ގެދޮރު އެޅުމަށް ހަތް ލައްކަ ރުފިޔާގެ ލޯން ސްކީމެއް

    ރަށްރަށުގައި ގެދޮރ އިމާރާތްކުރުމަށް “ ގެދޮރުވެރިޔާ ލޯން ސްކީމް“ގެ ނަމުގައި ލޯންސްކީމެއް ދޫކުރަން ސަރުކާރުން ނިންމައިފިއެވެ. މި ލޯން ސްކީމްގެ ދަށުން  ހަތް ލައްކަ ރުފިޔާ އާއި ހަމައަށް ހަ ޕަސެންޓްގެ އިންޓަރެސްޓް ރޭޓުގަ ލޯން ދުކުރުމަށް ވަނީ ނިންމާފައެވެ. ލޯންސްކީމް މައުލޫމާތު ދެއްވަން މިރޭ އޮންލައިންކޮށް ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވީ މި ލޯން ސްކީމްގެ ދަށުން ގެދޮރު އިމާރާތްކުރަން ބޭނުންވާ ފަރާތްތަކަށް ލުއި […]

ނަފްރަތުގެ ބިލާ ދެކޮޅަށް 15 ކައުންސިލަކުން ނުކުމެއްޖެ

މުސްލިމަކާ ދިމާއަށް އާންމު ތަނެއްގައި ކާފަރެއް ކަމަށް ބުނުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ދެކޮޅަށް 15 ކައުންސިލަކުން ތެދުވެއްޖެ އެވެ. ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރު ފަރާތުން ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި މި ބިލާ ދެކޮޅަށް ކައުންސިލްތަަކުން ވަނީ ވަކިވަކި ބަޔާންތަކެއް  ނެރެފައެވެ.  އަދި މި ބިލް ފާސް ނުކުރުމަށް އެކައުންސިލްތަކުން ވަނީ މަޖިލީހަށް ގޮވާލާފައެވެ. ބިލާ ދެކޮޅަށް ބަޔާން ނެރުނު ކައުންސިލްތައް […]

މަސްތުގެ ހާލަތުގައި ތިބިކަމަށް ތުހުމަތުކުރެވޭ 15 މީހަކު މިސްކިތްތަކުން ހައްޔަރުކޮށްފި

މަސްތުގެ ހާލަތުގައި ތިބި ކަމަށް ތުހުމަތު ކުރެވޭ 15 މީހަކު މިސްކިތްތަކުން ރޭ ހައްޔަރުކޮށްފި އެވެ. ފުލުހުން މިއަދު ބުނީ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގެ ރެކޯޑް އޮތް އަދި ކުށުގެ ވެށީގައި އުޅޭ މީހުންގެ ތެރެއިން ބޭނުމެއް ނެތި މިސްކިތަށް ވަދެ އަދި މަސްތުގެ ހާލަތުގައި ތިބި ކަމަށް ތުހުމަތު ކުރެވޭ 15 މީހަކު ރޭގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. މި މީހުންގެ ބަންދާމެދު ގޮތް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ހަތް […]

އެއާޕޯޓެއްގެ އެއާ ޓްރެފިކް ކޮންޓްރޯލް ބޭރުގެ ބަޔަކަށް ނުދޭނެ: ފައްޔާޒު

ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓު ޕޮލިސީއަށް ސަރުކާރުން ގެނެސްފައިވާ އިސްލާހުގެ ދަށުން އެއާޕޯޓެއްގެ އެއާރ ޓްރެފިކްގެ ކޮންޓްރޯލް ބޭރު ބަޔަކަށް ނުދޭނެކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. ފައްޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުން ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް އުސޫލަށް ގެނައި ބަދަލުގެ ތެރެއިން ރާއްޖޭގެ އެއަރޕޯޓެއްގެ އެއާ ޓްރެފިކް އޮޕަރޭޝަން ރާއްޖޭގެ އަމިއްލަ ފަރާތަކަށް ނޫނީ ބޭރު ފަރާތަކަށްވެސް ދޭން ނިންމާފައިނުވާކަމަށާ ރާއްޖޭގެ އެއާޕޯޓް ތައް ކޮންޓްރޯލް ކުރާނީ ދައުލަތުންކަމަށެވެ. ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓު […]

ރާއްޖޭގެ އެއާޕޯޓްތައް ބޭރުކުންފުނިތަކަށް ދެވޭނެހެން އުސޫލު ބަދަލުކޮށްފި

ރާއްޖޭގެ އެއާޕޯޓްތައް 100 ޕަސެންޓް ހިއްސާ އޮންނަ ބޭރުގެ ފަރާތްތަކަށް ދެވޭނެހެން ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި) އަށް ބަދަލުގެނެސްފިއެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން މިއަދު ގެޒެޓުކޮށްފައިވާ އިސްލާހުގައި ބުނެފައިވާގޮތުން 2020 ފެބްރުއަރީ 11 ގައި އާންމުކޮށްފައިވާ އެފްޑީއައި ޕޮލިސީގެ އެނެކްސް 1 ގެ ކޯޑު H3 އަށް ވަނީ އިސްލާހު ގެނެސްފަ އެވެ. މި އިސްލާހުގައިވާގޮތުން ބޭރުގެ ކުންފުނިތަކުގެ 100 ޕަސަންޓު ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓުތައްހިންގޭނެއެވެ. މީގެ ކުރިން އެ […]

އިންޑިއާ އަށް ބަރޯސާ ވެގެން ރާއްޖެ ތަރައްގީގެ މަންތީފަންތިއަކަށް ނޭރުވޭނެ: އުގައިލް

  އަވައްޓެރި އިންޑިއާއަށް ބަރޯސާ ވެގެން ރާއްޖެ ތަރައްގީގެ މަތީ ފަންތި އަކަށް ނޭރުވޭނެ ކަމަށް ރާއްޖޭގެ މަޝްހޫރު ޕްރޮފެސަރު ހަސަން އުގައިލް ވިދާޅުވެއްޖެ އެވެ. އުގައިލް  ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާ އަކީ އެއްވަނަ ދުނިޔޭގެ ގައުމެއް ނޫން ކަމަށެވެ. ”ވީއިރު އިންޑިއާއަށް މާބޮޑަށް ބަރޯސާވެގެން ދިވެހިރާއްޖެ ތަރައްގީގެ މަތީފަންތިއަކަށް ގެންދެވޭނެ ގޮތެއް ނުވިސްނޭ. ނޫނީ އެކާވީސްވަނަ ގަރުނު ނިމޭއިރު ވެސް އަޅުގަނޑުމެން ބޭނުންވަނީ ރާއްޖެ ފިނިހަކަ ދުވެލީގެ އޮންނަން ތޯ؟“ ޕްރޮފެސަރުގެ ޕޯސްޓްގައި […]

ހަމައެކަނި ކައުންސިލްގެ ހުއްދައާ އެކު ރުއްގަސް ނުކެޑޭނެ: އީޕީއޭ

ހަމައެކަނި ކައުންސިލްގެ ހުއްދައާ އެކު ރުއްގަސް ނުކެޑޭނެ ކަމަށާ، ރުއްގަސް ކެނޑޭނީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ ( އީޕީއޭ)ގެ ހުއްދަ ލިބިގެންކަމަށް އެ އެޖެންސީން އަންގައިފިއެވެ. އީޕީއޭ އިން ބުނީ ރުއްގަސް ކަނޑައި އެހެން ރަށްރަށަށް ގެންދިއުމުގައި ހަމައެކަނި ކައުންސިލުން ހުއްދަ ނަގައިގެން އެކަން ކުރަމުންދާ ކަމަށެވެ. ނަމަވެސް އެއީ ގާނޫނީގޮތުން އެކަން އޮންނަ ގޮތް ނޫންކަމަށް ވާތީ އެކަން އެކަން އެގޮތަށް ކޮށްގެން ނުވާނެކަމަށް އެ އެޖެންސީން ބުނެއެވެ. އީޕީއޭއިން ބުނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި […]

ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް ފާރަވެރިވުމަށް ހާއްސަ ކޮމިޓީއެއް

    ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގަށް ފާރަވެރިވުމަށް “ މޭ ހައެއް“ ނަމުގައި ހާއްސަ ކޮމެޓީއެއް އެމްޑީޕީން އުފައްދައިފި އެވެ. މި ކޮމެޓީ އުފެއްދީ ރޭ އެމްޑީޕީން ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައެވެ. އޮންލައިންކޮށް ކުރިއަށްގެންދިޔަ ބައްދަލުވުމަށް މި ކޮމިޓީ އުފައްދަން ގަރާރު ހުށަހެޅުއްވީ އުނގުފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ( ވައްޑެ) އެވެ. ތާއިދު ކުރެއްވީ ފެންކުންފުނީގެ ޗެއާމަން […]

ހުޅުމާލޭގައި ހަދާ 1000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފަށައިފި

    ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ 1000 ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. އެޕޯލޯ ހޯލްޑިގްސްއިން އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި ހައުސިން ޔުނިޓްތަކުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. މި މަޝްރޫއުގައި އެކި ރޭންޖްގެ ހައުސިންގ ޔުނިޓްތައް ހިމެނެއެވެ. ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ހިންގުމަށް ހަމަޖެހިފައިވާ މި މަޝްރޫގައި  އަޅާ ހައުސިން ޔުނިޓްތަކުގައި ހިމެނެނީ އެންމެ އގުހެޔޮ ފްލެޓްތަކުގެ ގޮތުގައި ދޫކުރާ […]

ޗުއްޓީއާ ދިމާކޮށް އިންޑިއާ ޓީޗަރުންނަށް މޯލްޑިވިއަނުން ހާއްސަ ފްލައިޓްތަކެއް

ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ ޓީޗަރުން ބޮޑު ޗުއްޓީއާ ދިމާކޮށް އެނބުރި ގައުމަށް ދާން ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނުން އިތުރު ފްލައިޓް ތަކެއް ބާއްވަން ނިންމައިފި އެވެ. މޯލްޑިވިއަނުުން ބުނީ ބޮޑު ޗުއްޓީއާ ދިމާކޮށް އިންޑިއާ ޓީޗަރުންނަށް ހާއްސަ ކުރާ ފްލައިޓްތައް އޮންނާނީ މިމަހުގެ 18 އާއި 19 އެ ދެ ދުވަހު ކަމަށެވެ. މި ދަތުރުތައް އިންޑިއާގެ ކޮޗިން އާއި ޓްރިވެންޑްރަމް އަށް ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ. އެ ކުންފުނިން ބުނީ އެއީ މި […]