ފިޒިއޯ މޯލްޑިވްސް ކްލިނިކަށް ގެންދިޔަ ކުއްޖަކަށް އަނިޔާކުރިކަމުގެ ތުހުމަތު

ފިޒިއޯ މޯލްޑިވްސް ކްލިނިކަށް ގެންދިޔަ ކުއްޖަކަށް އެތަނުގެ މުވައްޒަފަކު އަނިޔާކުރި ކަމުގެ ތުހުމަތު، ކުއްޖާގެ އާއިލާއިން ކޮށްފިއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި މި މަހުގެ 5 ވަނަ ދުވަހު އެތަނަށް ގެންދިޔަ ކުއްޖަކަށް އެތަނުގެ މުވައްޒަފުުންގެ ފަރާތުން ވަނީ އަނިޔާތަކެއް ލިބިފައެވެ.މި ހާދިސާއާގުޅޭ ވީޑިއޯއެއް އެމްވީ ކްރައިސިސްގެ ފޭސްބުކް ޕޭޖުގައި ވަނީ ހިއްސާކޮށްފައެވެ.ދައުރުވަމުންދާ ވީޑިއޯއިން ފެންނަގޮތުގައި ކުއްޖާއާމެދު ހަރުކަށި ގޮތަކަށް މުޢާމަލާތުކުރާ މަންޒަރު ފެނެއެވެ. އަދި ކުއްޖާގެ ގައިގައިވެސް އޭނާ އަތްލާތަން ފެނެއެވެ. އޭރު މުވައްޒަފުގެ އަތުގައި ކަތުރެއްފަދަ […]

ކުޑަކުދިންނަށް އަމާން މާހައުލެއް ހޯދައިދިނުމަކީ އެންމެ މުހިންމު އެއް ކަންތައް: ޑރ. ޝަފީޢު

ކުޑަކުދިންނަށް އަމާން މާހައުލެއް ހޯދައިދިނުމަކީ އެންމެ މުހިންމު އެއް ކަންތައް ކަމަށް، ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ. މިގޮތުން އެމަނިކުފާނު ވަނީ ކޮންމެ ސްކޫލަކީ ކުދިންނަށް އަމާން، ރައްކާތެރި އަދި އުފާވެރި ސްކޫލަކަށް ހައްދަވައި ދެއްވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި މިކަންކަން ހާސިލުކުރެވޭނީ މުދައްރިސުންނާއި، ރަށްރަށުގެ ކައުންސިލަރުންނާއި ބެލެނިވެރިން، މިނިވަން މުއައްސަސާތަކުގެ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިކަން ހެޔޮގޮތުގައި، […]

ޒީ….4

(ކުރީގެ އަދަދާ ގުޅޭ) ޒީއަށް ނޯޓު ލިބުނު ކަމެއް ނުވަތަ ނޫންކަމެއް ނޭނގެއެވެ. އަހަރެން އުންމީދުކުރީ ރަށަށް ގޮސް ގުޅާލާނެ ކަމަށެވެ. ނަމަވެސް އޭގެ ފަހުން ޒީގެ އެއްވެސް ޚަބަރެއް ނުވިއެވެ. އަހަރެން މާޔޫސްވާން ފެށިއެވެ. ކަންކަމަށް ދެވޭ ސަމާލުކަން ކުޑަވާން ފެށިއެވެ. އެކަނި މާގިނައިން ވަގުތު ހޭދަކުރެވެން ފެށިއެވެ. އާންމުކޮށްވެސް ހިކިކޮށް ހުންނަ އަހަރެން އިތުރަށް އަނަރޫފަވާން ފެށިއެވެ. އެކަމުން ދުރުވެ ހިތްހަމަޖައްސައިލުމަށް އަހަރެން ބައްޕަމެންނާއެކު ފިހާރައިގައި މަސައްކަތް ކުރަންފެށީމެވެ. މީހުންގެ ތެރޭގައި އުޅެން ފެށުމުން […]

ރަހަފަތް: ތަރުކާރީ މަސްބަތް

ބޭނުންވާ ތަކެތި:2 ޖޯޑު ހަނޑޫ1 ޖޯޑު ވަޅޯމަސް (ކޮށާފައިހުރި)1 ކެރެޓު (ކޮށާފައި)1 އަލުވި (ކޮށާފައި)6 ތަރުކާރީތޮޅި (ބުރިކޮށްފައި)1 ފިޔާ (މެދު ސައިޒުގެ)3 ލޮނުމެދުގިތެޔޮމިރުސް ފަޅިއެއް2 ހިކަނދިފަތް1 މޭޒުމަތީސަމުސާ އަސޭމިރުސް (ނުމުގުރާ)1 ސައިސަމުސާ ލޮނު1/2 ޖޯޑު ކާށި ބޯކިރު1/2 ސައިސަމުސާ ރީނދޫލުނބޯ ކިބައެއްގެ ހުތް1 މޭޒުމަތީސަމުސާ ތެޔޮ ނުވަތަ ގިތެޔޮ ތައްޔާރުކުރާނެ ގޮތް:ހަނޑޫ ދޮވެފައި ފެން ފުރާނާލުމަށްފަހު ބަހައްޓާށެވެ.ފިޔައާއި ލޮނުމެދު ތުނިކޮށް ކޮށާލާށެވެ. ތެއްޔެއްގައި ތެޔޮ ނުވަތަ ގިތެޔޮ ހޫނުކުރުމަށްފަހު ފިޔާ، ލޮނުމެދު، ހިކަނދިފަތް އަޅައިގެން މެދުގިނީގައި މީރުކޮށްލާށެވެ. […]

މައިދައިތަ

އަހަރެންނަށް ކަންފަތްދެވުނީ ކައިރީގައިހުރި ދައްތައަކު ފޯނުން ދައްކަމުންދިޔަ ވާހަކައަކަށެވެ. އެކޮޅުން ވާހަކަދެއްކީ ކާކުކަން ނޭނގުނުނަމަވެސް އެއީ ދައްތައާ އާއިލީ ގުޅުމެއް އޮތް، މަޖާ މިޒާޖެއްގެ މީހެއްކަން އެނގުނެވެ. ކައިރީގައި ތިބޭ ބަޔަކު ކޮންމެ ވާހަކައެއް ދެއްކިއަސް އަހަރެންނަކީ އަހަރެންނާ ނުބެހޭ ވާހަކަތައް އަޑުއަހާހިތްވާ މީހެއް ނޫނެވެ. ގިނަފަހަރަށް އެކަހަލަ ވާހަކަތައް އަހަރެންނަށް އަޑެއް ނުވެސް އިވޭނެއެވެ. ދެއްކީ ކޮން ވާހަކައެއްކަން ނޭނގޭތަނުގައި ދެކެވުނީ ކޮންކަމަކާބެހޭ ވާހަކައެއް ކަމެއްވެސް ނޭނގޭނެއެވެ. ނަމަވެސް އެދައްތަ ދައްކަމުންދިޔަ ވާހަކަ އަހަރެންގެ ސަމާލުކަމަށް […]

ރަހަފަތް: ކުކުޅު ޕިއްޒާ

ބޭނުންވާ ތަކެތި:1 ޕިއްޒާ ފުށްގަނޑު1/2 ޖޯޑު ކުކުޅު (ކުދިކޮށް ކޮށާފައި)1 ލޮނުމެދު1/2 ސައިސަމުސާ އަސޭމިރުސް1/4 ސައިސަމުސާ ލޮނު1/2 ޖޯޑު ޗިލީ ސޯސް1 ޓޮމާޓޯ (ތުނިކޮށް ފޮތިކޮށްފައި)1/2 ޖޯޑު ފެހިކުލައިގެ ބެލްޕެޕަރ (ކުދިގޮޅިއަށް ކޮށާފައި)ގާނާފައި ހުރި ޗީޒް1/2 ސައިސަމުސާ ތެޔޮ ތައްޔާރުކުރާނެ ގޮތް:ރޮށިފިހާ ތަވާގައި ޕިއްޒާ ފުށްގަނޑު ހޫނުކޮށްލާށެވެ.ލޮނުމެދު ގާނާލާފައި އަސޭމިރުހާއި ލޮނު އެއަށް އެއްކޮށްލުމަށްފަހު ކުކުޅުކޮޅުތެރެއަށް އަޅައި އެއްކޮށްލާށެވެ. ތަވައަކަށް ތެޔޮފޮދު އެޅުމަށްފަހު ކުކުޅުކޮޅު ރޯފިލުވާލާށެވެ.ޕިއްޒާ ފުށްގަނޑުގައި ޗިލީ ސޯސް ހާކާލުމަށްފަހު އޭގެމަތީގައި ކުކުޅުކޮޅު އަތުރާލާށެވެ. ބެލްޕެޕަރކޮޅު […]

ރަހަފަތް: ބިސް ބިރިޔާނީ

ބޭނުންވާ ތަކެތި:2 ޖޯޑު ބާސްމަތީ ހަނޑޫކައްކާފައިހުރި ބިސް2 ފިޔާ (ބޮޑު)3 ލޮނުމެދު2 ހިކަނދިފަތް1 ޓޮމާޓޯ1/2 ޖޯޑު ކެރެޓު (ބޯކޮށް ފޮތިކޮށްފައި)1/2 ޖޯޑު ލީކްސް (ކޮށާފައި)1 އިންޗީގެ އިނގުރުކޮޅެއް2 ތޮޅިމިރުސް2 ކަރަންފޫ1 ބޭލީފް1/4 ސައިސަމުސާ މުގުރި ފޮނިތޮށި1/4 ސައިސަމުސާ މުގުރި ކާފޫރުތޮޅި1/2 ހިކިމޭބިސްކަދުރު1/2 ޖޯޑު ކެޝޫނަޓް1 މޭޒުމަތީސަމުސާ ބިރިޔާނީ ހަވާދު1 މޭޒުމަތީސަމުސާ ހުނިހަވާދު1 ތަށި ޕްލެއިން ޔޯގަޓް1/2 ޖޯޑުގެ ކޮތަނބިރިފަތް (ކޮށާފައި)½1 ޖޯޑު ގިތެޔޮ ނުވަތަ ތެޔޮ ތައްޔާރުކުރާނެ ގޮތް:ހަނޑޫ ދޮވުމަށްފަހު 1 ސައިސަމުސާ ލޮނާއި ބޭލީފް އަދި […]

ރަހަފަތް: އަލުވި ހިކިރިހަ

ބޭނުންވާ ތަކެތި:ބޮޑު 2 އަލުވި1 ފިޔާ2 ލޮނުމެދު1 ތޮޅިމިރުސް2 ހިކަނދިފަތް1 ސައިސަމުސާ ރާޅުކޮށް މުގުރާފައިހުރި މިރުސް1/2 ސައިސަމުސާ ރީނދޫ1/2 ސައިސަމުސާ ދިރި (ނުމުގުރާ)1 ސައިސަމުސާ ލޮނު2 މޭޒުމަތީސަމުސާ ތެޔޮ1 މޭޒުމަތީސަމުސާ ކޮށާފައިހުރި ކޮތަނބިރިފަތް (ކޮރިއަންޑާ ލީވްސް) ތައްޔާރުކުރާނެ ގޮތް:އަލުވިތައް ރިހަޔަށް ކޮށާހެން ކޮށާލާފައި ބައި ސައިސަމުސާ ލޮނު އަޅައިގެން ފެނުކައްކާލާށެވެ. ފެނުކައްކާނީ އަލުވިތައް ޗަސްނުވާވަރަށެވެ.ފިޔާ ތުނިކޮށް ކޮށާލާށެވެ. ލޮނުމެދު ގާނާލާށެވެ. މިރުސް ދެފަޅި ކޮށްލާފައި ކޮންމެ ފަޅިއެއް ދެބުރިއަށް ބުރިކޮށްލާށެވެ.އަލުވިތައް ކެކުމުން ފެން ލުހެލާފައި ބަހައްޓާށެވެ. ތަވަޔަށް […]

ރަަހަފަތް: މުގު ސުރުވާ

ބޭނުންވާ ތަކެތި:1/2 ޖޯޑު މުގު1/2 ސަނާމުގު (ދަޅުގައި ބަންދުކުރި)ފިޔާ ފަޅިއެއް1 ލޮނުމެދު1 ހިކަނދިފަތް1/2 ޖޯޑު އަލުވި (ކުދިގޮޅިއަށް ކޮށާފައި)1/2 ސައިސަމުސާ އަސޭމިރުސް1/2 ސައިސަމުސާ ލޮނު1 ސައިސަމުސާ ލުނބޯހުތް1/2 ޖޯޑު ކާށި ބޯކިރު ނުވަތަ ކުކިންގ ކްރީމް1 މޭޒުމަތީސަމުސާ ކޮށާފައިހުރި ކޮތަނބިރިފަތް (ބޭނުންނަމަ) ތައްޔާރުކުރާނެ ގޮތް:މުގާއި ސަނާމުގު އަދި އަލުވި 1 ޖޯޑު ފެނުގައި ކައްކާލާށެވެ. ކައްކާނީ ލޮނު އަޅައިގެންނެވެ.ފިޔައާއި ލޮނުމެދު ކުދިކޮށް ކޮށާލުމާށްފަހު އޭގެތެރެއަށް އަޅާލާށެވެ.ހުރިހާ އެއްޗެއް މަޑުވުމުން ހިކަނދިފަތާއި އަސޭމިރުސްކޮޅު އަޅާލާށެވެ. އެއަށްފަހު އުނދުން ނިވާލާފައި […]

ރަހަފަތް: މައިލޯ ޕުޑިންގ

ބޭނުންވާ ތަކެތި:3 މޭޒުމަތީސަމުސާ މައިލޯ1 ދަޅު ގެރިކިރު8 ބިސް5މލ ވެނީލާ އެސެންސް2 މޭޒުމަތީސަމުސާ ހަކުރު1 ސައިސަމުސާ ބަޓަރު ތައްޔާރުކުރާނެ ގޮތް:މިކްސަރުން ބިސްތައް ގިރާލާށެވެ. ބިސްތައް ގިރުމުން އެއަށް ގެރިކިރު، އެސެންސް އަދި މައިލޯ އަޅައިގެން ގިރާލާށެވެ.ބަޓަރުކޮޅު ތަވައެއްގައި ވިރުވާލާފައި އޭގެތެރެއަށް ހަކުރު އަޅައިގެން މުށިކުލަ އަރަންދެން ވިރުވާލާށެވެ.ގާތްގަނޑަކަށް 10 އިންޗި ހުންނަވަރުގެ ތައްޓަކަށް ނުވަތަ ޓްރޭއަކަށް ހަކުރުގަނގު އެޅުމަށްފަހު ރަނގަޅަށް ފަތުރާލާށެވެ. ގިރާފައި ހުރި ޕުޑިންގ ފުރާނާލާފައި ޓްރޭއަށް އަޅާލާށެވެ. މަތީގައި ފޮނު ހުރިނަމަ ފޮނުތައް ނެގުމުން […]