ޔަމަނުގައި އީރާނުގެ ރިވޮލިއުޝަނަރީ ގާރޑުން
މެދު އިރުމަތީގައި ޙަރަކާތްތެރި ވަމުން ގެންދާ އެމެރިކާއާއި އެމެރިކާއަށް ތާއީދުކުރަމުން ގެންދާ އޮފިޝަލުން ސެމާފޯރއަށް މައުލޫމާތު ދީފައިވާގޮތުގައި އީރާނުގެއިސްލާމިކް ރިވޮލިއުޝަނީ ގާރޑުންގެ ކޮމާންޑަރުންނާއި މުޝްތަޝާރުން ޔަމަނުގައި އެބަތިއްބެވެ. ޔަމަނުން ރެޑް ސީ ގައި ދަތުރުކުރަމުން ގެންދާ ބޯޓުފަހަރަށް ޙަމަލާތައް ދޭންވީ ގޮތުގެ ޖާސޫސީ މައުލޫމާތާއި އިރުޝާދާއި އަދި ތަމްރީނު ދެމުން އެބަގެންދާ ކަމަށް ބުނެފައު ވެއެވެ. އަދި އީރާނުގެ ގުދުސް ފޯސް އިން ޔަމަނަށް ޑްރޯނާއި ކުރޫޒް މިސައިލާއި އަދި މެދު ރާސްތާގެ ބެލިސްޓިކް މިސައިލްވެސް ފޯރުކޮށް ދެމުން ގެންދާކަން ވަނީ ތުޙުމަތު ކޮށްފައެވެ. މިދިޔަ ހޯމަދުވަހު އެމެރިކާގެ ޕެންޓަގަނުން ހާމަކޮށްފައިވާ ގޮތުގައި އެމެރިކާގެ ކޮންޓެއިނަރ އުފުލާ ބޯޓު ޖިބްރޯލްޓަރ އީގަލް އަށް ޔަމަނުންގެ ޙަމަލާއެއް […]
އެމެރިކާގެ މިލިޓްރީ ސިއްރުތަކެއް ފަނަރަހާސް ޑޮލަރަށް ވިއްކާލައިފި
އެމެރިކާ ކަނޑު ސިފައިންގެ ޕެޓީ އޮފިސަރަކު ޗައިނާއަށް ޖާސޫސް ކޮށްދިނުމުގެ ކުށުގައި 5500 އެމެރިކާ ޑޮލަރުން ޖުރިމަނާކޮށް 27 މަސްދުވަހުގެ މުއްދަތަށް ޖަލަށް ލައިފިއެވެ. އެމެރިކާގެ މިލިޓްރީ ތަމްރީނު ތަކަކާއި ރާޑަރ ބުލޫ ޕްރިންޓް ތަކެއް 26 އަހަރުގެ ވެންހެންގް ޒާއޯ ޗައިނާއަށް ވިއްކާލީ ފަނަރަހާސް އެމެރިކާ ޑޮލަރުގެ ރިޝްވަތެއް ނަގާފައި ކަމަށް ސަރުކާރުގެ ވަކީލުން ކޯޓުގައި ބުނެފައިވެއެވެ. ޒާއޯ ނުވަތަ ތޯމަސް މަސައްކަތްކުރަމުން ގެންދިޔައީ ކެލިފޯރނިޔާގެ ވެންޗޫރާ ކައުންޓީގެ ކުޑަ ބީޗް ސިޓީއެއްގައެވެ. ބިޒްނަސް އިންސައިޑަރސް އަށްވެސް ފެނިފައިވާ އެ […]
ދުނިޔޭގެ ސަމާލުކަން: ފަލަސްތީނު ހަނގުރާމައަށް އީރާނުގެ އަމާޒު ނިއުކްލިއަރ ހަތިޔާރަށް
އީރާނުގެ ބުޝައިރު ސަރަޙައްދުގެ ނިއުކްލިއަރ ޕަވަރ ޕްލާންޓަށް 2019 ވަނައަހަރުން ފެށިގެން ޔުނައިޓެޑް ނޭޝަންސްގެ ހަކަތައާބެހޭ އޭޖެންސީގެ ފާރަވެރިންނަށް ނުވަދެވޭގޮތަށް ވަނީ ބަންދުކޮށްފައެވެ. އޮކްޓޯބަރ މަހުގެ 7 ވަނަދުވަހު ފަލަސްތީނުގެ ޙަމާސް މުޖާހިދުން އިސްރާއީލަށް ދިން ކުއްލި ޙަމަލާއަކީ މަޝްހޫރު ހޮލޯކާސްޓްގެ ފަހުން އިސްރާއީލަށް ކުރިމަތިލާންޖެހުނު އެންމެ ނުރައްކާތެރި ޙާލަތެވެ. އީރާނުން ތަމްރީނުކޮށް އަދި ފައިސާގެ އެހީތައް ފޯރުކޮށްދެމުން ގެންދާ ކަމަށް ހުޅަނުގެ ގައުމުތަކުން ތުޙުމަތު ކުރަމުންދާ ޙަމާސްގެ ޖަމާޢަތުގެ ޙަމަލާތަކާއިގުޅިގެން މުޅިދުނިޔޭގެ ސަމާލުކަން އެ ހަނގުރާމައަށް ދަމާގެންފައިވާ އިރު ފުރުސަތުގެ ބޭނުން ކޮށްގެން އީރާނުން ގެންދަނީ އެގަމުގެ ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ މަޝްރޫޢު އެންމެ […]
އެޓޮމިކް އޭޖެންސީގެ އިންސްޕެކްޓަރުންގެ ކުރިމައްޗަށް ވަރުގަދަ ފާރެއް
އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ބަލާ ފާސްކުރަން ހަވާލުކޮށްފައިވާ ޔުނައިޓެޑް ނޭޝަންންސްގެ އެޓޮމިކް އެނަރޖީ އޭޖެންސީގެ އިންސްޕެކްޓަރުންގެ ކުރިމައްޗަށް ވަރުގަދަ ފާރެއް ހުރަސްކުރުމަށްފަހު އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ކުރިޔަށް ގެންގޮސް އެންމެ މަދުވެގެން 3 ނިއުކްލިއަރ ބޮން އުފެއްދޭވަރަށް ޔުރޭނިއަމް ފައްކާ ކޮށްފިކަމަށް އެޓޮމިކް އެނަރޖީ އޭޖެންސީގެ ރިޕޯރޓުގައި ފާހަގަ ކޮށްފައިވާކަމަށް ވިއެނާއިން ޚަބަރުދީފިއެވެ. ރޮއިޓާރސް އިން ބުނިގޮތުގައި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގައި ފަހަތަށް ދިއުމަށް ހުޅަނގުގެ ގައުމުތަކާއި އެޓޮމިކް އެނަރޖީ އޭޖެންސީން ތަކްރާރުކޮށްއަންގަމުން ދާއިރުވެސް އެއަޑު ނީވޭކަމަށް ހަދާފައި އެ ޕްރޮގްރާމައިގެން ކުރިއަށްގޮސް ނިއުކްލިއަރ ބޮން އުފެއްދޭ މިންވަރަށް ތަރައްގީކުރުމުން ހުޅަނގުގެ ގައުމުތަކަށް ބޮޑުވެގެންވާ […]
އެމެރިކާއާއި އީރާނުން ނުކިއްސަރު ފިޔަވަޅެއް އެޅިއްޖެނަމަ ނުރައްކަލުގެ ކޮޅެއްނެތް!
ފަލަސްތީނުގައި ހިނގަމުންދާ ހަނގުރާމަ މެދުއިރުމަތީގެ އެހެން ސަރަހައްދުތަކަށް ފެތުރިގެން ދިއުމަށް އެމެރިކާއިން އަދި އީރާނުންވެސް ބޭނުން ނުވާކަމަށް ދެ ގައުމުންވެސް ގެންދަނީ ބުނަމުންނެވެ. އެހެންނަމަވެސް އޮކްޓޯބަރ 7 ގައި ފަލަސްތީނުގެ ޙަމާސްއިން ޖަމާޢަތުން އިސްރާއީލަށް ދިން ކުއްލި ޙަމަލާއަށްފަހު އީރާނުގެ މަދަދު ލިބެމުންދާ ހަނގުރާމަވެރި ޖަމާއަތްތަކުން އިރާގާއި ސީރިޔާގައި ތިބި އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް ގިނަ ރޮކެޓް ޙަމަލާތަކެއް ދަނީ ދެމުންނެވެ. އަދި އެފަދަ ޙަމަލާތަކަށް މެދުކެނޑުމެއްވެސް ނާދެއެވެ. ހަމައެއާއެކު އެމެރިކާގެ ސިފައިންވެސް އަޅާނުލާ ތިބެނީއެއް ނޫނެވެ. ހަނގުރާމަވެރިންގެ ޙަމަލާތަކަށް އެމެރިކާ ސިފައިން ދިން ރައްދުގައި 15 މީހުން މަރާލެވިފައިވާ ކަމަށް ޕެންޓަގަނުން […]
ފަލަސްތީނުގެ ބިންތައް ފޭރިގަނެ ކޮންމުދުވަހަކު ހިންގަމުންދާ ގަތުލުއާންމު- 2
https://sandhaanu.today/34912/ އާއި ގުޅޭ….. އެ ދިގު މާޒީގައި ފަލަސްތީނުގެ ބިމުގައި އިންސާނުންގެ ލޭ އޮހޮރުވާފައެއްނެތެވެ. ފަހުގެ ތާރީޚުގައި އެންމެ ފުރަތަމަ އެބިމުގައި ލޭ އޮހޮރުވާފައިވަނީ ސޮލީބީން އެ ބިމަށް ވެރިވެ ގަތުމުގައެވެ. ނަސާރާ ސޮލީބީންގެ ވެރިކަމުގައި ފަލަސްތީނުގެ މުސްލިމުންނާއި އަދި ފަލަސްތީނުގެ އަހުލުވެރި ނަސާރާއިންނާ ދެކޮޅަށް ހުޅަނގުގެ ބާރުތަކުން ފަލަސްތީނުގެ ބިމާއި މަސްޖިދުލް އަގްސާއަކީ ނަސާރާއިންގެ ތަންތައް ކަމުގައި ހެދުމަށް ގިނަ ހަނގުރާމަތަކެއް ހިންގިއެވެ. އޭގެފަހުން 88 އަހަރު ވަންދެން ސޮލީބީ ނަސާރާއިންގެ ރަސްކަން އެބިމުގައި ދެމިއޮތެވެ. އެއަށްފަހު ސަލާޙުއްދީން […]
ފަލަސްތީނުގެ ބިންތައް ފޭރިގަނެ ކޮންމުދުވަހަކު ހިންގަމުންދާ ގަތުލުއާންމު-1
އަޅުގަނޑު ދުނިޔެއަށް އުފަންވެ ވާނުވާ އެނގޭ އުމުރަށް އައިއިރުވެސް ޔަހޫދީން ފަލަސްތީނުގެ ބިންތަކަށް ވެރިވެގެނެ ފަލަސްތީނުގެ ރައްޔިތުން މަރަމުން ހިތުހުރިގޮތެއް ހަދަމުން ގެންދާ ވާހަކަ އަޑުއަހަމެވެ. އޭރު އެކަންތައް ހިނގާގޮތަކާއި ފެންވަރެއް ނޭގެއެވެ. އެނގޭނެ ގޮތެއްވެސް ނެތެވެ. އެކަމަކު އުމުރުގެ ދުވަސްތައް ފާއިތުވެގެންދިޔަ ވަރަކަށް ފަލަސްތީނުގެ ރައްޔިތުންނަށް މެދުވެރިވެފައިވާ ނިކަމެތި ޙާލަތު ވިސްނެން ފަށައިފިއެވެ. 1973 ވަނަ އަހަރު އޮކްޓޯބަރ މަހުގެ 6 ން އެ މަހުގެ 25 ށް […]
އެލް. ޖީ. ބީ. ޓީ. އަކީ ހައްދުފަހަނަޅާފައިވާ ޖަމާއަތެއް – ރަޝިޔާ
އެލް. ޖީ. ބީ. ޓީ. ފާޙިޝް ޙަރަކާތަކީ ހައްދުފަނަޅާފައިވާ ޙަރަކާތެއްކަމަށާއި އެ ޙަރަކާތް ރަޝިޔާގެ ފަސްގަނޑުގައި މަނާކުރުމުގެ އަމުރު ނެރެދިނުން އެދި ރަޝިޔާގެ މިނިސްޓްރީ އޮފް ޖަސްޓިސްއިން އެގައުމުގެ ސުޕްރީމްކޯޓަށް އިއްޔެހުށައަޅައިފިއެވެ. ޖަސްޓިސް މިނިސްޓްރީއިން ސުޕްރީމްކޯޓުގައި ދަންނަވާފައިވަނީ އެލް. ޖީ. ބީ. ޓީ. ގެ ހައްދުފަހަނަޅާ ގޮސްފައިވާ ޙަރަކާތްތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ދީނީގޮތުން ނަފްރަތު އުފެއްދުމާއި އަދި އިޖްތިމާއީ އަދި ޢާއިލީ ގުޅުންތައް ނެތިގެންދާކަމަށެވެ. ބެރޯންއާއި އެހެނިހެން މީޑިއާތަކުން ބުނެފައިވާ ގޮތުގައި ސުޕްރީމްކޯޓުން އެލް. ޖީ. ބީ. ޓީ. ގެ ޙަރަކާތްތައް މަނާކޮށްފިނަމަ އެލް. ޖީ. ބީ. ޓީ އާއި އެލް. ޖީ. ބީ. ޓީ ( ޕްލަސް ) […]
ހަތަރު ދުވަހުގެ މުއްދަތަށް ހަމަލާތައް ހުއްޓާލަނީ
އިސްރާއީލާއާއި ފަލަސްތީނާ ދެމެދު ހިނގަމުންދާ ހަގުރާމަ ހުއްޓާލެވޭނެ މަގެއް ހޯދުމަށް ގަތަރުން މެދުވެރިއެއްގެ ބައި އަދާކުރި މަޝްވަރާތަކުގައި ވަގުތީގޮތުން 4 ދުވަހުގެ މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވިއްޖެކަމަށް އިސްރާއީލު ސަރުކާރުންނާއި ފަލަސްތީނުންް ކަށަވަރުކޮށް ދީފިކަމަށް އަލްޖަޒީރާއިން ބުނެފިއެވެ. މި އެއްބަސްވުމުގެ ދަށުން އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފާތިބިފަލަސްތީނުގެ 150 މީހުން (އަންހެނުންނާއި ކުޑަކުދިން) މިނިވަން ކުރެވޭނެ ކަމަށާއި ފަލަސްތީނުގެ ޙަމާސްއިން ހިފާއްޓާފައިތިބި މީހުންގެ ތެރެއިން 50 މީހުން (އަންހެނުންނާއި ކުޑަކުދިން) ދޫކޮށްލެވޭނެކަމަށް ވެއެވެ. މީގެ އިތުރުން ޙަމާސްއިން މިނިވަންކޮށްދޭ އިސްރާއީލުގެ ކޮންމެ 10 މީހަކަށް އެއްދުވަސް ހަނގުރާމަ ހުއްޓާލުންވެސް މި މަޝްވަރާތަކުގައި […]
އިސްރާއީލާ ތޮޅެން ނިކުމެއްޖެނަމަ ދެން ކަންތައް ކުރާނެގޮތް އެނގޭނީ އަހަރެންނަށް – ބައިޑަން
ބެއިރޫތުން އެސޯޝިއޭޓެޑް ޕްރެސް އިން ރިޕޯރޓްކޮށްފައިވާ އީރާނުގެ ޚާރިޖީ ވަޒީރު ހުސައިން އަމީރު ޢަބްދުއްލާ އަން ލެބަނަންގެ ޚާރިޖީ ވަޒީރާ ބައްދަލު ކުރެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލ ުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އިސްރާއީލުން ގާޒާއަށް ދެމުންގެންދާ ޙަމަލާތައް ވަގުތުން ހުއްޓާ ނުލައިފިނަމަހަނގުރާމަ މެދުއިރުމަތީގެ އެހެން ދިމަދިމާލަށް ފެތުރިގެން ހިނގައިދާނެ ކަމަށް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިވަގުތު އުޅުއްވަނީ ބަޣްދާދަށާއި ބެއިރޫތު އަދި ދިމިޝްގަޢް ކުރައްވާދަތުރުފުޅެއް ގައެވެ. ބެއިރޫތުގައި ވަގުތީ ބޮޑުވަޒީރު ނަޖީބު މިކާތީ އާއި ޕާރލަމެންޓުގެ ރައީސް އަދި ހިޒްބު ﷲ ގެ ލީޑަރ ޙަސަން ނަސްރު ﷲ އާއި ވެސް އެމަނިކުފާނު ވަނީ ބައްދަލު ކުރައްވާފައެވެ. […]