ނާސާގެ ފްލެގްޝިޕް ވެބްސައިޓްގެ ކޮންޓެންޓް މެނޭޖްމަންޓް ސިސްޓަމްގެ ގޮތުގައި އޮތް ޑްރޫޕަލްގެ ބަދަލުގައި ވޯޑްޕްރެސް ބޭނުންކޮށް ނާސާ.ގޮވް ގެ ބޭޓާ ލޭބަލް އެކުންފުނިން އުނިކޮށްފިއެވެ.
ވެބް ޑިވެލޮޕްމަންޓާއި، ޑޭޓާ މައިގްރޭޝަން އަދި ކޮންޓެންޓް ބިލްޑިންގްގެ މަސައްކަތުގައި އަށާރަ މަސްދުވަހުގެ ދިގު މުއްދަތެއް ހޭދަ ކުރުމަށްފަހު، ނާސާއިން ތައާރަފުކޮށްފައިވާ ފްލެގްޝިޕް އަދި ސައިންސް ވެބްސައިޓްތަކަކީ ޒަމާނީ ވެބްސައިޓްތަކެކެވެ. އެ ވެބްސައިޓްތަކުން ފާއިތުވެދިޔަ 65 އަހަރުތެރޭގައި ނާސާގެ އުފެއްދުންތެރިކަމާއި، ހޯދުންތެރިކަމާއި، އިޖާދީ ކުޅަދާނަކަން ދައްކުވައިދޭނެއެވެ.
ކޮންޓެންޓް މެނޭޖްމަންޓް ސިސްޓަމެއްގެ ހައިސިއްޔަތުން އެހެން ސިސްޓަމްތަކުގެ ތެރެއިން ވޯޑްޕްރެސް ޚާއްސަވެފައިވާ ކަމަށް ނާސާއިން ބުނާ ބައެއް ސަބަބުތައް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ. އެގޮތުން، ވޯޑްޕްރެސްއަކީ މުޖުތަމަޢުގައި ވަރަށް ފުޅާ ދާއިރާއެއްގައި ބޭނުންކުރާ ސީއެމްއެސްއެއް ކަމުން ވޯޑްޕްރެސްއިން ލިބެން ހުންނަ ރިސޯސްތައް މާގިނައެވެ. އަދި ވޯޑްޕްރެސް ބޭނުންކުރާ ފަރާތްތައް ގިނަވުމުގެ ސަބަބުން ތަފާތު އީޖާދީ ކުރިއެރުންތައް އެވިއުގައިން ވަނީ ހޯދާފައެވެ. މިގޮތުން، މައުލޫމާތު ހިއްސާކުރުމާއި، ވޯޑްޕްރެސްގެ ތަމްރީނުތައް ހިމެނެއެވެ. އެހެންކަމުން މުޖުތަމަޢުގެ ތެރޭގައި ވޯޑްޕްރެސްގެ ހުނަރު ލިބިފައިވާ ފަރާތްތަށް ގިނަވުމާއެކު، ނާސާ ފަދަ ޖަމިއްޔާއަކަށް ހޯދަން ބޭނުންވާ މަސައްކަތްތެރިން ހޯދުމަށް ފަސޭހަވާނެއެވެ.
ވޯޑްޕްރެސް އެޑްމިންގެ އެސްއީއޯ އާއި އެކްސެސިބިލިޓީ ދާއިރާތަކުގެ ތެރެއިން ޕްލަގްއިން އީކޯސިސްޓަމެއްގެ އެހީތެރިކަން ލިބޭތީ، ވަގުތުން ވަގުތަށް، ބޭނުންޖެހިއްޖެ ކޮންމެ ވަގުތެއްގައި ވެސް ކޮންޓެންޓް އެނެލިސިސްގެ ހިދުމަތްތައް ލިބެއެވެ. އަދި ކޮންޓެންޓް ޝާއިއުކުރުމުގެ ކުރިން ޝާއިއުކުރާ ފަރާތަށް އެ މައުލޫމާތު އެނަލައިޒްކުރުމުގެ ފުރުސަތު ލިބިދިނުމަކީ ވެސް ވޯޑްޕްރެސް ޚިޔާރުކުރުމުގައި ވަރަށް މުހިންމު ރޯލެއް ކުޅެފައިވާކަމެކެވެ. ހަމައެއާއެކު، ކޮންޓެންޓް ތައްޔާރުކުރުމުގެ މަސައްކަތަށް ވޯޑްޕްރެސްއިން ލިއްބައިދޭ ފަސޭހަކަމަކީވެސް ފާހަގަކުރެވޭ ސިފައެކެވެ.