އިސްލާމީ ތާރީޚުގެ ތެރެއިން ސްޕޭން ފަތަޙަ ކުރެއްވުން:

711 ( އޭ.ޑީ. ) ގައި އޭރު އުތުރު އެފަރިކާގެ ގަވަރނަރަކަށް ހުންނެވި އިސްލާމުންގެ މަޝްހޫރު މިލިޓަރީ ކޮމާންޑަރ މޫސާ އިބްނު ނުސަޔިރުގެ ފަރާތުން ސްޕޭން ފަތަޙަ ކުރެއްވުމުގެ މަގްސަދުގައި އިސްލާމީ ލަޝްކަރެއް ފޮނުވިއެވެ. ތާރީޚުން އެނގޭގޮތުގައި އެ ލަޝްކަރުގައި 12 ހާހާއި 17 ހާހާއި ދެމެދުގެ އަދަދަކަށް ސިފައިން ހިމެނުނެއެވެ. ލަޝްކަރުގެ ވެރިއަކަށް ހަމަޖެއްސެވީ ތާރިގް އިބްނު ޒިޔާދެވެ. ދަތުރުގެ ވަކިހިސާބަކުން އަރާމުކޮށްލައި ނިދާލަން ގަސްދު ކުރެއްވިއެވެ. ބުނެވޭގޮތުގައި އޭރު އެ ލަޝްކަރު ދަތުރުކުރަމުން ދިޔައީ […]
މީޑިއާތަކުން ފެންނަ ލިއުންތައް ކިޔާފާ އަޅުގަނޑު ހިތަށްއަރަނީ…

މިފަހަކަށް މީޑިއާތަކުން ފެންނަ ލިއުންތައް ކިޔާފާ އެތައްބައިވަރު ކަންތައްތަކެއް އަޅުގަނޑު ހިތަށް އަރާ ފައިބައިގެންދެއެވެ. އެންމެފުރަތަމަ އަޅުގަނޑު ހިތަށްއަރަނީ އެފަދަ ބައެއް ލިއުންތަކާ އެއްފެންވަރަކަށް އަޅުގަނޑަށްވެސް ލިއެވޭނެނަމައެވެ! އެހެން ލިއުންތެރިންނަށް ކުޑައިމިސް ބަހަކަށްނުވާގޮތަށް ބައެއް ލިޔުންތެރިކަމުގެ ގޮތުން ފުންނާބު އުސް ކޮލަމްނިސްޓުން ފަދައިން އަޅުގަނޑަށްވެސް ލިއެވޭނެ ބާވައޭ ހިތަށްއަރައެވެ. ނުލިޔެވުނަސް ލިޔަންމަސައްކަތްކުރާނަމޭ ހިތަށް އަރައެވެ. ދިވެހި މުޖުތަމާއަށް މިހާރު ދިމާވެފައިވާ ކަންތައްތަކާދޭތެރޭ އަޅުގަނޑުވެސް ލިޔަންބޭނުމެވެ. އެހުރިހާ ކަންތައްތަކާބެހޭގޮތުން ލިއުމަކީ ވެސް ކުޅަދާނަކަމެއްނޫނޭ ހިތަށްއަރައެވެ. އަޅުގަނޑެކޭ އެއްފަދައިން ކޮންމެދިވެއްސަކަށްވެސް […]
އަޅާކިއުމަކީ އިސްތިރިއެކޭ ބުނޭ..

ދިވެހިންގެތެރޭގައި ބެލެވިފައިއޮންނަގޮތުން އަޅާކިއުމަކީ އިސްތިރިއެކޭ ކިއުމަކީ ބޮޑު ސިހުރެކެވެ. އަދި މިއީ ދިވެހިންގެ ތެރޭގައި ވަރަށް ގިނައިން ބުނެއުޅޭ ޖުމުލައެކެވެ. ޢާންމުގޮތެއްގައި މި ޖުމުލަ ބޭނުންކޮށް އުޅެނީ ދެ ޖިންސުގެ ދެ ޒުވާނަކު ތަތްކުރުމުގެ ގޮތުންނެވެ. އެހެންގޮތަކަށްބުނާނަމަ ދެ ޖިންސުގެ ދެ ޒުވާނެއްގެ ގުޅުމަށް ފާޑުކިއުމުގެ ގޮތުންނެވެ. ނަތީޖާއެއްގެގޮތުން އެ ދެ ޒުވާނުންގެ ދޭތެރޭގައި ލޯބި އުފެދިގެން ދަނީއެވެ.. ވާނީވެސް އެހެންތާއެވެ… މުޅި މުޖުތަމާގައި އެ ދެޒުވާނުންގެ ނަން ބޭނުންކޮށްގެން އަޅާ ކިއަމުންދާނަމަ ދެން އިތުރަށް […]
ފަރުދީ ޒިންމާ؟

މިހާރަކަށްއައިސް ފަރުދީ ޒިންމާ އަކީ ވަރަށް ޢާންމުކޮށް ބޭނުންކުރެވޭ ބަހަކަށް ވެއްޖެއެވެ. ސަބަބުތަކެއް އޮތީމައެވެ. ފަރުދީ ޒިންމާއަކީ ކޮބައިކަމާއި އެކަން ފުރިހައަށް އަދާކުރުމުގެ މުހިންމުކަން ވިސްނި ޢާންމުވަމުން ދިއުމާއި މުޖުތަމާގެ ތެރޭގައި ފެތުރެމުންދާ ޙާދިސާތަކާއި ކާރިސާތަކަކީ މީގެތެރޭން ބައެއް ސަބަބުތަކޭ ބުނެވިދާނެއެވެ. ފަރުދީ ޒިންމާގެ އިތުރުން ގާނޫނުން މަތިކޮށްފައިވާ ޒިންމާތަކެއްވެސް ހުރެއެވެ. އެހެންކަމުން އެފަދަ މީސްމީހުން އަދާކުރަންޖެހޭ ޒިންމާވެސް އިތުރުވެގެން ދާނެއެވެ. ބައެއް ޙާލަތު ތަކުގައި ފަރުދީ ޒިންމާ އަދާކުރުމަށް ފަރުވާކުޑަކުރުމުން ތިމާ އާއި އަނެކުން އުފުލަންޖެހޭ […]
ސުވާލުތަކެއް… މިއީވެސް އެބުނާ އެންމެ މޮޅު ގޮތް ހެއްޔެވެ؟

ކިތަންމެ ގިނަބަޔަކު އެއްބަސްވިޔަސް ނުވަތަ އެގޮތަކަށް ކަންތައް ކުރިޔަސް އެއީ އެންމެ މޮޅު ގޮތް ކަމުގައި ނުވެދާނެއެވެ. މޮޅު ގޮތް ވާނީ ހަމަ މޮޅު ގޮތްތަކަށެވެ. ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ކަމުދާ ގޮތަކަށް ވީމާ އެއީ މޮޅު ގޮތްކަމުގައި ވުން ލާޒިމެއްވެސް ނުކުރާނެއެވެ. އަޅުގަނޑު ލިޔަން ބޭނުންވަނީ ދާދި މިދާކަށްދުވަހު ހިނގާދިޔަ ހާދިސާއެއްގެ މައްޗަށެވެ. އެއީ ދިވެހިރާއްޖޭގައި ބޭއްވުނު އިންތިޚާބަކާ ގުޅޭގޮތުންނެވެ. ލިއުމުގައި ބޭނުންކުރެވިފައި ވާނީ އަޅުގަނޑުގެ ޚިޔާލެވެ. އަޅުގަނޑަށް ފެންނަ މޮޅު ގޮތެވެ. […]
މަގޭ ގައުމާއި މަގޭ ވެރިކަން

ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ހަމަޖައްސާފައިވަނީ ދިވެހިންނަށް އެންމެފައިދާކުރަނިވި ނިޒާމެއްގެ މައްޗަށް ކަމާމެދު ޝައްކުކުރާނެ ތަނެއް އޮތްކަމަކަށް ނުދެކެމެވެ. ކިތަންމެ ރަނގަޅު އަދި ފައިދާހުރި ނިޒާމަކަށް ކަންތައް ރޭވިފައި ހުރިނަމަވެސް ޒިންމާދާރު ނުވެ ފަރުވާކުޑަކޮށްފިނަމަ ހޯދަންއެދޭ ނަތީޖާއެއް ނުލިބޭނެއެވެ. މިތާގައި އަޅުގަނޑުމެން ހަނދާންކޮށްލަންޖެހޭ ދެތިންކަމެއް ފާހަގަކޮށްލާނަމެވެ. ހަނދާންކޮށްދިނުމަކީ އެކަމުން ފައިދާކުރާނެކަމަކަށް ވާތީއެވެ. ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ކިޔަނީ “ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ “ އެވެ. ވެރިކަންކުރަން އިސްކުރެވޭ ބޭފުޅަކަށް މުޚާތަބް ކުރެވެނީ “ ރައީސުލް ޖުމްހޫރިއްޔާ “ ގެ […]
ދިވެހިންގެ ފަޚްރުވެރި މަގޭ ދިވެހިބަސް

ދިވެހިބަހަކީ ދިވެހި ވަންތަކަމުގެ އެއް ހަގީގަތެވެ. ދިވެހިބަހާ ނުލައި ދިވެހިވަންތަކަން ފުރިހަމަ ނުވާނެއެވެ. ދިވެހި ބަހާމެދު ކޮންމެ ދިވެއްސަކުވެސް ފަޚްރުވެރި ވާނެއެވެ. އަމިއްލަ ވަޒަނަކާއި އަމިއްލަ ބަހެއް އޮތުމަކީ ހަމަ ގައިމުވެސް ދެބަސްވެވެން ނެތް ބޮޑު ނަސީބެކެވެ. އަދި އެބަހުން ލިއެކިއުމަށް ބޭނުންކުރާ އަކުރުތަކެއް ލިބިފައިއޮތުމަކީ ކޮންމެ ދިވެއްސަކުވެސް ޝުކުރުވެރި ވާންޖެހޭނެ ކަމެކެވެ. ކާބަފައިންނަށްޓަކައެވެ. އަހަރެމެންނަށްޓަކައި އެކަން ކޮށްދީފައި އޮތީމައެވެ. ފަހުގެ އެދުރުބޭކަލުންނަށެވެ. ކާބަފައިންގެ އެ އަގުހުރި މަސައްކަތުގެ އަގު ފުރިހަމަގޮތުގައި ވަޒަންކޮށް ދިވެހި ބަހާއި ބަހުގެ […]
ކުރިއަރަމުން ދިއުމަށްޓަކައި ތަހްޒީބު މުޖުތަމާއެއްގެ ބޭނުން

މާޒީގެ ފިލާވަޅުތަކުން އެންމެ ހާމަކަންބޮޑު ގޮތެއްގައި އެނގޭ އެއް ޙަގީގަތަކީ އިންސާނާގެ ތަހްޒީބާއި އެބައިމީހުން ކުރިއަރަމުންދިއުމާއި ވަކިނުކުރެވޭނެ ކަމެވެ. އަދި ހަމައެފަދައިން ގައުމުތަށް ކުރިއަރަމުން ދިއުމާއި އެގައުމުތަކުގެ ރަށްވެހިންގެ ތަހްޒީބާއި ވެސް ވަކިނުކުރެވޭނެކަމެވެ. އިންސާނުން ނަށް ތަހްޒީބު މުޖުތަމާއެކޭ ބުނެވެނީ އެބައިމީހުން އުޅުމާއި ގުޅުންތަކުގައި އެކުލެވިފައިހުންނަ ރިވެތިސިފަތަކެއްގެ ސަބަބުންނެވެ. މިއީ ޢާއިލާއިންފެށިގެން ދޭދޭ ގައުމުތަކާހަމަޔަށްވެސް މިކަން އޮންނަން ޖެހޭގޮތެވެ. މިސިފަ އަށަގެނެވުމަށްޓަކައި އިސްނަގައިގެން މަސައްކަތް ކުރާ އެތައް ޖަމާޢަތްތަކެއް މިއަދުގެ ދުނިޔޭންވެސް ފެންނާން އެބަހުއްޓެވެ. އެފަރާތްތަކަށް ސާބަސް […]
އެއްގަމު އުޅަނދު ފަހަރާއި ޕާރކިންގް

އެއްގަމު އުޅަނދުފަހަރާއި ޕާރކިންގ ގެ މައްސަލައަކީ ފާއިތުވެގެންމިދާ ތިރީހަކަށް އަހަރުގެތެރޭގައި މާލެއަށް ދިމާވެފައިވާ ބޮޑު އެއްމައްސަލައެވެ. އެބޮޑު މައްސަލަ ހައްލުކުރަން ސަރުކާރުން ކުރަމުން އައިހުރިހާކަމަކުން ފެންނަނީ ވަގުތީ ހައްލެއްވެސް ނުހޯދި ބޮޑުތަނުން ނާކާމިޔާބެ ވެގެންދާތަނެވެ. ނަމަވެސް ބގޮނޑިގައި ތިއްބަވާ ބޭފުޅުންނަށް ފެންނަ ފެނުން ތަފާތު ވެދާނެއެވެ. އެ މަގުގައި، މިވެނިގޯޅިއެއްގައި އެހުރީ ޕާރކިންގ ތައްޔާރު ކޮށްފައޭ ބުނެ ނޫސްތަކުގައި ފަލަ ސުރުޚީތަކެއް ހުއްޓާފެނެއެވެ. އެކަމަކު އެ ތަންތަނުން ޕާރކިންގ މައްސަލައަށް ލިބުނު ހައްލެއް ފެންނާކަށް ނެތެވެ. އެހެންނަމަވެސް […]
ދިވެހި ސީމޭނުންގެދުވަސް ހަނދާނަށް އައުމުން..

ކޮންމެމީހަކަށްވެސް ދުވަހެއް އަންނާނެޔޭ ބުނެއުޅޭ އުސޫލުން ބޯޓުދަތުރުކުރާ މީހުންނަށްވެސް ދުވަހެއް އައިސް އެމީހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިފަހަކަށްއައިސް މީޑިއާގައި ފާޅުކުރެވެމުންދާ ޚިޔާލުތައް ފެނުމުން ވަރަށް ތަފާތު އިޙްސާސް ތަކެއް ކުރެވެމުން ދާން ފަށަައި ފިއެވެ. އުފާވެރި އިޙްސާސް ތަކެކެވެ. އުންމީދުގެ އިޙްސާސްތަކެވެ. ނާއުންމީދާއި ޔަަގީންކަމެއް ނެތުމުގެ އިޙްސާސްތަކެއްވެސްމެއެވެ. ދިވެހިރާއްޖޭން ބޯޓުދަތުރުކުރަން ގޮސްއުޅުނު ދިވެހިން މަސައްކަތްކުރަމުންދިޔަ ގޮތާއި ވެއްޓާއި އެ މަސައްކަތުގައި ދިމާވަމުންދިޔަ ގިނަގުނަ ގޮއްޖެހުންތަކާއިއެކު އެމީހުން ކުރިއަރައިގެންދިޔަ ގޮތާއި ޙާސިލުކުރެވުނު ލަނޑުދަނޑިތައް ވަރަށްގާތުން އަޅުގަނޑު […]