ފައިސަލް ރިޔާސީ ޕްރައިމަރީއަށް ނިކުތީ އަޅުގަނޑުގެ ތާއީދާއެކު: ރައީސް ޞާލިހު

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ވާދަކުރައްވާ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ޕްރައިމަރީއަށް ކުރިމަތިލެއްވީ އެމަނިކުފާނުގެ ތާއީދު ލިބިވަޑައިގެން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ރޭ ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ޞާލިހް މިހެން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ހަރަކާތުގައި ބައިވެރިވެ ވަޑައިގެން ”ސަންގު ޓީވީއަށް“ ދެއްވި އިންޓަވިއުއެއްގައެވެ.
ސޯލިހު ވިދާޅުވީ މިހާރު ކުރިއަށް ދަނީ ޕާޓީގެ އެތެރޭގެ ގައުމީ މަޖިލިސް އިންތިހާބުގެ މަސައްކަތްތައް ކަމަށާއި، ރިޔާސީ ޕްރައިމަރީ ބާއްވާނީ އެއަށްފަހު ކަމަށެވެ. އަދި ޕްރައިމަރީގައި ވާދަކުރައްވަން ފައިސަލް މިހާރުވެސް ނިންމަވާފައިވާކަން ރައީސް ޞާލިހު ފާހަގަކުރެއްވިއެވެ.
ރައީސް ޞާލިހު ވިދާޅުވީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އެއްވެސް އިރެއްގައި އެމަނިކުފާނު އިއުލާން ކުރައްވާފައިނުވާނެ ކަމަށެވެ. އަދި ޕްރައިމަރީގައި އެ މަނިކުފާނު ތާއީދު ކުރައްވާނީ ފައިސަލް އަދި އާޒިމަށް ކަމަށް ޞާލިހް ވަނީ ވިދާޅުވެފައެވެ. ޞާލިހް އިތުރަށް ވިދާޅުވީ ފައިސަލް އަދި އާޒިމް ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމެވީ ސީދާ އެ މަނިކުފާނާއެކު ދެކެވުނު ވާހަކަތަކާއި މަޝްވަރާތަކަށްފަހު ކަމަށެވެ.
![]()




Comments are reviewed before publication. You can write in English or Dhivehi.