ތިމާވެށި ފެންނަނީ އައްޑޫ ބިން ހިއްކަންވީމަ އެކަނިތޯ؟: ނިހާދު

Loading

Facebook
Twitter
WhatsApp

 

 

ތިމާވެށި ފެންނަނީ އައްޑޫސިޓީގެ ބިން ހިއްކަންވީމަ އެކަނިތޯ ސުވާލުއުފައިދައި ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދުގެ ނުރުހުން ބިންހިއްކުމާ ދެކޮޅަށް މަަސައްކަތް ކުރައްވާ ފަރާތްތަކަށް އަމާޒުކޮށްފިއެވެ.

އައްޑޫ ސިޓީގެ ބިން ހިއްކުމުގެ ބިޔަ ޕްރޮޖެކްޓާ ދެކޮޅަށް ގިނަ ފަރާތްތަކުން ދެކޮޅު ހަދަމުން އަންނަ މި ދަޑިވަޅުގައި ނިހާދު ކުރެއްވި ޓްވީޓެއްގައި ވަނީ ތިމާވެށި ފެންނަނީ އައްޑޫ ބިން ހިއްކަންވީމާ އެކަނި ކަމަށް ވިދާޅުވެ ސުވާލުއުފައްދަވައިފައެވެ.

”ތިމާވެށި ފެންނަނީ އައްޑޫގެ ބިން ހިއްކަންވީމަ ތޯ؟ މާލެ ސަރަހައްދުން އަދި އެހެން ހުރިހާ ރަށެއް ހިއްކައި ނިމޭ އިރު ވެސް ބަސް ނުބުނަނީ އެއިން ކޮން މަންފާއެއް ލިބޭތީތޯ؟“ [އެހެންވީމަ] އައްޑޫގެ ތަރައްގީ އަށް ހުރަސް އެޅުން ހުއްޓާލުމަށް ގޮވާލަން.“ ނިހާދު ވިދާޅުވިއެެވެ.
އައްޑޫ ސިޓީ އަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް އިންޑިއާ ސަރުކާރުގެ އެހީގައި ހިންގަން ނިންމާފައިވާ ބިންހިއްކުމުގެ މަޝްރޫގެ ދަށުން އައްޑޫއިން ގާތްގަނޑަކަށް 236 ހެކްޓަރުގެ ބިން ހިއްކާ ގޮތަަށް ވަނީ ހަމަޖައްސާފައެވެ.

މި ބިން ހިއްކުމުގެ ބޮޑު މަޝްރޫއުގެ ސަބަބުން އެ އަތޮޅުގެ ތިމާވެއްޓަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް އީއައިއޭ ރިޕޯޓުން ފާހަގަވެފައި ވާތީ އެ މަސައްކަތް ހުއްޓާލުމަށް ތިމާވެށީގެ ހައްގުގައި އަޑުއުފުލާ ބައެއް ޖަމިއްޔާތަކުން އަންނަނީ ގޮވާލަމުންނެވެ.

އައްޑޫސިޓީ ބިން ހިއްކުމާ ދެކޮޅަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިތުރުން ސޭވް މޯލްޑިވްސް އާއި ޒީރޯ ވޭސްޓް މޯލްޑިވްސް އާއި މޯލްޑިވްސް ރިސިލިއަންޓް ރީފްސް އާއި ލޭންޑް ސީ މޯލްޑިވްސް އަދި އިކޯކެއާ މޯލްޑިވްސް އިންވެސް ވަނީ ތެދުވެފައެވ.

އެ ޖަމިއްޔާތަކުން ނެރެފައިވާ ބަޔާނެއްގައި  ބުނެފައިވާގޮތުން އައްޑޫ ބިންހިއްކުމުގެ މި މަޝްރޫއު އަށް 6.9 މިލިއަން ކޮޑި މީޓަރުގެ ވެލި ބޭނުންވާ އިރު، މިކަމަށް ބޭނުންވާ ވެލި ނަގަނީ އައްޑޫގެ އެތެރެވަރީގެ ދެ ސަރަހައްދަކުން ކަމަށެވެ. އެއީ މުޅި އެތެރެވަރީގެ 42 ޕަސެންޓް ސަރަހައްދަކަށް ވުމުން، އޭގެ ސަބަބުން އައްޑޫ އަތޮޅު ތިމާވެއްޓަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނެއެވެ.
މި މައްސަލައާ ގުޅިގެން އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެފައިވަނީ ބިން ހިއްކުމުގެ މަޝްރޫއު އައްޑޫސިޓީގައި ކުރިއަށް ގެންދަނީ ވެއްޓަށް ބަލައި ދިރާސާކުރެވިގެން ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް