ރަހަފަތް: ހަނާކުރި ކުކުޅު

ބޭނުންވާ ތަކެތި:1 ކިލޯ ކުކުޅު (ކޮށާފައި)3 މޭޒުމަތީސަމުސާ ހުނިހަވާދު2 ފިޔާ3 ލޮނުމެދު1 އިންޗީގެ އިނގުރުކޮޅެއް2 ހިކަނދިފަތް4 އިންޗީގެ 2 ރާނބާފަތްބުރި2 ތޮޅިމިރުސް ނުވަތަ ގިތެޔޮމިރުސްފަޅިއެއް1 ބޭލީފް6 ކަރަންފޫ1/2 މޭޒުމަތީސަމުސާ ހަކުރު1/2 ސައިސަމުސާ ލޮނުހިކިމޭބިސްކަދުރުކަޖޫނަޓް1 ޕްލެއިން ޔޯގަޓް2 ސައިސަމުސާ ގިތެޔޮ ތައްޔާރުކުރާނެ ގޮތް:ހުނިހަވާދު ހިމުންކޮށް މުގުރާލާށެވެ. ކުކުޅުތަކުގައި ލޮނުކޮޅެއް ހާކާލުމަށްފަހު މުގުރި ހަވާދުކޮޅުގެ އެއްބައި ކުކުޅުގައި ހާކާލައި، މަތިޖަހާފައި މަދުވެގެން 30 މިނިޓުވަންދެން ބަހައްޓާށެވެ.ފިޔާ ތުނިކޮށް ކޮށާލާށެވެ. ތޮޅިމިރުސްނަމަ ކޮންމެ މިރުހެއް ދެފަޅިއަށް ފަޅާލާށެވެ. ގިތެޔޮމިރުސްނަމަ ބޮޑެތިކޮށް ކޮށާލާށެވެ. […]

ރަހަފަތް: މުގު ބޯކިބާ

ބޭނުންވާ ތަކެތި:1 ޖޯޑު މުގު (ކައްކާފައި)1 ދަޅު މަސްގިތެޔޮމިރުސް ފަޅިއެއް1 ފިޔާ1/2 އިންޗި އިނގުރު)2 ހިކަނދިފަތް1/2 ސައިސަމުސާ ރީނދޫ1/2 ސައިސަމުސާ ލޮނުލުނބޯ ކިބައެއްގެ ހުތް ތައްޔާރުކުރާނެ ގޮތް:ފިޔާ، އިނގުރު، ހިކަނދިފަތް، މިރުސް، މިކްސަރުގެ މުގުރާބައިން ރާޅުކޮށް މުގުރާލާށެވެ.މުގުރި ސާމާނު ތައްޓަކަށް އެޅުމަށްފަހު ލުނބޯހުތާއި ލޮނު އަދި ރީނދޫ އަޅައިގެން މޮޑެލާށެވެ. އޭގެތެރެއަށް މަސް އަޅައި މޮޑެލުމަށްފަހު މުގު އަޅައި މޮޑެލާށެވެ.ޓްރޭއެއްގެ ފުލުގައި ބޭކިންގ ޕޭޕަރު އެޅުމަށްފަހު މަސްގަނޑު އޭގެމަތީގައި ފަތުރާލައި، 180 ޑިގްރީގައި އަވަނުން ފިހެލާށެވެ. ގާތްގަނޑަކަށް […]

ރަހަފަތް: ޒުވާރިފުށު ކިރުބޯކިބާ

ބޭނުންވާ ތަކެތި:1 ޖޯޑު ޒުވާރިފުށް (ކޯންފްލާރ)7 ޖޯޑު ފެން4 އިންޗީގެ 3 ރާނބާފަތްބުރި3/2 ޖޯޑު ހަކުރު2 ޖޯޑު ކާށިހުނި1 މޭޒުމަތީސަމުސާ ފިނިފެން (ރޯސްވޯޓަރ)1 ސައިސަމުސާ މުގުރި ފޮނިތޮށި ތައްޔާރުކުރާނެ ގޮތް:7 ޖޯޑު ފެނަށް ރާނބާފަތް އަޅައިގެން ކައްކާލާށެވެ. ރާނބާފަތުގެ ކުލަ މުށިކުލައަކަށް އެރުމުން އުނދުންމަތިން ބާލައި ހިހޫކޮށްލަން ބަހައްޓާށެވެ. ހުނީގެތެރެއަށް އެއިން 1 ޖޯޑު ފެން އެޅުމަށްފަހު ހިމުންވަންދެން މިކްސަރުން ގިރާލާށެވެ. ހިމުން ފުރޭންޏަކުން ހުނިތައް ފުރާނާލައި ފެލާލާށެވެ. ރާނބާފަތްތައް ނެގުމަށްފަހު ކާށިކިރުގެ ތެރެއަށް ރާނބާފަތު ފެންފޮދާއި […]

ރަަހަފަތް: ފަރުމަހު ކިރުގަރުދިޔަ

ބޭނުންވާ ތަކެތި:500ގ ފަރުމަސް (ސާފުކޮށްފައި)ކެރެޓެއްގެ އެއްބުރިބެލްޕެޕަރ ފަޅިއެއް (ރީނދޫ ނުވަތަ ފެހިކުލަ)ކުޑަ ޓޮމާޓޯއެއް1 ފިޔާ2 ލޮނުމެދު1 ހިކަނދިފަތް3 އިންޗީގެ ރާނބާފަތްކޮޅެއް2 ތޮޅިމިރުސް3 އިންޗިހުންނަހާ އިނގުރުކޮޅެއް2/1 ޖޯޑު ކާށިބޯކިރު1 ޖޯޑު ކާށިފެންކިރު1 ސައިސަމުސާ ލޮނު ތައްޔާރުކުރާނެ ގޮތް:ފަރުމަސް ބޮޑެތިކޮށް ކޮށާލާށެވެ. ބޮޑުމިން ބޭނުން ވަރަކަށް ބެހެއްޓިދާނެއެވެ. ކެރެޓު ދިގުފޮއްޗަށް ކޮށާލާށެވެ. ގާތްގަނޑަކަށް ޕޮޓޭޓޯޗިޕްސް ހުންނަ ބޯމިން ރަނގަޅުވާނެއެވެ. ބެލްޕެޕަރވެސް ހިމަދިގުކޮށް ކޮށާލާށެވެ. ފިޔާ ބޯކޮށް ދިގުފޮއްޗަށް ކޮށާލާށެވެ. ތޮޅިމިރުހުގެ ތަނޑި ނައްޓާލާފައި މެދުން ފަޅާލާށެވެ. ލޮނުމެދު ދިގަށް ކޮށާލާށެވެ. […]

ރަހަފަތް: ކުކުޅު ހިކިރިހަ

ބޭނުންވާ ތަކެތި:1 ކިލޯ ކުކުޅުފައި1 ޕްލެއިން ޔޯގަޓް2 މޭޒުމަތީސަމުސާ ކުކުޅުހަވާދު1 ސައިސަމުސާ ލޮނުމިރުސްހަވާދު2/1 ސައިސަމުސާ ރީނދޫބޮޑު ފިޔައެއް4 ލޮނުމެދު1 އިންޗީގެ އިނގުރުކޮޅެއް2 ހިކަނދިފަތް2/1 ސައިސަމުސާ މުގުރި އަސޭމިރުސް1 ސައިސަމުސާ ލޮނު1 މޭޒުމަތީސަމުސާ ތެޔޮ ތައްޔާރުކުރާނެ ގޮތް:ކޮންމެ ކުކުޅުފައެއްގެ ދެފަރާތުގައި ޅިޔަ އަޅާށެވެ. 1 ލޮނުމެދާއި 2/1 އިންޗީގެ އިނގުރު ގާނާލާށެވެ. އޭގެތެރެއަށް ކުޑަ ލޮނުކޮޅެއް، މުގުރި އަސޭމިރުސް އަޅައި އެއްކޮށްލާފައި ކުކުޅުފައިތަކުގައި ހާކާލާށެވެ. އެއަށްފަހު ކެއްކުމުގެ ކުރިން މަދުވެގެން 30 މިނިޓުވަންދެން މަތިޖަހާފައި ކުކުޅުފައިތައް ބަހައްޓާލަންވާނެއެވެ.ފިޔާ ތުނިކޮށް […]

ރަހަފަތް: ޕޮޓޭޓޯޗިޕްސް ބޯކިބާ

ބޭނުންވާ ތަކެތި:2 ދަޅު މަސް1 ޖޯޑު ގަނޑުކުރި ޕޮޓޭޓޯޗިޕްސްގިތެޔޮމިރުހެއްބޮޑު ފިޔައެއް6 ލޮނުމެދުލުނބޯކިބައެއްގެ ހުތް1 ސައިސަމުސާ ލޮނު1 ހިކަނދިފަތް6 ބިސްޗީޒް ސްލައިސް ތައްޔާރުކުރާނެ ގޮތް:ފިޔާ، މިރުސް، ލޮނުމެދު އަދި ހިކަނދިފަތް ހިމުންކޮށް ކޮށާލާށެވެ. އެއަށް ލުނބޯހުތާއި ލޮނު އަޅައިގެން ރަނގަޅަށް މޮޑެލާށެވެ. އެއަށްފަހު މަސް އަޅައިގެން މަސްތައް ހިމުންވަންދެން މޮޑެލާށެވެ. އެއަށްފަހު ފަހަރަކު ބިހެއް އަޅަމުން އެއްކުރަމުން ގެންދާށެވެ. ޗިޕްސްތައް ގަނޑުފިލުވާލުމަށްފަހު އޭގެތެރެއަށް އަޅާލައި އެއްކޮށްލާށެވެ. މޮޑުނު މަސްގަނޑު ޓްރޭއެއްގައި ފަތުރާލުމަށްފަހު ޗީޒްފޮތިތައް އޭގެމަތީގައި އަތުރާލާށެވެ. 200 ޑގްރީގައި […]

ރަހަފަތް: މެންގޯ ބަނާނާ ސްމޫތީ

ބޭނުންވާ ތަކެތި:3 އަނބު4 ވައް ދޮންކެޔޮ2/1 ދަޅު ގެރިކިރު2 ތަށި ފެންއައިސްކިއުބު ތައްޔާރުކުރާނެ ގޮތް:އަނބު ކޮށާލުމަށްފަހު ދޮންކޭލާއި ގެރިކިރާއި ފެން އަދި އައިސްކިއުބު އެޅުމަށްފަހު މިކްސަރުން ގިރާލާށެވެ. ރޯދަވީއްލުމަށް މިއީ ވަރަށް ތާޒާކޮށްދޭ މީރު ބުއިމެކެވެ.

ރަހަފަތް: ފްރުޓްކޮކްޓެއިލް ސްމޫތީ

ބޭނުންވާ ތަކެތި:1 ދަޅު ފްރުޓްކޮކްޓެއިލް5 ދޮންކެޔޮވައްބައިދަޅު ގެރިކިރު2 ތަށި ފެން (ފްރުޓް ދަޅުގައި ހުންނަ ފެން ނާޅާނަމަ، އަޅާނަމަ 1 ތަށި ފެން)އައިސްކިއުބު ތައްޔާރުކުރާނެ ގޮތް:ހުރިހާ ތަކެތި މިކްސަރަށް އެޅުމަށްފަހު އައިސްކިއުބު އަޅައިގެން ގިރާލާށެވެ. ރޯދަވީއްލުމަށް މިއީ ވަރަށް ތާޒާކޮށްދޭ މީރު ބުއިމެކެވެ.

ރަހަފަތް: ޕޮޓޭޓޯ ލަޒަނިޔާ

ބޭނުންވާ ތަކެތި:2 އަލުވި (ބޮޑު)1 ދަޅު މަސް1 ފިޔާ6 ލޮނުމެދު4/1 ގިތެޔޮމިރުސް1 ހިކަނދިފަތް2 ސައިސަމުސާ ޓޮމާޓޯ ޕޭސްޓް1 ސައިސަމުސާ ޗިލީ ސޯސް2 ސައިސަމުސާ ލޮނު1 ސައިސަމުސާ ވިނެގާރގާނާފައިހުރި ޗީޒް ނުވަތަ 6 ޗީޒް ސްލައިސް1 ސައިސަމުސާ ފުށް3/1 ޖޯޑު ކިރު1 ސައިސަމުސާ އަސޭމިރުސް1 ސައިސަމުސާ ބަޓަރު2 ސައިސަމުސާ ތެޔޮ ތައްޔާރުކުރާނެ ގޮތް:އަލުވިތައް ތުނިތުނިކޮށް ވަށްފޮއްޗަށް ކޮށާލާށެވެ. އެއަށްފަހު އަލުވިތަކުގެ މައްޗަށް ކިރިޔާ ހުންނަވަރަށް ފެން އަޅާފައި 2/1 ސަމުސާ ލޮނު އަޅައިގެން ކައްކާލާށެވެ. ކައްކާނީ އަލުވިތައް ޗަސްނުވާވަރަށެވެ.ފިޔައާއި […]

ރަހަފަތް:ޔޯގަޓް ކޭކު

ބޭނުންވާ ތަކެތި:2/1 ޖޯޑު ޕްލެއިން ޔޯގަޓް4/1 ސައިސަމުސާ ބޭކިންގ ސޮޑާ4/3 ޖޯޑު ހަކުރު6 ސައިސަމުސާ ސަންފްލާވަރ ތެޔޮ4/1 ޖޯޑު ކިރު4/3 ޖޯޑު ފުށް6 ސައިސަމުސާ ކޮކޯޕައުޑަރު2/1 ސައިސަމުސާ ބޭކިންގ ޕައުޑަރުމިލްކް ޗޮކްލެޓެއްތައްޔާރުކުރާނެ ގޮތް:ތައްޓެއްގައި ޔޯގަޓާއި ބޭކިންގ ސޮޑާ އެއްކޮށްފައި މިނިޓެއްހާއިރު ބަހައްޓާށެވެ. އެއަށްފަހު އޭގެތެރެއަށް ހަކުރާއި ތެލާއި ކިރު އަޅައި އެއްކޮށްލާށެވެ. އޭގެތެރެއަށް ފުށާއި ކޮކޯ ޕައުޑަރާއި ބޭކިންގ ޕައުޑަރު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ”5X“3 ހުންނަވަރުގެ (މައިކްރޯވޭވްއަށް ލެވޭކަހަލަ) ތައްޓަކަށް ފުށްގަނޑު އަޅާލާފައި މައިކްރޯވޭވްގައި 3 […]