ޖަޕާނު ސަރުކާރުން ރާއްޖެއަށް އެމްބިއުލާސްން ތަކެއް ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު އަބްދުއްލާ މާހިރެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޔަނާއި ކެއިކޯއެވެ.
ހެލްތު މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ޖަޕާނު ސަރުކާރުން ރާއްޖެއަށް 8 އެމްބިއުލާންސް ހަދިޔާކުރުމަށް ހަމަޖެހިފައިވާކަމަށާ މި އެމްބިއުލާނަސްތަކަކީ ޖަޕާން ސަރުކާރުން ގްރާނޓް އެސިސްޓަންޓް ފޯރ ގްރާސްރޫޓް ހިއުމަން ސެކއިރިޓީ ޕްރޮޖެކްޓްގެ ދަށުން 2453،800 (ދެމިލިޔަން ހަތަރުސަތޭކަ ފަންސާސްތިން ހާސް އަށްސަތޭކަ )ރުފިޔާގެ އެމްބިއުލާންސްތަކެކެވެ.
މި އެމްބިއުލާންސްތަކާއެކު ސިއްޙީ ހިދުމަތަށް ބޭނުންވާނެ އިތުރު ތަކެތި ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި އެޑްވާންސް ލައިފް ސަޕޯޓް އިކުއިޕްމަންޓް ބޭގްސްއާއި އޮކްސިޖަން ސިލިންޑާ، ބޭގް ވޯލްވް މާސްކް އަދި ސްޕައިނަލް ބޯޑު ފަދަ ތަކެތި ހިމެނެއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރު ޑރ. ޝާހު ވިދާޅުވީ ވަރަށް އެކަށޭނަ ދަނޑިވަޅެއްގައި ލިބުނު ހަދިޔާއެއް ކަމަށެވެ.
ހެލްތު މިނިސްޓްރީން ބުނީ މި އެމްބިއުލާންސްތައް ބޭނުންކުރާނީ މާލެ ސަރަހައްދުގެ އެމަރޖެންސީ ދުމަތް ހަރުދަނާކުރުމަށާއި ހަ ރަށަކަށް ހިދުމަތް ދިނުމަށެވެ.