Skip to content
ޚަބަރު

ކެފޭ އުސޫލުން ފުވައްމުލައް ސިޓީގައި މަސްތުވާތަކެތީގެ ޚިދުމަތްދެމުން ދިޔަ ތަނެއް ބަންދުކޮށް، ދެމީހަކު ހައްޔަރުކޮށްފި

މަރްޔަމް މަލާކްމަރްޔަމް މަލާކް

ކެފޭ އުސޫލުން ފުވައްމުލައް ސިޓީގައި މަސްތުވާތަކެތީގެ ޚިދުމަތްދެމުން ދިޔަ ތަނެއް ބަންދުކޮށް، ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ނޮވެމްބަރު 19 ވަނަ ދުވަހު ފުވައްމުލައް ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް / ދޫޑިގަން. މާދޫގެ، އަޙްމަދު ރަޝީދު (32އ) އާއި ޏ .ފުވައްމުލައް / ދޫޑިގަން ރޫބީ، މުޙައްމަދު ޝާޛް (36އ) ކަމަށެވެ. އެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 17 ގުރާމުގެ ތަކެތި ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު ޝާޛް 15 ދުވަހަށް އަދި އަޙްމަދު ރަޝީދު 12 ދުވަަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ޏ. ފުވައްމުލައް / ދޫޑިގަން. މާދޫގޭގައި، އަޙްމަދު ރަޝީދު ދިރިއުޅޭ ބައިގައި މަސްތުވާތަކެތި ކެފޭގެ އުސޫލުން ފޯރުކޮށްދީ މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންގެންދާ މައްސަލައާ ގުޅިގެން، އަޙްމަދު ރަޝީދު ދިރިއުޅޭ ބައި 90 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުން މި އަމުރު ނެރެފައިވަނީ 2026 ނޮވެމްބަރު 19 ވަނަ ދުވަހުއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

Loading

Comments are reviewed before publication. You can write in English or Dhivehi.

Leave a Reply