އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދިޔަ ގައިދީއަކު ނިޔާވެއްޖެއެވެ.
ނިޔާވެފައި ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ދަފްތަރު ނރ. 439 / އިބްރާހިމް ސުޙެއިލް (53އ)އެވެ.
ކަރެކްޝަންސް އިން ބުނީ ސުޙެއިލްގެ ސިއްހީ ހާލު ދެރަވުމުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާތާ ހަފްތާއެއް ވެފައިވާ ކަމަށެވެ.
އޭނާ ނިޔާވެފައިވަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް ނިއުމޯނިއާ ޖެހިގެން، މިއަދު ހެނދުނު 9:05 ހާއިރުގައެވެ.
އޭނާ އަކީ2025 ގައި ސްޓްރޯކެއް ޖެހިގެން، އެކަމަށް ފަރުވާ ހޯދަމުން އައިމީހެކެވެ.
![]()
