގުޑާލެވޭނެ ބޭފުޅެއް ނޫންކަމަށް ވިދާޅުވެ، މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އިމްރާން ދިފާއުކުރައްވައިވައި ވާހަކަފުޅު ދައްކަވައިފިއެވެ. ނިމިދިޔަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ކެމްޕޭނުގައި މިނިސްޓަރު އިމްރާން ބައިވެރިވެ ވަޑައިގެންނެވީ ރިޝްވަތު ނަންގަވައިގެންކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ގިނަ ފާޑުކިއުންތަކެއް އެމަނިކުފާނަށް ވަނީ އަމާޒުވެފައެވެ. އެކަމާ ގުޅިގެން އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީސްމީހުންގެ ބޮލުގައި އިލްޒާމް އަޅުވަންވާނީ ސާބިތު ހެކި ހުރެގެން ކަމަށާ […]
ރައްޓެހިވެގެން އުޅޭ އަންހެންކުއްޖާ ފޮއްޓަކަށް ލައިގެން ހޮސްޓެލްއަށް ވައްދަން އުޅެފި

އިންޑިއާގެ ކޮލެޖެއްގައި ކިޔަވަމުންދާ ފިރިހެންކުއްޖަކު އޭނާ ރައްޓެހިވެގެން އުޅޭ އަންހެންކުއްޖާ ފޮއްޓަކަށް ލައިގެން ހޮސްޓެލްގެ ކޮޓަރިއަށްވައްދަން އުޅެނިކޮށް ފަޅާ އަރައިފިއެވެ ކަރަނާޓަކާގެ މަނިޕާލް އިންސްޓްޓިއުޓް އޮފް ޓެކްނޮލޮޖީގައި އިންޖިނިއަރިން ކިޔަވަމުންގެންދާ މި ފިރިހެން ކުއްޖާ ދިރިއުޅެނީ އެ ކޮލެޖްގެ ފިރިހެން ކުދިންގެ ބައިތިއްބާ ހޮސްޓެލްގައެވެ. އޭނާ ރައްޓެހިވެގެން އުޅޭ ކުއްޖާ އަކީވެސް އެ ކޮލެޖްގެ ކުއްޖެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ މިހާދިސާ ދިމާވެފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްކަމަށް ވެއެވެ. މި ހާދިސާހގެ ވީޑިއޯއެއްވެސް […]