ޢަދުލު އިންޞާފު ހޯދަން ޓަކިޖަހާނެ ދޮރެއް ނެތް!

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ ވެރިކަމަށް ބުނެވޭ ގޮތުގައި ޞަލަފުއްޞާލިހުންގެ ތެރެއިން ވަޑައިގެންނެވުނު ރައީސް ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ވެރިކަން ފެށުމާއެކު ފަނޑިޔާރުގެއަށް އަތްބޭނުން ނިމުނީކަމުގައެވެ. އަދި ކިތަންމެ ކުޑަ ނަމަވެސް މީހެއްގެ ޙައްގެއް ގެއްލިފައިވާނަމަ އެ މަނިކުފާނުގެ ވެރިކަމުގައި ދެން އިންތިޒާރުގައި ހުންނާކަށް ނުޖެހޭނެ ކަމަށެވެ. ނަމަވެސް އެ ވަޢުދުތައް މިވަނީ ބިލާހަކަށް ވެފައެވެ.

ރައްޔިތުމީހާގެ ޙައްގު ހޯދަން ދިއުމުން ރައީސްކަންކޮށްފާ ތިބޭ ވެރިން (ރައްޔަތުންގެ ޚާދިމުން) ވިދާޅުވަނީ މައްސަލަ ނިންމުން ލަސްވާނަމަ ތިބާ ކޯޓަށް ދާށެވެ. ދެން އެވީ ރައްޔިތުމީހާގެ އެކައުންޓު ހުސްކޮށްލައި ސަލާންޖަހައިގެން ވަކީލަކު ހަމަޖައްސާށެވެ. ދެންފަހެ ރައްޔަތުމިހާ ހަންކެނޑިގެން ވަކީލު ހޯދައި މައްސަލަ މި އިސްލާމީ ގައުމުގެ ފަނޑިޔާރު މަނިކުފާނުގެ އަރިހަށް ވައްދައިފިއެވެ. ފަނޑިޔާރު މަނިކުފާނު އަރިހަށް މައްސަލަ ބައްލަވައި ދެއްވަން ވަގުތެއް ނުލިބި ދޮޅުއަހަރު ވީއެވެ. ތަށަށްކިޔަނީ މަރިޔަބުހޭވެސް ފަނޑިޔާރު މަނިކުފާނު ނައައްސަވައެވެ. ކޯޓަށް ފުޅާމިން ބުނަނީ ތިގޮތަށް ނުނިމި ދެ އަހަރު ތިން އަހަރަށްވުރެ މާގިނަދުވަސްވީ މައްސަލަތައް ހުރިކަމަށެވެ. ތިފަރާތުގެ މައްސަލަ ވެއްދިތާ އަދި މިވީ އެންމެ ދޮޅު އަހަރު ނޫންހެއްޔެވެ! ދެން އެކަމުގެ ޝަކުވާތައް ވަލިއްޔުލް އަމްރަށް ލިޔުމުން ދެއްވާ ޖަވާބަކީ ތިއީ ޝަރުޢީ މަރުހަލާގައި އުޅޭ މައްސައެއްވިމާ އެތަނުން ގޮތެއް ނިންމަވާނެ ކަމަށެވެ. ޖޭއެސްސީން ވެސް ޖަވާބެއް ނުދެއެވެ.
އެހެންކަމުން ރައްޔިތުމީހާ އިންޞާފުހޯދަން ޓަކިޖަހާނެ އިތުރުދޮރެއް ނެތެވެ. ރައްޔިތުމީހާގެ ޙިޔާލު ބަދަލުވާން މަޖުބޫރު ކުރުވައިފިއެވެ.
އަދިވެސް ދިރިހުއްޓާ ޙައްގު ލިބޭތޯ އަލުން އަނެއްކާވެސް ވަކީލު އަރިހުގައި ދަންނަވައިފީމެވެ. ކޮބައިތޯއޭ މައްސަލައިގާ ފަނޑިޔާރު މަނިކުފާނު ވިދާޅުވީ ކީކޭ ހެއްޔެވެ. ވަކީލު ބުނުއްވިއެވެ. ބަލާލާނަމެވެ. ޚަބަރެއް ނުވެ އެތެއް މަހެއް ފަހުން ވަކީލު އާއި ދުވަސްކޮޅެއްފަހުން އުނދަގުލުން ބައްދަލުކޮށް އަހައިފީމެވެ. ވަކީލު ސާހަބުއޭ، ފަނޑިޔާރު މަނިކުފާނު ވިދާޅުވީ ކީކޭތޯއެވެ. ވަކީލު ބުނުއްވިއެވެ. ތިމަންވަކީލު ފަނޑިޔާރު މަނިކުފާނާއި ގުޅައިފީމެވެ. ވިދާޅުވިއެވެ. މައްސަލައޮތީ ކޯޓުގައި ނޫން ހެއްޔެވެ. ކޯޓުން ގޮތެއް ނިންމާނެއެވެ. ތިމަންފަނޑިޔާރު މަނިކުފާނަށް ކުރެވޭނެ ކަމެއް ނެތެވެ. ގޮތް ނިންމާނީ ކޯޓުންނެވެ.
ރައްޔިތުމީހާ ގޮތްހުސްވެއްޖެއެވެ. ރައްޓެއްސެއްގެ ގާތު މިވާހަކަ ކިޔައިދީފީމެވެ. އެނާ ބުނުއްވިއެވެ. ދެންއޮތީ އެންމެ ގޮތެކެވެ. އަހައިފީމެވެ، އެގޮތަކީ ކޮބައިހެއްޔެވެ. ރައްޓެހިމީހާ ބުންޏެވެ. ދެންއިންޞާފު ހޯދޭނީ ފަނޑިޔާރު މަނިކުފާނުގެ ބޮލުގައި ޓަކިޖަހައިގެންނެވެ. ރައްޔިތު މީހާ އަހައިފީމެވެ. ތިޔަބުނުއްވި ޓަކި ޖެހޭނީ ކިހިނެއް ހެއްޔެވެ. ރައްޓެހިމީހާ ބުނުއްވިއެވެ. މި ރާއްޖޭގައީ ޞަލަފުއްޞާލިހުންގެ ޖަމާޢަތްތައް މަދެއްނުވާނެއެވެ. އޭގައިވެސް ދެވައްތަރެއް އުޅޭނެއެވެ. އެ ޖަމާޢަތްތަކުން ތިޔަ ޓަކިޖަހައިދޭނެއެވެ. އެކަމަކު އެޖަމާޢަތަށް ސައިގެ އެހީއެއްވާން ޖެހޭނެއެވެ. ރައްޔިތުމީހާ ބުންޏެވެ. ތިނޫން ގޮތެއް ހަމަ ނެތްހެއްޔެވެ. އެހެނީ ފަނޑިޔާރު މަނިކުފާނުގެ އަރިހަށް މައްސަލަ ވައްދަން ވެސް މި މިވަނީ ސަލާންޖަހާ ހަން ކެނޑިފައެވެ. ވަކީލުގެ ފީ ހޯދި ވެސް ސަލާމް ޖަހައިގެނާއި އެކުގައެވެ. ރައްޓެހިމީހާ ބުނުއްވިއެވެ. މިއީ ސައްތައިން ސައްތަ ސަލަފުއްސޯލިހުންގެ އިސްލާމީ ގައުމެކެވެ. ނަމަވެސް މީ ޞަދޫމަށްވުރެ ފަސާދަ އާއި ރިޝްވަތުގެ ކަންތައްބޮޑު ތަނެކެވެ. ރައީސް މީހާއާއި ފަނޑިޔާރުން ބޮލުގައި ޓަކި ނުޖަހައި މި ތަނަކުން ރައްޔިތަކަށް އިންޞާފު ނުލިބޭނެއެވެ. އެހެންކަމާއެކު އަލުން މިފަދަ ޞަފުއްޞާލިހުންގެ ޖަމާޢަތަކާ އަޅުގަނޑުގެ ޙައްގު ހޯދުމަށްޓަކައި، ބައްދަލު ކުރުމަށްޓަކާ ހަދިޔާއެއް ހޯދުމުގެ މަސައްކަތް މިހާރު މި ދަނީ ކުރަމުންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް