މާލޭގެ ގެއެއްގައި ރޯވެ ވަރަށް ބޮޑަށް އަނދައިފި

މާލޭގެ ގެއެއްގެ އެޕާޓްމަންޓެއްގައި ރޯވެ ބޭނުންނުކުރެވޭވަރަށް އަނދައިފިއެވެ. އެމްއެންޑީއެފުން މަޢުލޫމާތު ދިންގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހ. ފަހިވައި ގޭގެ 7ވަނަ ބުރީގައި ހުރި އެޕާޓްމަންޓެއްގައެވެ. މި ހާދިސާގެ މަޢުލޫމާތު އެ އިދާރާއަށް ލިބިފައިވަނީ މިރޭ 20:46 ހާއިރު ކަމަށާއި، އެއާއެކު މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި މި އަލިފާންގަނޑު ނިއްވާލެވުނީ މިރޭ 21:25 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތު […]
ހޯމް މިނިސްޓަރާއި ސީޕީ، ސާޖަންޓް ނާފިޢުގެ ޢާއިލާއާ ބައްދަލުކުރައްވައިފި

މުދާ އުފުލާ ސަޕްލައި ދޯންޏެއް ކަމަށްވާ ”ފްރެންޑް 4“ އަޑިއަށްދިޔަ ހިތާމަވެރި ހާދިސާގައި ގެއްލިފައިވާ ސާޖަންޓް ޢަލީ ނާފިޢުގެ އާއިލާއާ، ހޯމް މިނިސްޓަރު ޢަލީ އިޙްސާނާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބައްދަލުކުރައްވައިފިއެވެ. ނާފިޢުގެ ޢާއިލާ ދިރިއުޅޭ ގެއަށް ވަޑައިގެން ބޭއްވެވި ބައްދަލުވުމުގައި، ހޯމް މިނިސްޓަރާއި ސީޕީގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޖަމްޝީދު ބައިވެރިވެވަޑައިގަތެވެ. އަދި މީގެ އިތުރުން ފުލުހުންގެ އިސް ބައެއް […]
ޝާހިދު އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވަނީ

ކުރީގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވަން ނިންމަވާފައިވާކަން އިޢުލާން ކުރައްވައިފިއެވެ. އެމަނިކުފާނު މިކަން އިޢުލާން ކުރެއްވީ، ރާއްޖޭގައި އައްޑޫ ސިޓީގައި ރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގައެވެ. މި ޖަލްސާގައި ޝާހިދު ވަނީ، ދިވެހި ރައްޔިތުން މިހާރު ދިރިއުޅެމުންދާ ދަތި ހާލަތުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަދައްކަވާފައެވެ. މިގޮތުން އެމަނިކުފާނު މިސާލެއްގެ ގޮތުގައި ނެންގެވި އެއް ކަމަކީ އައްޑޫ ސިޓީން އަބަދުހެން ކަރަންޓު ކެނޑެމުންދާ މައްސަލައެވެ. މިއީ އެ ސިޓީއަށް ދިމާވެފައިވާ، ހައްލެއް ނުލިބި […]
އާންމު ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ސިޓީ ކައުންސިލުން މަސައްކަތް ފަށަނީ

އާންމު ތަންތަނުގައި ރައްޔިތުންނަށް އުނދަގޫވާގޮތަށް ދުންފަތުގެ އިސްތިޢުމާލުކުރާ ފަރާތްތައް ހުއްޓުވުމުގެ މަސައްކަތް، ކަމާބެހޭ އިދާރާތަކާ ގުޅިގެން ފެށުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ. މިގޮތަށް ނިންމާފައިވަނީ ބުދަ ދުވަހު ބޭއްވި، މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 12 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. މި ނިންމުން ނިންމާފައިވަނީ އެވަގުތު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 16 ކައުންސިލަރުންގެ އިއްތިފާޤުންނެވެ. ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ހުޅުމާލޭ އުތުރު ދާއިރާގެ މެންބަރު ފާޠިމަތު ޒަހިއްޔާއެވެ. މި މައްސަލާގައި ބުނެފައިވަނީ، […]
ނޫސްވެރިޔާ ސާއިދަށް އައިސީޔޫގައި ފަރުވާދެނީ

ޕީއެސްއެމްގެ ކުޅިވަރު ނޫސްވެރިޔާ ސާއިދު އަޙްމަދުގެ ހާލުދެރަވެގެން އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭންފަށައިފިއެވެ. 2018ވަނަ އަހަރުން ފެށިގެން ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުންދާ ސާއިދަށް އައިސީޔޫގައި ފަރުވާ ދޭންފަށާފައިވަނީ މިއަދު ހެނދުނުއެވެ. ސާއިދުގެ ހާލު ކުއްލިއަކަށް ދެރަވެފައިވާއިރު، އޭނާ ދިޔައީ ކިޑްނީ ބައްޔަށް ފަރުވާ ހޯދުމަށް ރާއްޖޭން ބޭރަށް ދާން ތައްޔާރުވަމުންނެވެ. 2018 ވަނަ އަހަރުގެ ޖޫންމަހު، އޭނާގެ ދެ ކިޑްނީ ފެއިލްވެފައިވާކަން އެނގުނުއިރު ކިޑްނީގެ މަސައްކަތް ހުރީ އެންމެ 13 ޕަސެންޓްގައެވެ. އޭގެ ފަހުން އޭނާ […]
ގެއްލުނު މީހުން ހޯދުމަށް ކަނޑާއި ވައިގެމަގުން ބޮޑު ސަރަހައްދެއް ބަލައިފި

ހައްދުންމަތިން ފުރައިގެން ހުވަދުއަތޮޅަށް ދަތުރުކުރި ސަޕްލައި ދޯންޏެއް ދިޔަވެ އަޑިއަށްދާތީ، އެ ދޯނި ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑާއި ވައިގެމަގުން ބޮޑު ސަރަހައްދެއް ބަލައިފި ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. އެމްއެންޑީއެފުން ބުނީ، ”ފްރެންޑް 4“ ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަނުގައި ވައިގެމަގުން 5،212 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް، އަދި ކަނޑުމަގުން 1،070.10 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް މިހާތަނަށް ބަލާފައިވާކަމަށެވެ. މި ހާދިސާގައި ގެއްލިފައިވަނީ ޕޮލިސް […]
ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ދަނީ ކުރަމުން

ދޯންޏެއް ދިޔަވާތީ ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް ވައިގެ މަގުންނާއި ކަނޑުމަގުން ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. އެމްއެންޑީއެފުން ބުނީ، މީހުން ހޯދުމުގެ މަސައްކަތް ވައިގެ މަގުން ޔޫއޭވީއާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކޮށްގެން މަސައްކަތް ކުރަމުންދާއިރު، ކަނޑުމަގުން ކޯސްޓްގާޑާއި ފުލުހުން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ. މި ހާދިސާގައި ގެއްލިފައިވަނީ ޕޮލިސް ސަރޖަންޓް ޢަލީ ނާފިޢު (33 އަހަރު) އާއި، އެމްއެންޑީއެފްގެ ސްޓާފް ސަރޖަންޓް އިބްރާހީމް އަޙްމަދު (39 އަހަރު) އާއި، […]
ހއ އަތޮޅުން ފެށިގެން މ އަތޮޅާ ހަމައަށް ރީނދޫ ސަމާލު

މޫސުމާބެހޭ ޤައުމީ އިދާރާއިން، ހއ އަތޮޅުން ފެށިގެން މ އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފިއެވެ. މި ސަމާލުގެ ވަގުތު ދަމައްޓާފައިވަނީ މިއަދު ހެނދުނު 7:30ން ފެށިގެން މެންދުރު 11:30ގޭ ނިޔަލަށެވެ. މި ވަގުތުގެ ތެރޭގައި އެ ސަރަހައްދަށް ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްއެވެ. މީގެ އިތުރުން މި ވަގުތުގެ ތެރޭގައި އެ ސަރަހައްދުގެ […]
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ: މޫސުމާބެހޭ އިދާރާ

މި ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ. އެ އިދާރާއިން ލަފާކުރާގޮތުގައި، މި ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ. މީގެ އިތުރުން، ހުކުރު ދުވަހު ވަރަށް ބޮޑަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، ހޮނިހިރު ދުވަހުވެސް ވިއްސާރަކުރާނެ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. އެ އިދާރާއިން ލަފާކުރާގޮތުގައި، ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 5 […]
ބަނގުރާ ފުޅިތަކަކާއެކު ހުޅުމާލޭން މީހަކު ހައްޔަރުކޮށްފި

ބަނގުރާ ފުޅިތަކަކާއެކު ހުޅުމާލެ ފޭސް 1ން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ. ފުލުހުން މަޢުލޫމާތު ދިންގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް ރައްޔިތެއްކަމުގައިވާ ޝާކިލް (34އ)އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މި ޖުލައި މަހުގެ 29 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަނުގައި، ހުޅުމާލެ ނިރޮޅުމަގުން ސައިކަލެއްގައި ދަނިކޮށް އޭނާ […]