ނޭޓޯގެ މެމްބަރުކަން ލިބިދިނުމަށްޓާކައި ޔޫކްރެއިނުގެ ބައެއް ސަޙަރައްދުތައް ރަޝިޔާއަށް ދޭންޖެހޭނެކަމަށް ނޭޓޯގެ ބާރުގަދަ މެމްބަރަކު ހާމަކުރެއްވުމާއި ގުޅިގެން އުފެދިފައިވާ ސުވާލަށް ޖަވާބު ދިނުމުގެގޮތުން ރަޝިޔާއާއި ޔޫކްރެއިނާ އިންވެގެން އޮންނަ ބެލްގޮރޯޑް ސަރަޙައްދު ދީފާނެކަމަށް ރައީސް ޒެލެންސްކީ މާބޮޑު ޖެހިލުމެއްނެތި ވިދާޅުވެއްޖެއެވެ.
ޔޫކުރެއިންގެ ރައީސް ޒެލެންސްކީ މިހެން ވިދާޅުވެފައިވަނީ ޑެންމާރކުގެ ބޮޑުވަޒީރާއެކު ބޭއްވުނު ގުުޅިފައިވާ ނިއުސް ކޮންފަރެންސެއް ގައެވެ.
ޑެންމާރކުގެ ބޮޑުވަޒީރު ވިދާޅުވީ ސުލްޙައިގެ ވާހަކަ ދެއްކުމާއި ނުދެއްކުމަކީ ޔޫކްރެއިންގެ އިޚްތިޔާރެއް ކަމަށެވެ. ރައީސް ޒެލެންސްކީ ވިދާޅުވެފައިވަނީ ޔޫކްރެއިންގެ ސިފައިން އަތުގައި ބޭނުންކުރާނެ ރަނގަޅު ހަތިޔާރު ނެތި މިހާރު ދެމުންގެންދާ ކައުންޓަރ އޮފެންސިވް ޙަމަލާތަކަށް ފާޑުކިއުމަކީ އެންމެ ރަނގަޅުގޮތެއް ނޫނެވެ.
އެމަނިކުފާނު ވިދާޅުވީ އެންމެ ހައެއްކަ ކިލޯމީޓަރުގެ ސަރަޙައްދެއް ހިފަން އެތައް ބައެއްގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ވައްޓާލައްވަން ބޭނުން ނުވާކަމަށެވެ.
ޔުކްރެއިނުން ކައުންޓަރ އޮފެންސިވް ޙަމަލާތަކަށް ތައްޔާރުވަމުން ދިޔައިރު ރަޝިޔާއިން ގެންދިޔާއީ ޔޫކްރެއިނުން ބޭނުންކޮށްފާނެ ސަރަޙައްދުތަކުގައި މައިން ވަޅުލަމުން އަދި އެމީހުންގެ ދިފާއު ވަރުގަދަ ކުރަމުންނެވެ.
ޑެންމާކަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ޒެލެންސްކީ ވިދާޅުވީ ރަޝިޔާއާއިއެކު ސުލްޙަ ވުމަށްޓާކައި ޔޫކްރެއިނުން އެއްވެސް ސަރަޙައްދެއް ނުދޭނެކަމަށެވެ. ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް އޮފީހުގެ އެންމެ އިސްވެރިޔާ ސްޓިއަން ޖެންސަން މި އޯގަސްޓު މަހުގެ 15 ވަނަދުވަހު ވިދާޅުވެފައިވަނީ ޔޫކްރެއިނުން ނޭޓޯގެ މެމްބަރަކަށް ވުމަށްޓަކައި ޔޫކްރެއިނުގެ ބައެއް ސަރަޙައްދުތައް ރަޝިޔާއަށް ދޭން ޖެހޭނެ ކަމަށާއި އެކަމަކު އެއީ ޔޫކްރެއިންގެ އިޚްތިޔާރެއް ކަމަށެވެ. އެހެންނަމަވެސް މިހާރު އޭނާ ވިދާޅުވަނީ އެއީ އޮޅިގެން ވިދާޅުވެވުނު ބަހެއް ކަމަށެވެ.
މިވާހަތަކާގުޅިގެން ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ސްޓޯލްޓެންބާރގް ވިދާޅުވެފައިވަނީ މިއީ ޔޫކްރެއިންގެ މައްސަލައެއް ކަމަށާއި ގޮތެއް ނިންމާނީވެސް ޔޫކްރެއިނުން ކަމަށެވެ.
ދޮޅުމިލިއަނެއްހާ އާބާދީ އެއް ދިރިއުޅެމުން ގެންދާ 27 ހާސް އަކަ ކިލޯމީޓަރުގެ ބެލްގޮރޯޑަކީޔޫކްރެއިންގެ ލުހަންސްކް އާއި އިންވެގެން އޮންނަ ރަޝިޔާގެ ބާރުގެ ދަށުގައި އޮންނަ ސަރަޙައްދެކެވެ. އެ ސަރަޙައްދުގެ އިން ވަކިކުރެވިފައި ވަނީ 1954 ޖެނުއަރީ 6 ވަނަދުވަހުއެވެ.