ކެރެޓުގެ އަގު ހިފެހެއްޓުމަށް ފިޔަވަޅު އަޅައިފި: ވަޒީރު

ކެރެޓުގެ އަގު އުފުލެން ދިމާވި މައްސަލަ ހައްލުކުރުމަށް ފިޔަވަޅު އަޅާފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާ ދަތުރުފަތުރާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ބާޒާރުގައި ކެރެޓުގެ އުފުލުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަގު އުފުލިގެން ދިޔަ ސަބަބާއި ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ވަޒީރު ސަޢީދު ވިދާޅުވީ ކެރެޓުގެ އަގު އުފުލެން މެދުވެރިވީ، ކެރެޓު ސަޕްލައި ކުރުމުގައި ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށް ބެލިބެލުމުން އެންގުނު ކަމަށެވެ. އަދި ސަޕްލައި މަދުވިއިރުވެސް އެސްޓީއޯ މެދުވެރިކޮށް ކެރެޓު ކިލޯއެއް 40ރ. ވިއްކަމުން ދިޔަ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވަނީ ސަޕްލައި މައްސަލަ ދިމާވީ ކުންފުނިތަކުގެ މުދާވެސް މިހާރު އެމްޕީއެލްއާއި ގުޅިގެން ކުރި މަސައްކަތުން ކްލިއަރ ކުރެވިފައިވާކަން ހާމަކުރައްވާފައެވެ. އެހެން ކަމުން އަގު ބޮޑުކޮށް ނުވިއްކަވާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ބާޒާރުގައި ކެރެޓުގެ އަގު އަރައިގެން ނުދީ ހިފެހެއްޓުމަަށް ބާޒާރަށް އިތުރަށް ކެރެޓު ނެރުމަށް އެސްޓީއޯއިން ކެރެޓް ކޮންޓެއިނަރުތައް ކްލިއަރ ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
![]()




Comments are reviewed before publication. You can write in English or Dhivehi.