އެޓޮމިކް އޭޖެންސީގެ އިންސްޕެކްޓަރުންގެ ކުރިމައްޗަށް ވަރުގަދަ ފާރެއް
އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ބަލާ ފާސްކުރަން ހަވާލުކޮށްފައިވާ ޔުނައިޓެޑް ނޭޝަންންސްގެ އެޓޮމިކް އެނަރޖީ އޭޖެންސީގެ އިންސްޕެކްޓަރުންގެ ކުރިމައްޗަށް ވަރުގަދަ ފާރެއް ހުރަސްކުރުމަށްފަހު އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ކުރިޔަށް ގެންގޮސް އެންމެ މަދުވެގެން 3 ނިއުކްލިއަރ ބޮން އުފެއްދޭވަރަށް ޔުރޭނިއަމް ފައްކާ ކޮށްފިކަމަށް އެޓޮމިކް އެނަރޖީ އޭޖެންސީގެ ރިޕޯރޓުގައި ފާހަގަ ކޮށްފައިވާކަމަށް ވިއެނާއިން ޚަބަރުދީފިއެވެ. ރޮއިޓާރސް އިން ބުނިގޮތުގައި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގައި ފަހަތަށް ދިއުމަށް ހުޅަނގުގެ ގައުމުތަކާއި އެޓޮމިކް އެނަރޖީ އޭޖެންސީން ތަކްރާރުކޮށްއަންގަމުން ދާއިރުވެސް އެއަޑު ނީވޭކަމަށް ހަދާފައި އެ ޕްރޮގްރާމައިގެން ކުރިއަށްގޮސް ނިއުކްލިއަރ ބޮން އުފެއްދޭ މިންވަރަށް ތަރައްގީކުރުމުން ހުޅަނގުގެ ގައުމުތަކަށް ބޮޑުވެގެންވާ […]
ގައްޒާގެ ގަތުލުއާންމުގައި ބައިވެރިވެފައިވާތީ ރައީސް ބައިޑަން ޝަރީއަތުގެ ކުރިމައްޗަށް
ފަލަސްތީނުގެ ގައްޒާގައި އިސްރާއީލުން ހިންގަމުންގެންދާ ގަތުލު އާންމުގައި ބައިވެރިވަމުން ގެންދާތީ އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ދިފާއީ ވަޒީރު ލޯއިޑް އައިސްޓަން އަދި ޚާރިޖީ ވަޒީރު ބްލިންކަން ޝަރީޢަތުގެ ކުރިމައްޗަށް ޙާޒިރުކުރުމަށް ނިންމައިފިއެވެ. އަލްޖަޒީރާގެ ޚަބަރުގައި ބުނެފައިވަނީ އިސްރާއީލުން ގައްޒާގައި ހިންގަމުން ގެންދާ ގަތުލުއާންމު މަސްދުވަހަށް ވުރެން ދިގުލާ ދާއިރުވެސް […]
ބައެއް އިސްލާމީ ގައުމުތަކަށް އިސްރާއީލުގެ ޔަހޫދީން ދަތުރުކުރުން މަނާކޮށްފި
އަލްޖަޒީރާއިން ޚަބަރު ދީފައިވާގޮތުގައި އިސްލާއީލުން ފަލަސްތީނަށްކެނޑިނޭޅި ބޮން އަޅަމުން ގެންދާ މި ދަނޑިވަޅުގައި އެގައުމުގެ ރައްޔިތުން މިސްރާއި ޖޯރޑްންގައި ނުތިބެ ވީހާވެސް އަވަހަކަށް އެ ދެގައުމުން ފޭބުމަށް އިސްރާއީލުގެ ގައުމީ ސަލާމަތާ ބެހޭ ކައުންސިލުން އަންގައިފިއެވެ. އަދި އެ ސަރަހައްދުގެ އެހެން ގައުމަކަށްވެސްނުދިއުމަށް އެ އަމުރުގައި ވެއެވެ. މިސްރާއި ޖޯރޑްން ވަނީ މިހާރު އިސްރާއީލުގެ ރައްޔިތުންނަށް ނުރައްކާތެރި ގައުމުތަކުގެ ލެވެލް 4 ގައި ހިމަނާފައެވެ. މި އަމުރާއިގުޅިގެން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ތުރުކީގައިތިބި އިސްރާއީލުންގެ ސިޔާސީ ބޭފުޅުންވެސް މިހާރު ވަނީ […]
ބައިނަލް އަގްވާމީ ގާނޫނުތަކަށް ބޯލަނބަން އީ.ޔޫ.އިން ގޮވާލައިފި
ފަލަސްތީނާއި އާއި އިސްރާއީލާ ދެމެދު ކުރެވެމުންދާ ހަނގުރާމައިގެ މިދަނޑިވަޅުގައި ޔޫރަޕިއަން ކޮމިޝަންގެ ރައީސާ މިސިޒް އުރްސުލާ ވާން ޑަރ ލޭޔަން އިސްރާއީލަށް ވަޑައިގެންފިއެވެ. އަދި ގާޒާގެ ރައްޔިތުންނަށް އަމާޒުކޮށްގެން އިސްރާއީލުން ދެމުންގެންދާ ޙަމަލާތަކުގައި ބައިނަލް އަގްވާމީ ގާނޫނުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް އިސްރާއީލަށް އަންގާފައިނުވާތީ އެ ކޮމިޝަންގެ ތެރޭގައި ނުތަނަވަސްކަން އުފެދިއްޖެއެވެ. އިސްރާއީލުން ބައިނަލް އަގްވާމީ ގާނުނުތަކަށް ތަބާވުމަށް އެކޮމިޝަނުންތަކުރާރުކޮށް ގޮވާލާތާ ކިތަންމެ ޒަމާނެކެވެ. އިސްރާއީލުު ފަލަސްތީނު ބިމުގައި އުފެއްދި އިނގިރޭސި ވިލާތާއި އެކު ހަތާވީސް ގައުމު ހިމެނޭ ޔޫރަޕިއަން ޔުނިއަނުން ބުނެފައިވަނީ އިސްރާއީލަށް ލިބިފައިވާ ދިފާޢު ވުމުގެ ޙައްގަކީ އިންސާނިއްޔަތާ ބެހޭ […]
އިސްރާއީލާ ތޮޅެން ނިކުމެއްޖެނަމަ ދެން ކަންތައް ކުރާނެގޮތް އެނގޭނީ އަހަރެންނަށް – ބައިޑަން
ބެއިރޫތުން އެސޯޝިއޭޓެޑް ޕްރެސް އިން ރިޕޯރޓްކޮށްފައިވާ އީރާނުގެ ޚާރިޖީ ވަޒީރު ހުސައިން އަމީރު ޢަބްދުއްލާ އަން ލެބަނަންގެ ޚާރިޖީ ވަޒީރާ ބައްދަލު ކުރެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލ ުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އިސްރާއީލުން ގާޒާއަށް ދެމުންގެންދާ ޙަމަލާތައް ވަގުތުން ހުއްޓާ ނުލައިފިނަމަހަނގުރާމަ މެދުއިރުމަތީގެ އެހެން ދިމަދިމާލަށް ފެތުރިގެން ހިނގައިދާނެ ކަމަށް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިވަގުތު އުޅުއްވަނީ ބަޣްދާދަށާއި ބެއިރޫތު އަދި ދިމިޝްގަޢް ކުރައްވާދަތުރުފުޅެއް ގައެވެ. ބެއިރޫތުގައި ވަގުތީ ބޮޑުވަޒީރު ނަޖީބު މިކާތީ އާއި ޕާރލަމެންޓުގެ ރައީސް އަދި ހިޒްބު ﷲ ގެ ލީޑަރ ޙަސަން ނަސްރު ﷲ އާއި ވެސް އެމަނިކުފާނު ވަނީ ބައްދަލު ކުރައްވާފައެވެ. […]
ރަޝިޔާގެ ގްލައިޑް ބޮމުގެ ހަމަލާތަކެއްގައި ޔޫކްރެއިން ގުޑުވާލައިފި
ޔޫކްރެއިންގެ މިލިޓްރީންނާއި އަދި އާންމުން ދިރިއުޅޭ އެއް ސަރަޙައްދަކަށް ރަޝިޔާއިން ބާރުގަދަ ގްލައިޑް ބޮމުގެ 40 ޙަމަލާ ދީ އެ ސަރަޙައްދު ގުޑުވާލަފިކަމަށް މިލިޓްރީ ތަޖްރިބާކާރުން މީޑިއާތަކަށް ހާމަކޮށްފިއެވެ. އެމެރިކާގެ ފޯރބްސް މަޖައްލާއިން ބުނެފައިވާ ގޮތުގައި އޭގެ ކޮންމެ ބޮމެއްގެ ބަރުދަން 3300 ރާތަލާ ގާތްކުރާނެއެވެ. ފާއިތުވެގެން މިދާ ދެތިން މަސްދުވަހުގެ ތެރޭގައި ރަޝިޔާއިން ދެމުންގެންދާ މިފަދަ ޙަމަލާތައްވެސް ވަނީ އިތުރު ކޮށްފައެވެ. އަދި މި ޙަމަލާތަކުގައި ގްލައިޑް ބޮމް ބޭނުންކުރުންވެސް ވަނީ އިތުރުކޮށްފައެވެ. ދަ ޓެލެގްރާފުން ހާމަކޮށްފައިވާ ގޮތުގައި 45 މޭލުގެ ސަރަޙައްދެއްގައި ކަނޑައެޅޭ ވަކި އަމާޒަކަށް މިބާވަތުގެ ބޮން ފޮނުވާލެވޭނެއެވެ. އަދި އޭގެ […]
ގެނބެމުންދާ މީހާގެ އަތްދަށު ނުވާށެވެ – ޕޯލޭންޑުގެ ރައީސް
ޔުނައިޓެޑް ނޭޝަންސްގެ އާންމު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ޔޫކްރެއިނަކީ ގެނބެމުންދާ މީހެއްކަމަށް ސިފަކުރައްވައި އޭނާގެ އަތުގައި ޖެހޭ މީހާވެސް ގަންބާލާނެކަން ދެނެތިބުމަށް ޕޯލޭންޑުގެ ރައީސް ޑޫޑާ އެޖަލްސާގެ ބައިވެރީންނަށް އިންޒާރު ދެއްވައިފިއެވެ. ރައީސް ޑޫޑާގެ ވާހަކަފުޅުގައި ވިދާޅުވީ “ ޔޫކްރެއިނުން ކަންތައް އެކުރަނީ ގެނބެމުންދާ މީހަކު ކަންތައް ކުރާނެ ގޮތަށެވެ. އަތުގާ ޖެހުނު ކޮންމެ އެއްޗެއްގައި ހިފޭއްޓޭތޯ ބަލާނެއެވެ. ގެނބެމުންދާ މީހަކީ ވަރަށް ނުރައްކާތެރި މީހެކެވެ. އޭނާ ސަލާމަތްކުރަން ދާމީހާވެސް އޭނާއާއި އެކުގައި ގަންބާލާނެއެވެ.“ […]
ގުދުރަތީ ކާރިސާއެއް މެދުވެރިވުމުން އިންސާނުންގެ ނުކުޅެދުންތެރިކަން
ދުނިޔޭގެ ކަންކޮޅުތަކަށް މުދާއުފުލުމަށް ބޭނުންކުރާ ގިނައަދަދެއްގެ ބޯޓުފަހަރުގެ ދަތުރުތަކަށް ހުއްޓުން އަރައިފިއެވެ. ސަބަބކީ ކޮބައިތޯ ވިސްނާ ފިކުރުކުރާ ބަޔަކު ހަދާނެގޮތް ހުސްވެދާނެއެވެ. ޕެސިފިކް ކަނޑުގައި އޮތް ތަނަކާއި މެޑިޓެރޭނިއަން ކަނޑުގައި އޮތް ތަނަކުން ދަތުރުނުކުރެވޭ ގޮތް މެދުވެރިވުމުން މުޅިދުނިޔޭގެ އިގްތިސާދު މިއޮތީ ގޮތްނޭންގޭ ފައްތަރެއްގެ މައްޗަށް ވެއްޓިފައެވެ. ނިއުކްލިއަރ ހަތިޔާރު ހުއްޓަސް މިކަން ޙައްލުކުރަން ކުރެވޭނެ ގޮތެއްނެތެވެ. ބަނޑުހައިހޫނުކަން ފިލުވުމަށްޓަކައި އާގުބޯޓުފަހަރު ދުއްވަން އެބަ ޖެހެއެވެ. ދުއްވޭނެ މަގު ފަހިކޮށްފާ އޮންނަން ޖެހެއެވެ. އެކަމަކު މިފެންނަނީ ގުދުރަތުގެ ނިޔާއިން މެދުވެރިވާ ކުޑަކުޑަ ކާރިސާއެއްގެ ކުރިމަތީގައިވެސް އިންސާނުންގެ ނުކުޅެދުންކަން ހުރި […]
ކީރިތި ގުރުއާނުގެ އަޖައިބުތަކުގެ ތެރެއިން
ސަންދާނުގެ ކިއުންތެރިންނާ ހަމަޔަށް މި ލިއުން ގެނެސްދިނުމުގެ ކުރިން ޢަރަބި ބަހާއި ކީރިތި ގުރުއާނުގެ އިލްމާއި އަދި އިސްލާމީ ތަޢުލީމުގައި އަޅުގަނޑު އެންމެފުރިހަމަ ނޫންކަމަށް އިއްތިރާފް ވަމެވެ. ހަމައެއާއިއެކު ޢިލްމުގެ އަހުލުވެރިން ހާމަކުރައްވަމުންގެންދަވާ މަޢުލޫމާތު ތަކުން އެނގި އޮޅުންފިލާ ކިތަންމެ ކުޑަ މިންވަރެއް ނަމަވެސް ހާމަކުރުމަކީ އިސްލާމްދީން ބާރުއަޅާ ކަމެއް ކަމުގައިދަންނަ ބޭކަލުންގެ ވިދާޅުވުން ވަރަށް ގިނައިން އަޑުއަހަމެވެ. މި ސަބަބަށްޓަކައި އަޅުގަނޑު ދެކެނީ އެމީހަކަށް އެނގިހުރި އެއްޗެއް އެނގިހުރި މިންވަރަކަށް ހާމަކުރުމަކީ ތިމާއަކީ މާމޮޅު މީހެއްކަމުގައި ދުށުމެއްނޫނެވެ. އަޅުގަނޑުގެ އާދޭހަކީ މިލިއުމުގައި ކުށް މަޢުލޫމާތެއް ހާމަކުރެވިފައި ވާނަމަ އެނގިވަޑައިގަންނަވާ ބޭފުޅަކު […]
އަނެއްކާވެސް ކާރގޯ ބޯޓުފަހަރަށް ރިޔަލުގެ ޒަމާން
ޖައްވުތެރެއަށް ފޮނުވާ ވިހަ ގޭސް ތައް މަދުކުރުމުގެ ބޭނުމުގައި ސައިންސާއި ޓެކްނޯލޮޖީ ބޭނުންކޮށްގެން އަނެއްކާވެސް ރިޔަލުގެ ޒަމާން އަތުވެއްޖެއެވެ. މިފަހަރު މަސްދޯނި ދޯނިފަހަރުގައި އެކަންޏެއް ނޫނެވެ. އިންޖީނާއިއެކު ރިޔަލުގެ ބޭނުންވެސް ކޮށްގެން ދުއްވާގޮތަށް އިނގިރޭސި ވިލާތުގެ ބާރ ޓެކްނޯލޮޖީސް އިން އީޖާދުކުރި ނިޒާމް ގާއިމްކުރި ފުރަތަމަ ކާރގޯ ޝިޕް “ ޕިކްސިސް އޯޝަން “ ގެ ފުރަތަމަ ދަތުރު އިނގިރޭސި ވިލާތުގެ ކާރގިލްސް އިން މިހާރު ވަނީ ޗާރޓަރު ކޮށްފައެވެ. މިއީ ނުވަދިހަ ދެހާސްޓަނުގެ ބަލްކް ކެރިއަރެކެވެ. ދިގުމިނުގައި 229 މީޓަރ އަދި ފުޅާ މިނުގައި 32 މީޓަރު ހުންނަ މި […]