ރަހަފަތް:ރޯތޮރާ ސަޓަނި

ބޭނުންވާ ތަކެތި:1 ޖޯޑު ތޮރާ (މަށައި ތުނިކޮށް ކޮށާފައި)ބައި ދަޅު މަސްބައިޖޯޑު ފިޔާ (ތުނިކޮށް ކޮށާފައި)ގިތެޔޮމިރުސްލުނބޯ ކިބައެއްގެ ހުތްބައިޖޯޑު ބޯކިރުބައި ސައިސަމުސާ ލޮނު ތައްޔާރުކުރާނެ ގޮތް:ފިޔައާއި މިރުސް، ހުތާއި ލޮނު އަޅައިގެން މޮޑެލާށެވެ. އެއަށް މަސްކޮޅު އަޅައިގެން މޮޑެލުމަށްފަހު ތޮރާކޮޅު އަޅާލާފައި އެއްކޮށްލާށެވެ. އޭގެ ތެރެއަށް ބޯކިރުފޮދު އަޅާލާފައި އެއްނުކޮށް ބަހައްޓާށެވެ.ބަތް ނުވަތަ ރޮއްޓާއެކު ކާލަން މި ސަޓަނި މީރުވާނެއެވެ.
ރަހަފަތް:ކަޓުލަސް ބޯކިބާ

ބޭނުންވާ ތަކެތި:1 ދަޅު މަސް300ގ އަލުވިބޮޑު ފިޔައެއް4 ލޮނުމެދުގިތެޔޮމިރުސް ފަޅިއެއްލުނބޯކިބައެއްގެ ހުތް1 ސައިސަމުސާ ލޮނު1 ބިސް ތައްޔާރުކުރާނެ ގޮތް:އަލުވި މަށާފައި ފެނުކައްކާލާށެވެ. ކެކުމުން ފެން ފުރާނާލާފައި ހިހޫކޮށްލަން ބަހައްޓާށެވެ. ރިހަޔަށް ކޮށާވަރަށް ކޮށާލާފައި ކައްކާލުމުން ހިހޫކޮށްލަން ފަސޭހަވާނެއެވެ. ފިޔައާއި ލޮނުމެދު އަދި މިރުސް ކުދިކޮށް ކޮށާލާށެވެ. ފިޔާގަނޑަށް ހުތާއި ލޮނު އަޅައިގެން މޮޑެލާށެވެ. ފިޔާގެ ދިޔަ ނުކުންނަވަރަށް މޮޑެލާފައި މަސްކޮޅު އަޅައިގެން މޮޑެލާށެވެ. އޭގެތެރެއަށް ކައްކާފައި ހުރި އަލުވި އަޅައިގެން ޗަސްކުރަމުން މޮޑެލާށެވެ. އަލުވި ވަކިން އެއްޗެއްގައި […]
ރަހަފަތް: ޕޮޓޭޓޯ ޕައި

ބޭނުންވާ ތަކެތި:3 އަލުވި (މެދު ސައިޒުގެ)4 ބިސްބޮޑު ފިޔައެއްގިޔެތޮމިރުސް ފަޅިއެއް ނުވަތަ ތޮޅިމިރުހެއް1 ދަޅު މަސްބައި ސައިސަމުސާ ލޮނު1 ޓޮމާޓޯ ތައްޔާރުކުރާނެ ގޮތް:އަލުވި ތުނިކޮށް ވަށްފޮއްޗަށް ކޮށާލާފައި ފެނުކައްކާލާށެވެ. ޓޮމާޓޯ ތުނިކޮށް ވަށްފޮއްޗަށް ކޮށާލާށެވެ. ފިޔައާއި މިރުސް ކުދިކޮށް ކޮށާލާފައި މަހާއި ލޮނު އަޅައިގެން މޮޑެލާށެވެ. ބިސް ތަޅާލާފައި އޭގެތެރެއަށް އަޅައި އެއްކޮށްލާށެވެ.ކެއްކި އަލުވިފޮތިތައް ތަބަކެއްގައި އަތުރާލާފައި މޮޑުނު މަސްގަނޑު އޭގެމަތީގައި ފަތުރާލާށެވެ. އެއަށްފަހު މަތީގައި ޓޮމާޓޯ ފޮތިތައް އަތުރާލާށެވެ. 230 ޑިގްރީގައި އަވަނުގައި 25-30 މިނިޓު […]
ރަހަފަތް:ހޮޓް ޓޫނާ މެކަރޯނީ

ބޭނުންވާ ތަކެތި:1 ޕެކެޓް ޕާސްތާ1 ބޮޑު ފިޔާ3 ލޮނުމެދު1 ކެޕްސިކަމް2 ހިކަނދިފަތް1 ދަޅު މަސް2 މޭޒުމަތީސަމުސާ ޓޮމާޓޯ ޕޭސްޓް3 މޭޒުމަތީސަމުސާ ޗިލީ ސޯސް1 ސައިސަމުސާ ލޮނު2 މޭޒުމަތީސަމުސާ ތެޔޮ ތައްޔާރުކުރާނެ ގޮތް:ފިޔައާއި ލޮނުމެދު ކުދިކޮށް ކޮށާލާށެވެ. ގާތްގަނޑަކަށް 5 މިލިމީޓަރު ހުންނަވަރަށް ކެޕްސިކަމް ބުރިބުރިކޮށްލާށެވެ. ފިޔާ، ލޮނުމެދު، ހިކަނދިފަތް އަދި ކެޕްސިކަމް 2 މޭޒުމަތީސަމުސާ ތެލުގައި މީރުކޮށްލާށެވެ. ބޭނުންނަމަ މަސްދަޅުގައި ހުންނަ ތެޔޮފޮދުގައިވެސް މީރުކޮށްލެވިދާނެއެވެ.ފިޔާގަނޑު މިލައިލުމުން ޓޮމާޓޯ ޕޭސްޓް، ޗިލީ ސޯސް އަދި 1 މޭޒުމަތީސަމުސާ ލޮނު […]
އަވައްޓެރިޔާ

ކައިވެނި ރޫޅުމާއެކު އަހަރެން ދެ ދަރިން ގޮވައިގެން ބަދަލުވީ ކުއްޔަށެވެ. އަމިއްލަ ރަށުގައި ގެދޮރެއް ނެތުމުން ދާނެ އެހެން ތަނެއްވެސް ނެތެވެ. އަހަރެންނަކީ މައިންބަފައިންގެ ހަމައެކަނި ދަރިއެވެ. ވަރަށް ޅައުމުރުގައި މައިންބަފައިން މާލެއަށް ހިޖުރަކުރުމާއެކު އަހަރެން އުފަންވީ މާލެއަށެވެ. މާލޭން ބޯހިޔާވައްސެއް ލިބޭނެކަމުގެ އުންމީދުގައި އެމީހުން ގަނަތެޅި އުމުރުހުސްވީފަހުން ބިންކޮޅެއް ލިބުނީ އާސަހަރާއިންނެވެ. އެތަނުގައި ބިނާއަކަށް ފެންނަށްހުރީ އެ ދެމީހުންގެ މަހާނަގަލެވެ. އެމީހުންނަށްފަހު އަހަރެންނެވެ. ކައިވެނިކުރީ މާލޭގެ ގެދޮރުހުރި މީހަކާއެވެ. ވަންނާނެ ހިޔާވައްސެއްގެ ބޭނުމަކު ނޫނެވެ. އަހަރެންނަށް […]
ރަހަފަތް:ޕިންކް ފްރުޓް މިކްސް

ބޭނުންވާ ތަކެތި:ބައިޖޯޑު ކަރާ (ކޮށާފައި)ބައިޖޯޑު ސްޓްރޯބެރީ (ކޮށާފައި)ބައިޖޯޑު ކޮކޮނަޓް ޖެލީ (ކޮށާފައި)1 ޖޯޑު ސާގު (ކައްކާފައި)ބައިދަޅު ގެރިކިރު1 ސައިސަމުސާ ރޯސްސިރަޕްބައިޖޯޑު ދިޔާކިރު ތައްޔާރުކުރާނެ ގޮތް:ގެރިކިރާއި ދިޔާކިރު އަދި ރޯސްސިރަޕް އެއްކޮށްލާށެވެ. ސާގުކޮޅު އެއަށް އަޅައި މަޑުމަޑުން އެއްކޮށްލާށެވެ. ސްޓްރޯބެރީކޮޅު އަޅައި އެއްކޮށްލާށެވެ. އެއަށްފަހު ކަރާކޮޅު އަޅައި އެއްކޮށްލާށެވެ. އެންމެ މައްޗަށް ޖެލީކޮޅު އަޅާލާށެވެ.
ރަހަފަތް:ތަރުކާރީ ބަތް

ބޭނުންވާ ތަކެތި:4 ޖޯޑު ބަތް1 ޖޯޑު ކެބެޖު (ކޮށާފައި)1 ޖޯޑު ކެރެޓު (ކޮށާފައި)1 ޓޮމާޓޯބައި ޖޯޑު ލީކްސް (ކޮށާފައި)1 ފިޔާ (ބޮޑު)3 ލޮނުމެދުމެދުސައިޒުގެ 1 ބޮޑުމިރުސް (ބެލްޕެޕަރ)ގިތެޔޮމިރުސް ފަޅިއެއް3 ހިކަނދިފަތްބައި ސައިސަމުސާ މުގުރި އަސޭމިރުސް1 ސައިސަމުސާ ލޮނު1 ސައިސަމުސާ އޮއިސްޓަރ ސޯސް1 ސައިސަމުސާ ސޯޔާ ސޯސް3 ސައިސަމުސާ ތެޔޮ ތައްޔާރުކުރާނެ ގޮތް:ފިޔައާއި ލޮނުމެދު އަދި މިރުސް ކުދިކޮށް ކޮށާލާށެވެ. ބެލްޕެޕަރ އަދި ޓޮމާޓޯ ކުދިގޮޅިއަށް ކޮށާލާށެވެ. ތަވާ އުދުމަށްފަހު ތެޔޮފޮދު އަޅައި ހޫނުވުމުން ފިޔައާއި ލޮނުމެދު އަދި […]
ރަހަފަތް:މެންގޯ ކޮކޮނަޓް ޕުޑިންގ

ބޭނުންވާ ތަކެތި: 4 ދޮންއަނބު 1 ޖޯޑު ސާގު (ކައްކައި ފެން ފުރާނާފައިހުރި) ބައިޖޯޑު ކާށިކިރު 3މލ ވެނީލާ އެސެންސް 3މލ މެންގޯ އެސެންސް ރީނދޫ ކުލަ (ކުލަ ހިފާވަރަށް) ތައްޔާރުކުރާނެ ގޮތް: 2 އަނބު ބޮޑެތިކޮށް ކޮށާލުމަށްފަހު ކާށިކިރު، އެސެންސް އަދި ކުލަ އަޅައިގެން މިކްސަރުން ގިރާލާށެވެ. ގިރާފައިހުރި ސާމާނު ސާގުތެރެއަށް އަޅައި އެއްކޮށްލާށެވެ. އަނެއް 2 އަނބު ކުދިކޮށް ކޮށާލާފައި އޭގެމަތީގައި އަތުރާލާށެވެ. ގާތްގަނޑަކަށް 4 ގަޑިއެއްހާއިރު އައިސްއަލަމާރީގައި ފިނިކޮށްލަން ބަހައްޓާށެވެ.
ރަހަފަތް:ދޮންއަނބު ޕުޑިންގ

ބޭނުންވާ ތަކެތި: 4 ދޮންއަނބު (ދިވެހި އަނބު) 1 ދަޅު ގެރިކިރު 3މލ ވެނީލާ އެސެންސް 1 ޖޯޑު ފެން 2 ސައިސަމުސާ ޒުވާރިފުށް (ކޯރން ފްލާރ) ތައްޔާރުކުރާނެ ގޮތް: އަނބު ކޮށާލުމަށްފަހު ބައިޖޯޑު ފެން އަޅައިގެން މިކްސަރުން މުގުރާލާށެވެ. ބައި ޖޯޑު ފެނާއި ގެރިކިރު އަދި ވެނީލާ އެސެންސް އަޅައިގެން މަޑުގިނީގައި އަނބު ކައްކާލާށެވެ. ކެކިގަތުމުން ފެންފޮދެއްގައި ކޯރން ފްލާރ ގިރާލާފައި އަޅާލާށެވެ. އޮލަވުމުން ބާލާފައި ތައްޓެއް ނުވަތަ ތަބަކަކަށް އެޅުމަށްފަހު އައިސްއަލަމާރީގައި ބަހައްޓާށެވެ. 4 […]
ފިހުނު ކުކުޅު

ބޭނުންވާ ތަކެތި: 1200ގ ކުކުޅެއް 2 މޭޒުމަތީސަމުސާ ލޮނުމިރުސް ހަވާދު 1 އިންޗީގެ އިނގުރުކޮޅެއް ބައި ޖޯޑު ކޮތަނބިރިފަތް (ބޮޑެތިކޮށް ކޮށާފައި) 1 ސައިސަމުސާ ބަޓަރު ލުނބޯ ކިބައެއްގެ ހުތް މެދުސައިޒުގެ ފިޔައެއް 3 ލޮނުމެދު 1 ތޮޅިމިރުސް 1 ޓޮމާޓޯ 1 ސައިސަމުސާ ލޮނު ތައްޔާރުކުރާނެ ގޮތް: ކުކުޅުގެ ހަންދަމައި ސާފުކޮށްލާށެވެ. ފައިގެ ހުޅާދިމާއިން މަސްގަނޑު ކަފާލާށެވެ. ފުރަގަހުން ފިޔަގަނޑާ ގުޅޭ ހިސާބުންވެސް ވަކިކޮށްލާށެވެ. މިހާރު ކުކުޅު ރީތިކޮށް ފަތުރާލެވޭނެއެވެ. ކުކުޅުގައި 1 އިންޗި ދުރުމިނުގައި […]