އަހަރެން ފެނިއްޖެނަމަ ކަލޭމެން ދެން ރޯން ފަށާށެވެ! 

މަތީގައިވާ ސުރުޚީން ކިއުންތެރިންގެ ހިތުގައި ހަމަގައިމުވެސް ތަފާތު ޝުއޫރުތަކެއް އުފައްދާނެއެވެ. ސަބަބުތަކަކާ ހުރެއެވެ. އަޅުގަނޑުމެންނަށް އެކަންތައްތަކުގެ ތަފްސީލު ހާމަކޮށް ނުދެވިދާނެއެވެ. އެކަމަކު ބައިނަލް އަގްވާމީ މީޑިއާ ގައި ހާމަކޮށްފައިވާ މައުލޫމާތު ތަކުގެތެރެއިން ކޮންމެވެސްމިންވަރެއް ކިއުންތެރިންނަށް ގެނެސްދެވޭތޯ ބަލާނަމެވެ.                                              ސުރުޚީގައި އެވަނީ ޔޫރަޕަށް މެދުވެރިވެފައިވާ ހަނަފަސް ކަމާހުރެ ކޯރުތަކާއި ކަނޑުފަޅުގެ ލޮނުގަނޑު ހިނދުމުގެ ސަބަބުން ކަނޑުގެ އަޑިގައިހުރި […]

މާނައެއްނެތް ބޭކާރު ވާހަކަތަކަށް ކަންބޮޑުވާނެކަމެއް ނެތް! 

އެމެރިކާއިން ރަޝިޔާއަށް ވިޔަފާރީގެ ދަތިކުރުން އިއުލާން ކޮށްފައިވާއިރު ތުރުކީން ރަޝިޔާއާއިކު ވިޔަފާރީގެ ގުޅުން ދަމަހައްޓާނަމަ އަދަބުދެވޭނެކަމަށް އެމެރިކާގެ ޓްރެޝަރީ ޑިޕާރޓްމެންޓުން ކުރި އިންޒާރާމެދު ތުރުކީގެ ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކުރުމުން  ”އެއީ އެއްވެސް މާނައެއްނެތް ބޭކާރު ވާހަކައޭ “ ހަމަޖެހިލައިގެން ތިބުމަށް ތުރުކީގެ މާލީ ވަޒީރު ނޫރައްދީނު ނެބާތީ އެގައުމުގެ ވިޔަފާރިވެރިންނަށް ވިދާޅުވެއްޖެއެވެ.  އެމެރިކާގެ އިންޒާރުގައި ތުރުކީގެ އެންމެ ބޮޑު ވިޔަފާރި ގުރޫޕް ޓުސައިޑް އާއި މާލީވުޒާރާއަށް އަމާޒުކޮށް ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ރަޝިޔާ ރެކިގަތުމުގެ ވަސީލަތެއްގެ ގޮތުގައި ބޭނުން ކުރަމުން ގެންދާކަމަށްވެސް ބުނެފައިވެއެވެ.       […]

އީރާނާއި ސަޢޫދީގެ ގުޅުން އިތުރަށް ބަދަހިވަނީ 

އީރާނުން ސައޫދީ އެރޭބިޔާއާއިއެކު ޙިއްސާކުރާ އިސްފަންދިޔާރު ތެޔޮވަޅު ތަރައްގީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް އީރާނުގެ އޮފްޝޯރ އޮއިލް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރާ ހަވާލާދެމުން އީރާނުގެ މީޑިއާއިން ރިޕޯރޓް ކޮށްފައިވާ ކަމަށް ހާމަކޮށްފިއެވެ. މި ތެޔޮވަޅަށް ދީފައިވާ ނަމަކީ ލުއު ލުއު އެވެ.                                                        މިހާރު ރޭވިފައިވާގޮތުން މި […]

ދުނިޔޭގެ މަސްރަޙް މަހާތީރު ދެކެވަޑައިގަންނަވާ ގޮތް

ޗައިނާއާއި ތައިވާނުގެ މަސްރަހާއި ގުޅޭގޮތުން މިދިޔަ ހުކުރުދުވަހު މީޑިއާގައި ވާހަކަ ދައްކަވަމުން މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ތުން ޑޮކްޓަރ މަހާތީރު މުޙައްމަދު ވިދާޅުވީ އެމެރިކާއިން އުޅެނީ ޗައިނާލައްވާ ތައިވާނުގައި ހަނގުރާމަ ކުރުވަން ކަމަށެވެ.                                                                 މެލޭޝިޔާގައި ދެފަހަރެއްގެ މަތިން އެންމެ ގިނަ އަހަރުތަކެއްގައި ވެރިކަން ކުރެއްވި […]

ހެދޭކުރިއަށް ފެންދިނުމުން ހައްދަންބޭނުންވާ ކުރިމަރުވަނީއެވެ 

އަޅުގަނޑު ލިޔަންބޭނުންވަނީ ދިވެހިރާއްޖޭގެ ސިޔާސީ ދާއިރާގައި އަބަދުވެސް ކަންހިނގަމުން ދާގޮތުގެ މައްޗަށެވެ. އަބަދުވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދިޔައީ ސިޔާސީގޮތުންހެދޭ ކުރިއަށް ފެންދިނުމަށެވެ. ހައްދަންބޭނުންވާ ކުރިއަށް ފެންދެވޭނެ މާޙައުލެއްވެސް ނެތޭ ބުނެވިދާނެއެވެ. ބޭނުންވިޔަސް ނުވިޔަސް ފެންދެމުން ގެންދިޔައީ ހެދޭކުރިއަށެވެ. ޒަމާންތައް ބަދަލުވަމުންގޮސް ދިވެހިންނަށްވެސް ސިޔާސީގޮތުން ރަނގަޅު މޭވާއެއްލިބިދާނެ ކުރިއެއް ސިޔާސީ ވެށިން ކުއްލިއަކަށް ދައްކާލިތަން ފެނުނެވެ. އަޅުގަނޑު މި އިޝާރާތްކުރީ އޭރު ދިވެހިން ފެންދެމުންދިޔަ ގަސް ބިޔަވެ އުމުރުން ދުވަސްވެ ކިތަންމެވަރަކަށް ފެންދިނަސް ދެން އިތުރަށް އާރޯކަން ނުގެނެވިދާނެ ކަމަށް ވިސްނެންފެށިދުވަސްވަރުގެ ވާހަކައަށެވެ. ސިޔާސީވެށިން އަލަށް ދެއްކި ކުރިއަށް ދިވެހިން ފެންދީ ބަލަހައްޓަމުން ގެންދިޔައީ މުޅިން އާ އުންމީދު ތަކަކާއި އެކުގައެވެ.  ދިވެހިންގެ ނަސީބު […]

6 އަހަރުދުވަހަށްފަހު ކުވޭތުގެ ސަފީރަކު އީރާނަށް 

ބައިނަލް އަގުވާމީ މީޑިއާތަކުން ޚަބަރު ލިބެމުން ދާގޮތުގައި 6 އަހަރުދުވަހުގެ ދިގު މުއްދަތަކަށްފަހު ކުވޭތުން އިރާނަށް ސަފީރަކު ކަނޑައަޅައިފިއެވެ.  މިދިޔަ ހޮނިހިރުދުވަހު ކުވޭތުގެ ސަފީރު ބާދިރް ޢަބްދުﷲ އަލް މުނައިޚް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އީރާނުގެ ޚާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުﷲއަން  އެރުވުން ތެހެރާނުގައި ރަސްމީގޮތުން ހިނގައިދިޔަކަން އީރާނުގެ ޚާރިޖިއްޔާގެ ވެބްސައިޓްގައިވެސް ވަނީޝާއިޢުކޮށްފައެވެ. އަދި ކުވޭތުންވެސް މުނައިޚް އަކީ އީރާންގައި ހުންނަވާނޭ ކުވެއިތްގެ ސަފީރުކަން ކަށަވަރު ކޮށްދީފައިވެއެވެ.  ސައޫދީ އެރޭބިއާ އާއި އީރާނާ ދެމެދު އުފެދުނު ދެބަސްވުމާއި ގުޅިގެން ސައޫދީ އެރޭބިއާއަށް ތާއީދުކުރުމުގެ ގޮތުން ކުވޭތުން އިރާނާއެކު އޮތް ސިޔާސީ ގުޅުން […]

ޗައިނާގެ ރައީސް ސަޢޫދީ އެރޭބިޔާ އަށް 

ޗައިނާގެ ރައީސް ޒީ ޖިންޕިންގ މިއަންނަ ހަފްތާގައި ސައޫދީ އެރޭބިޔާއަށް ވަޑައިގެންފާނެކަމަށް ބެލެވެން ފަށައިފިއެވެ. އަދި އެ ދަތުރުފުޅުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ތެލުގެ މައްސަލައަށް ކަމަށްވެސް ލަފާކުރެވެއެވެ. ޗައިނާއާއި ސަޢޫދީ އެރޭބިޔާގެ ގުޅުން ވަރަށް ރަނގަޅު ވެފައިވާ މިދަނޑިވަޅުގައި ކުރެވޭ މިދަތުރުފުޅުގައި ސަޢޫދީ އެރޭބިޔާގެ އެންމެ އިސްބޭފުޅުންނާއިއެކު ބައްދަލުކުރައްވާނެއެވެ. އަދި އެމެރިކާގެ ރައީސް ބައިޑަން އަށް ލިބިވަޑައިގެންނެވި މަރުޙަބާއަށް ވުރެން ހޫނު މަރުޙަބާއެއް ރައީސް ޒީ އަށް ލިބިވަޑައިގަންނަވާނެ ކަމަށްވެސް ބެލެވެއެވެ. މީގެ މަހެއްހާދުވަސް ކުރިން އެމެރިކާގެ ރައީސް ޖޯ ބައިޑަން ސަޢޫދީއަށް ވަޑައިގަތުމުން ލިބިވައިގަތީ […]

އިމްރާން ޚާނުގެ އަރިސް ބޭފުޅަކު ހައްޔަރު ކޮށްފި 

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ އަރިސްބޭފުޅަކު ކަމުގައިވާ ތަހްރީކޭ އިންސާފް ސިޔާސީ ޕާރޓީގެ ޗީފް އޮފް  ސްޓާފް ޝާހްބާޒް ގިލް ހައްޔަރު ކޮށްފިއެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ސިފައިން ލައްވާ ސިފައިންގެ އިސް ބޭފުޅުންނާ ދެކޮޅަށް އުދުވާން ރޭވުމުގެ ތުޙުމަތު ގައެވެ. އެހެންނަމަވެސް އެ ޕާރޓީންނާއި އަދި އިމްރާންގެ އަމިއްލަ ހައިސިއްޔަތުންވެސް  ފުލުހުންގެ އެވާހަކަތައް ދޮގުކުރެއެވެ. އަދި ޝަހްބާޒް ހައްޔަރުކުރުން ކުށްވެރި ކުރިއެވެ.  އިމްރާންގެ ޕާރޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެއީ ހައްޔަރުކުރުމެއް ނޫންކަމަށާއި ވަގަށްނެގުމެއް ކަމުގައެވެ. އަދި އެއްވެސް ގައުމެއްގެ ޑިމޮކްރެސީގައި ސިޔާސީ ގޮތުން […]

ސްރީލަންކާއަށްދިމާވި ޙާލަތުން ދިވެހިން ލިބިގަންނަންޖެހޭ ދަރުސްތައް 

މި ލިއުމުގެ ބޭނުމަކީ އެއްވެސް މިންވަރަކަށް ސްރީލަންކާގެ ދާޚިލީ އަދި ޚާރިޖީ ސިޔާސަތާ ބެހޭ ގޮތުން ޚިޔާލު ފާޅުކުރުމެއް ނޫނެވެ. ހަމައެފަދައިން އެގަމުގައި ހިނގަމުންދާ ކަންތަކަށް ފާޑުކިއުމެއްވެސް ނޫނެވެ.                                           ސްރީލަންކާއަކީ އަޅުގަނޑުމެންގެ އެންމެ އަވަށްޓެރި އެއްގައުމެވެ. ކެއިންބުއިމާއި އާދަކާދައިގެ ގޮތުންވެސް ވަރަށް އެއްގޮތް ސިފަތަކެއް ދެ ގައުމުގެ […]

ޗައިނާގެ އިންޒާރު އެމެރިކާއަށް 

އޭޝިޔާ-ޕެސިފިކް ސަރަހައްދުގައި ދެކޮޅުވެރިކަން އުފައްދަން ނޫޅުމަށް ޗައިނާއިން އެމެރިކާއަށް އިންޒާރު ދީފިއެވެ. އިންޑޯ ފެސިފިކް ސަރަހައްދަކީ ބައިބައި ކޮށްލާފައި އޮތް ތަނަކަށް ހަދައި މިހާރުވެސް ޗައިނާއާއި އެމެރިކާގެ ރެނދުއަޅާފައިވާ ގުޅުންތައް އިތުރަށް ގޯސްކުރަން ނޫޅުމަށް ޗައިނާއިން އެމެރިކާއަށް އިންޒާރު ދީފިއެވެ. ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ މި އިންޒާރު ދެއްވާފައިވަނީ ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކަށް ކުރެއްވި އެގާރަދުވަހުގެ ދަތުރު ނިންމާލެއްވުމުގައި އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން އާއި އެކު ބޭއްވި ފަސްގަޑިއިރުގެ ބައްދަލުވުމުގައެވެ.މިނިސްޓަރ އިތުރަށް އިންޒާރު ދެއްވިގޮތުގައި “ ކަލޭމެނަށް ކާމިޔާބެއް ނުލިބޭނެޔޭ މޮޅުވާނީ އަހަރެމެންނޭ […]