އައްޑޫސިޓީ މިސްކިތަކަށް ބޮޑުކަމުދިޔަކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފި

Loading

Facebook
Twitter
WhatsApp

 

 

އައްޑޫސިޓީ މިސްކިތަކަށް ބޮޑުކަމުދިޔަ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކޮށްފައިވަނީ 47 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އޭނާ ފުލުހުންގެ ބަންދުން ދޫކޮށްލީ އޭނާގެ ނަފްސާނީ ހާލަތު ދެނެގަތުމަށް ޑޮކްޓަރަށް ދެއްކުމުން، އޭނާ ޖަލުގައި ބަހައްޓިފިނަމަ އިތުރަށް ހާލަތު ގޯސްވާނެ ކަމަށް ޑޮކްޓަރުން ލަފާދިނުމާ ގުޅިގެން ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

އަދި އެމީހާ ރަނގަޅަށް ބަލަހައްޓަން އޭނާގެ އާއިލާގައި ފުލުހުން އެދިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އުލޫމާތު ލިބިފައިވާ ގޮތުގައި ބަޔަކު ވަނީ ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައި ފޭދޫގެ މަސްޖިދުލް އަމާނީ އާއި މަސްޖިދުލް ނަސްރި އަށް ވަދެ އެތަންތަނުގެ ހުރުމަތް ކަނޑާފައެވެ.

އެގޮތުން އެމީހުންވަނީ ބޮޑުކަމު ދިއުމުގެ އިތުރުން މިސްކިތުގައި ހުރި ހަތިމްތައް އުކާލާފައިވާ ކަމަށް ވެއެވެ.  ބޮޑުކަމުގޮސްފައި ހުރީ މިސްކިތުގެ އިމާމް ނަމާދު ކުރަން ހާއްސަ ތަނަށެވެ. އަދި އެކަން ކުރި މީހުން ދިޔައީ ބޮޑު ކަމުގެ ނަޖިސް މަތީގައި މުސައްލަ ބާއްވާފައި ކަމަށްވެއެވެ.

ނަފްސާނީ މައްސަލަ ހުންނަ ކަމަށް ބުނާ މީހަކު އައްޑޫސިޓީގެ މިސްކިތަކަށްވަދެ ހުރުމަތް ކަޑާފައިވާއިރު މާލެ ސިޓީގެ މިސްކިތްތަކަށްވަދެ ހުރުމަތްކެޑުމުގެ މައްސަލަވެސް ވަނީ ފެންމަތިވެފައެވެ. އެގޮތުން މާލޭ މިސްކިތްތަކަށް ތަކުރާރުކޮށް ކުޑަކަމުގޮސްފައިވާ މީހަކާ ބެހޭގޮތުންވެސް ފުލުހުން ފުރަތަމަ ބުނެފައިވަނީ އެމީހާއަކީވެސް ސިކުޑި ހަމަނުޖެހޭ މީހެއްކަމަށެވެ. ނަމަވެސް ފަހުން އޭނާ ހައްޔަރުކޮށް އެ މައްސަލައިގައި އޭނާ މިހާރު ވަނީ ދޮޅުމަހަށް ޖަލަށް ލާފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް