ރައްޓެހިވެގެން އުޅޭ އަންހެންކުއްޖާ ފޮއްޓަކަށް ލައިގެން ހޮސްޓެލްއަށް ވައްދަން އުޅެފި

Loading

Facebook
Twitter
WhatsApp

އިންޑިއާގެ ކޮލެޖެއްގައި ކިޔަވަމުންދާ ފިރިހެންކުއްޖަކު އޭނާ ރައްޓެހިވެގެން އުޅޭ އަންހެންކުއްޖާ ފޮއްޓަކަށް ލައިގެން ހޮސްޓެލްގެ ކޮޓަރިއަށްވައްދަން އުޅެނިކޮށް ފަޅާ އަރައިފިއެވެ

ކަރަނާޓަކާގެ މަނިޕާލް އިންސްޓްޓިއުޓް އޮފް ޓެކްނޮލޮޖީގައި އިންޖިނިއަރިން ކިޔަވަމުންގެންދާ މި ފިރިހެން ކުއްޖާ ދިރިއުޅެނީ އެ ކޮލެޖްގެ ފިރިހެން ކުދިންގެ ބައިތިއްބާ ހޮސްޓެލްގައެވެ. އޭނާ ރައްޓެހިވެގެން އުޅޭ ކުއްޖާ އަކީވެސް އެ ކޮލެޖްގެ ކުއްޖެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ

މިހާދިސާ ދިމާވެފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްކަމަށް ވެއެވެ. މި ހާދިސާހގެ ވީޑިއޯއެއްވެސް މިހާރުވަނީ އާންމުވެފައެވެ.

މީޑީއާ ރިޕޯޓްތައްބުނާ ގޮތުން އޭނާ ރައްޓެހިވެގެން އުޅޭ ކުއްޖާ ހެދުންއަޅާ ކަހަލަ ބޮޑު ފޮއްޓަކަށް ލައިގެން ހޮސްޓެލް ތެރެއަށް ވަންނަން އުޅުމުން ހޮސްޓެލް ބަލަހައްޓާ މީހުން އޭނާކައިރީ ކުއްލިއަކަށް ބޮޑު ފޮއްޓެއް ގެނައީ ކީވެތޯ ސުވާލުކުރުމުން ޖވާބު ދިން ގޮތުން އިތުރު ޝައްކުތަކެއް ވެ އިތުރައްސުވާލުކުަން ފެށީއެވެ.

ސެކިއުރެޓީން ސުވާލުކުރުމުން އެ ކުއްޖާ ބުނި ކަމަށްވަނީ އެއީ އޭނާ އޮންލައިންކޮށް ގަތް ބައެއް ތަކެތި ކަމަށެވެ. އެ ޖަވާބުން އެއީ ކޯޢްޗެއްތޯ ބެލުމުގެ ޝައުގުވެރިކަން ސެކިއުރިޓީންނަށް ބޮޑުވެ އަނެއްކާވެސް ސުވާލުކުރިއެވެ. އަދި ފޮށި ހުޅުވައި ދެއްކުމަށް އެދުނެވެ. ފޮށީގައި ހުރީ މުހިންމު އެއްޗެހިތަކެއް ކަމަށް ބުނެ ނުހުޅުވަން މަސައްކަތް ކުރިނަމަވެސް ހޮސްޓެލް ބަލަހައްޓާ ފަރާތްތަކުން ދޫނުކުރުމުން ފޮށީ ހުޅުވަން މަޖުބޫރުވެ ފޮށި ހުޅުވީ ކަމަށް މީޑިއާ ރިޕޯޓް ތައް ބުނެއެވެ. ފޮށި ހުޅުވި އިރު ފޮށީގައި އޮތީ އަންހެންކުއްޖެއް ކަމަށާ އެ އަންހެން ކުއްޖާ އޮތީ ހަމަޖެހިލައިގެން ގުޅައަކަށް ފޮށީ ތެރޭގައި ކަމަށް ވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެ އަންހެން ކުއްޖާ އަކީ ޑާންސް ކުރާ ކުއްޖަކަށް ވުމުން އެ ފޮށީ  ތެރޭގައި ގުޅައަކަށް އޮތުން އޭނާއަށް ދައްޗަކަށް ނުވިއެވެ.

މި ހާދިސާއަށްފަހު އެ ދެ ދަރިވަރުން މިހާރުވަނީ ކޮލެޖުން ސަސްޕެންޑް ކޮށްފައެވެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް