ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އާއި މަޖިލީހުގެ ނައިބު ރައީސާ އީވާ އަބްދުﷲ މަޤާމުން .އިސްތިއުފާ ދެއްވައިފިއެވެ
މިކަން ހާމަކުރައްވާ މިއަދު 16:00 ގައި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިޔުމަށް އެޖެންޑާކުރި ޖަލްސާގެ ރިޔާސަތުގައި އިންނެވި، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު ވިދާޅުވީ ޖަލްސާގެ އެޖެންޑާގައި އޮތީ ރައީސް ނަޝީދު މަޤާމުން ވަކި ކުރުމުގެ މައްސަލަކަމަށެވެ.
ނަމަވެސް ރައީސް ނަޝީދު އިސްތިއުފާގެ ސިޓީ ހުށަހަޅުއްވާފައިވާ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން މި މައްސަލަ ދެން އިތުރަށް ކުރިއަށް ގެންދިޔުމުގެ ބޭނުމެއް ނެތް ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދުގެ އިތުރުން އެ މަނިކުފާނުގެ ކޮއްކޯފުޅު މަޖިލީހުގެ ނައިބު ރައީސާ، އީވާ ވެސް ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.
މަޖިލީހުގެ ރައީސް އާއި ނައިބު ރައީސާ އިސްތިއުފާ ދެއްވާފައި ވާއިރު ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ 49 މެންބަރުންގެ ސޮޔާއެކުއެވެ. އަދި ނައިބު ރައީސާ އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ 50 މެންބަރުންގެ ސޮޔާއެކުއެވެ.
One Response
އަލްހަމްދުލިއްލާހް ގުއިވާއާއި ހަންޑިސޮރު މަގާމުންވަކިވީތީ