ރައީސްގެ ސެކިއުރިޓީ ފެއިލްވުމުގައި ކޮމާންޑިން އޮފިސަރު ޢަބްދުﷲ ގެ އިހުމާލެއް ނެތް: އެމްއެންޑީއެފް

Loading

Facebook
Twitter
WhatsApp

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސެކިއުރިޓީ ފެއިލްވުމުގައި ޕްރެޒިޑެންޝިއަލް ގާޑްސްގެ ކޮމާންޑިން އޮފިސަރު ކާނަލް ޢަބްދުﷲ އިބްރާހިމްގެ އެއްވެސް އިހުމާލެއް ނެތްކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ.

ރައީސް ދަތުރުކުރައްވަމުން ގެންދެވި މޮޓޯކޭޑަށް މިދިޔަ މާޗުމަހުގައި ބަޔަކު ހުރަސްއެޅީ ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތަކަށްފަހު ވަޑައިގަތުމަށްފަހު އެނބުރި މާލެ ވަޑައިގެން ޕީޕީއެމްގެ އޮފީސް ހުންނަ ސަރަހައްދުން ވަޑައިގެންނެވި މަގުމަތީގައެވެ. 

އެ ހާދިސާ ހިނގިއިރު ކާނަލް ރޭންކުގައި ހުންނެވި ޢަބްދުﷲ އިބްރާހިމަކީ ރައީސްގެ ސެކިއުރިޓީ ކަންކަން ބަލަހައްޓާ އެމްއެންޑީއެފްގެ ޕްރެޒިޑެންޝިއަލް ގާޑްސް ޔުނިޓްގެ އިސް ވެރިޔާއެވެ. އެގޮތުން އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރިއެވެ.

 އެމްއެންޑީއެފުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޕްރެޒިޑެންޝިއަލް ގާޑްސްގެ ކޮމާންޑިން އޮފިސަރު ކާނަލް ޢަބްދުﷲ އިބްރާހިމް މާޗުމަހުގެ 21 ވަނަ ދުވަހު މަގާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުން އެކަހެރި ކުރުމަކީ ސިފައިންގެ ވަޒީފާއާބެހޭ ގަވާއިދުގެ ދަށުން މުވައްޒަފުން ވަޒީފާއިން ސަސްޕެންޑް ކުރުމާބެހޭ މާއްދާގެ ދަށުން އަޅާފައިވާ ފިޔަވަޅެއްނޫން ކަމަށެވެ. އަދި މިގޮތަށް ކޮމާންޑަރުން އަދާކުރައްވާ ޒިންމާއާއި މަސްއޫލިއްޔަތުތަކުން ވަގުތީ ގޮތުން އެކަހެރިކުރަނީ އެފަދަ ކަންކަމުގެ އިންކުއަރީ އެއްވެސް ފަރާތެއްގެ ނުފޫޒެއްނެތި އިންސާފުވެރިކަމާއެކު ހިންގުމަށް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ މައްސަލަ ބެލި ބެލުމުން ކޮމާންޑިންގ އޮފިސަރުގެ އެއްވެސް އިހުމާލެއް ފެންނަން ނެތް ކަމުގައެވެ.

Loading

2 Responses

  1. މުޒާހަރާޖައްސައިފަ އޮއްވާ ހަމަ އެމަގުން ކީއްވެބަ ރައީސްގެ މޯޓަރުކޭޑް ދާންވީއަކީ. އެހެން މަގެއް ނެތޯ ބުރިޖްއަށް ދެވޭނެ. ހަމަ ހުސް ޗައްކަރު. ރައީސް މީހާގެ ކުށެއްނެތެވެ. އެހެނީ ރައީސްގެ ސިކިއުރެޓީ ޖެހޭނީ އެންމެ އަމާން ހިމޭން މަގަކުން ގެންދާންނޫންތޯއެވެ. ދެން ކީއްވެތަ އޭނަ ޑިމޯޓްކޮށް ތިބުނާ ފިޔަވަޅެއް އެޅީ؟ ކޮބާތަ ޕޮލޮސް ބޯޑް؟

  2. އިހުމާލުއޮންނާނީ އަބަދުވެސް ދައްމީހާގެ! ވެރިޔަކައްވެވިއްޖެއްޔާ އިހުމާލު ކިޔަންވެސް އެނގިނުލައްވާނެ!

Leave a Reply

ފަހުގެ އަޕްޑޭޓް