އިސްރާއީލުން އީރާނަށް ވަރުގަދަ ޙަމަލާދިނުމަށް ދަނީ ތައްޔާރުވަމުން
މިހާރު ވަޒީފާއިން ވަކިވެގެންދާ އިސްރާއީލުގެ ދިފާއީ ވަޒީރަށް ޙަވާލާދީ ބްލޫމްބާރގުން ޚަބަރުދޭ ގޮތުގައި އީރާނުގެ ނިއުކްލިއަރ ސަރަޙައްދުތަކަށް ޙަމަލާދިނުމުގެ ތައްޔާރީތައް އިސްރާއީލުގައި ވަރުގަދަ ކުރަމުން އެބަ ދެއެވެ. އެއަރފޯސްގެ ގްރޭޖުއޭޝަން ޙަފްލާއެއްގައި ވާހަކަ ދައްކަމުން ކުރީގެ ދިފާއީ ވަޒީރު ގާންޒް ބުނެފައިވަނީ އެ ޙަމަލާގައި ބައިވެރިވުމަށް ތިޔަ ޕައިލެޓުންނަށް ގޮވާނެކަމަށެވެ. އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ޙަމަލާ ދިނުމުގެ ދަތުރުގައި ކުރިއަށް އޮތް ދެތިން އަހަރު ތެރޭގައި ތިޔަބައިމީހުން ޖައްވުތެރޭން އިރުމައްޗަށް ހުރަސްކުރަން ޖެހޭނެއެވެ. އަހަރެމެން މިގެންދަނީ އެކަންތައް ވަރުގަދައަކަށް ރާވައި ތައްޔާރު ވަމުންނެވެ. […]
އުތުރު ކެލިފޯރނިޔާގެ އައްސޭރިފަށަށް ބިންހެލުމެއް އަތުވެއްޖެ
އެމެރިކާގެ ހުޅަނގު އައްސޭރިފަށަށް ބިރުވެރި ބިންހެލުމެއްގެ އަތުވެދާނެކަމުގެ އިންޒާރު ސައިންސްވެރިން މީގެ ދެދުވަހެއްކުރިން ދީފައިވަނިކޮށް ރޭގެ ވަގުތެއްގައި 6.4 މެގްނެޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެއެވެ. މިހާތަނަށް އެނގިފައިވާ ގޮތުގައި މި ބިންހެލުމާއި ގުޅިގެން ދެމީހަކު މަރުވެ ބާރަވަރަކަށް މީހުންނަށް ވަނީ އަނިޔާވެފައެވެ. މިއީ ފަހަކަށްއައިސް މި ސަރަޙައްދަށް އައި އެންމެ ބާރުގަދަ ބިންހެލުން ކަމުގައި ބުނެއެވެ. ސެންފްރާންސިސްކޯއިން 250 މޭލު އުތުރުގައި އޮންނަ ހަމްބޯލްޓް ކައުންޓީ ސަރަޙައްދުގައި އެތައްހާސް ގެއަކުންނާއި ވިޔަފާރި މަރުކަޒުން ކަރަންޓު ކެނޑިފާވެއެވެ. އަދި ގިނަ […]
ވަގުތު ކުޑަތަންވެއްޖެހެން ހީވާންފަށައިފި
ސުރުޚީއަކީ އަޅުގަނޑުގެ ބަހެއް ނޫނެވެ. އެއީ ސައިންސުވެރިންގެ ކަންބޮޑުވުމެކެވެ. ވަކިންޚާއްސަކޮށް ބިންހެލުންތަކާބެހޭ ތަޖްރިބާކާރު އިންޖިނޭރު ކީތު ޕޯރޓަރގެ ކަންބޮޑުވުމެކެވެ. އޭނާގެ ތަޖްރިބާގައި މުށިކުލައިގެ ޕެލިކަން ސެންފްރާނސިސްކޯ ކަނޑުއޮޅީގެ ތެރޭގައި މާގިނައިން އުދުހެންފަށައިފިނަމަ އެއީ އެމެރިކާގެ ހުޅަނގު އައްސޭރިފަށަށް ވަރަށް ނުރައްކާތެރި ބިންހެލުމެއްގެ ކައިރިވެއްޖެކަމުގެ އިންޒާރެކެވެ. އެއީ މިއަދު ނުވަތަ މާދަމާކަމަށްވެސް ވެދާނެއެވެ. އެހާ ކައިރި ވެއްޖެކަމަށް ބަލާށެވެ. ސައިންސްވެރިންގެ އިންޒާރުގައި ބުނެފައިވަނީ އެ ބިންހެލުން އެތައްސަތޭކަ އެޓޮމިކްބޮން ގޮއްވާލުމާ އެއްފަދަވާނެ ކަމަށެވެ. ބިންހެލުމުގައި އެންމެފުރަތަމަ ކުރިމަތިލާން ޖެހޭނެ ނުރައްކަލަކީ ކަރަންޓު ކެނޑެންދިއުމުން އެތައްބަޔަކު ލިފްޓުތަކުގައްޔާއި އަދިރިކަމުގެ ތެރޭގައި […]
ޙަކީމް ވޯލްޑްކަޕް ކުޅެގެން ލިބުނު ފައިސާ ފަގީރުންނަށް ސަދަގާތް
މަޣްރިބް ކަރައިގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ހަކީމް ޒިޔެޝް އަށް މިއަހަރު ވޯލްޑްކަޕް ގައި ކުޅެގެން ލިބުނު ގާތްގަނޑަކަށް ތިންލައްކަ އެމެރިކާ ޑޮލަރު މަޣްރިބް ކަރައިގެ ފަގީރުންނަށް ސަދަގާތެއްގެ ގޮތުގައި ހަދިޔާ ކޮށްފިއެވެ. އަދި އެއީ އޭނާގެ ހިތް އެދޭގޮތަށް އޭނާގެ ލޮލާ ބޮލުން ނިންމި ނިންމުމެއް ކަމަށާއި މަޣްރިބް ކަރައިގެ ނަމުގައި ފައިސާއަށް އޭނާ ފުޓްބޯޅަ ނުކުޅޭނެ ކަމަށް ޙަކީމް ޒިޔެޝް މީޑިއާއަށް ހާމަކުރިއެވެ. މީޑިއާއަށް ހާމަވެފައިވާ ގޮތުގައި 2015 ގައި ގައުމީ ޓީމަށް ގުޅުނު ޙަކީމަށް މިހާތަނަށް ބޯނަސްގެ ގޮތުގައި […]
އިތުބާރުގެ ވޯޓަށް އަންވަރު އިބްރާހިމް ތައްޔާރު
ޖެހިގެން އަންނަ ހަފްތާގައި މެލޭޝިޔާގެ ބޮޑުވަޒީރު ދާތޯ ސްރީ އަންވަރ އިބްރާހީމްގެ އިތުބާރު އޮތް މިންވަރު ބެލުމަށް ވޯޓު ނެގުން ތާވަލް ކުރެވިފައިވަނިކޮށް މެލޭޝިޔާގެ ކުދި ސިޔާސީ ޕާރޓީތަކާއި އެކުވެސް މިދިޔަ ހުކުރުދުވަހު ގައުމުގެ އެއްބައި ވަންތަކަން ދެމެހެއްޓުމަށްޓަކައި އަޙުދުނާމާއެއްގައި ސޮއި ކުރައްވައިފިއެވެ. އަންވަރު ވިދާޅުވީ ޕާލަމެންޓުގައި އަހަރެންގެ އިތުބާރު އޮތް މިންވަރު ހާމަކޮށްދިނުމަށާއި މުޙުޔިއްދީނުގެ ޝައްކުތައް ފިލުވާ ދިނުމަށްޓަކައި ޖެހިގެން އަންނަ ހަފްތާގެ ހޯމަ ދުވަހު ޕާލަމެންޓުގައި ވޯޓުނެގުން ބާއްވާދެއްވާނޭ ކަމަށެވެ. […]
ގެއްލުމުގެ ބަދަލު ހޯދަން ޔޫކްރެއިނުން އދ. އަށް
ރަޝިޔާއިން އަތުލާފައިވާ ކްރީމިއާގައި ރަޝިޔާއިން އަރާގަތުމުގައި ދީފައިވާ ގެއްލުންތަކަށް ބަދަލު ހޯދުމުގެ މަގްސަދުގައި އދ. ގެ އާންމު މަޖިލީހަށް ޔުކްރެއިނުން މިދިޔަ ނޮވެމްބަރު މަހު 50 ގައުމެއްގެ ތާއީދާއެކު ހުށައެޅި ގަރާރު އދ. އިން 82 މެމްބަރުންގެ އަޣްލަބިއްޔަތއިާއެކު އިއްޔެ ފާސްކޮށްފިއެވެ. އެހެންނަމަވެސް މިފަހަރުގެ ވޯޓުގައި 14 ގައުމަކުން އިދިކޮޅަށް ވޯޓު ދިނުމާއި އިތުރު 80 ގައުމަކުން އަނގަ ބަންދު ކޮށްގެން ތިބުން އިޚްތިޔާރުކުރިއެވެ. އިދިކޮޅަށް ވޯޓުދިން ގައުމުތަކުގެ ތެރޭގައި ރަޝިޔާގެ އިތުރުން ބެލަރޫސްއާއި ޗައިނާ ކިއުބާއާއި ޑިމޮކްރެޓިކް ޕީޕަލްސް ރިޕަބްލިކް އޮފް ކޮރެޔާ އެރިޓްރިއާއާއި އިތިއޯޕިޔާ އީރާނާއި […]
ބާރުގަދަ ތޫފާނެއްގެ ގަދަ ވަޔާ ވިއްސާރަ ސްރީލަންކާއަށް
ސްރީލަންކާ ސަރަޙައްދުގައި މޫސުން ގޯސްވުމުގެ ސަބަބުން ނުރައްކާ މިންވަރަކަށް ވައި ނުސާފުވުމާއި ގުޅިގެން މިއަދު ސްކޫލްތައް ބަންދުކޮށްފިއެވެ. ބަންގާޅު ކަނޑުގައި އުފެދިފައިވާ ބާރުގަދަ ތޫފާނުގެ ގަދަ ވަޔާއި ވިއްސާރައާއި ކުރިމަތިލާން ޖެހިފައިވަނިކޮށް އަމިއްލަ ގައުމާއި އަދި އަވަށްޓެރި އިންޑިއާ އިން ޖައްވަށް ފޮނުވަމުން ގެންދާ ވިހަ ގޭސް ތަކުގެ ސަބަބުން މިޙާލަތު ދަނީ އިތުރަށް ނުރައްކާތެރި ވަމުން ކަމުގައި ސްރީލަންކާގެ އޮފިޝަލުން ހާމަކުރެއެވެ. ކޮޅުބާއި އެހެނިހެން ހިސާބުތަކުގައިވެސް ވަނީ ނުރައްކާތެރި މިންވަރަކަށް ދުން ބޯވެޖައްވު ނުރައްކާތެރި މިންވަރަކަށް ގޮއްސައެވެ. ސްރީލަންކާގެ ޑިރެކްޓަރ ޖެނެރަލް […]
މެލޭޝިޔާ އާ ސަރުކާރެއްގެ އިންތިޒާރުގައި
އިސްލާމީ ފިކުރުގެ ބައިވެރިން އެއްފަރާތަށް އަރާލުމުން މެލޭޝިޔާގެ ކުރީސަފުން ފެންނަ ސިޔާސީ ޕާރޓީތަކުން ސަރުކާރެއް އުފެއްދުމަށް ބޭނުންވާ ވަރަށް އިއްޔެބޭއްވުނު އިންތިޚާބުގައި ޕާރލަމެންޓުގެ ގޮނޑި ކާމިޔާބެއް އެއްވެސް ޕާޓީއަކަށް ކާމިޔާބެއް ނުކުރެވުނެވެ. މިގޮތަށް ދިމާވުމުން މިހާރު މެލޭޝިޔާއަށް ކުރިމަތިވެފައިވާ ބުރަހެލި އިގްތިސާދާއި ތަކެތީގެ އަގު އުފުލުމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް މެދުވެރިވެފައިވާ ނިކަމެތިކަމާއި ބައިބައިވުމަށް ނިމުމެއް އަތުވެދާނެކަކަށް ނުބެލެވެއެވެ. […]
މެލޭޝިޔާގެ ޢާންމު އިންތިޚާބު މިފަހަރު އަންވަރުތަ؟
މާދަމާ (19 ނޮވެމްބަރ) މެލޭޝިޔާގައި ބޭއްވޭ ފެޑެރަލް އިންތިޚާބުގައި އިދިކޮޅު ލީޑަރު ދަތޯ ސްރީ އަންވަރު އިބްރާހިމްގެ ޕަކަތާން ހަރްޕަން އަށް ބޮޑު ކާމިޔާބީއެއް ލިބިދާނެކަމަށް އަންދަޒާކުރެވެން ފަށައިފިއެވެ. ރައްޔިތުންގެ ވިސްނުންހުރިގޮތެއް ބެލުމަށް އެންމެފަހުން ނެގުނު އޮޕީނިއަން ވޯޓުގައި ޕީ. އެޗް. (ޕަކަތާން ޙަރަޕަން) އިން ވަނީ 35 އިންސައްތަވޯޓު ކާމިޔާބު ކުރާނެކަމަށް ދައްކައެވެ. އެއަށްފަހު އެންމެ މަގްބޫލުކަން ލިބިފައިއޮތީ ކުރީގެ ބޮޑުވަޒީރު މުހުޔިއްދީން ޔާސީންގެ ޕަކަތާން ނާސިއޯނަލް (ޕަކަތާން ނޭޝަނަލް) އަށެވެ. އެއީ 20 އިން ސައްތައެވެ. މިހާރުގެ ބަރިސާން ނާސިއޯނަލް އަށް ލިބޭނީ 17 އިންސައްތަ ކަމަށްވެސް ބެލެވެއެވެ. ރައްޔިތުންގެ ވިސްނުން ހުރިގޮތް […]
ދެވަނަ ބޮޑުހަނގުރާމައިގެ ފުރޭތަ ފެންމަތިވެއްޖެ
ދެވަނަ ބޮޑުހަނގުރާމައިގާ ފުރޭތައިގެ ނަންދެވުނު (ދަ ގޯސްޓް) ބޯޓު ކެލިފޯނިޔާގެ ޝަސްތުރާ ކޯރުން ފެންމަތި ވުމުން ސިޔާސީ ބޭފުޅުންނަށްވެސް ޖަވާބު ދޭން ނޭންގޭ ބޮޑެތި ސުވާލު ތަކެއް އުފެދިއްޖެއެވެ. އަދި ކެލިފޯނިޔާ ސަރަޙައްދަށް މެދުވެރިވަމުންމިދާ ހަނަފަސްކަމުގައި އިތުރު ޙައިރާންކަމެއް ގެނުވައިފިއެވެ. ދެވަނަބޮޑު ހަނގުރާމައިގެ ދުވަސްވަރު ހަނގުރާމައިގެ މައިދާނުގައި ޔޫ. އެސް. އެސް. މޮންރޯވިއާއަށް ސިފައިން އުފަލަން ބޭނުންކުރި ފުރޭތައިގެ ނަމުން ނަންދެވުނު ހިގިންސް ބޯޓުގެ ދަބަރު ޖަހާފައިވާ އޮނިގަނޑު މި ދައްކާލީ އެކޯރުގެ […]