ހަމަ ތެދެކެވެ ގައުމެއްގެ ވެރިކަން ހަމަ ކޮންމެ މީހަކަށް ނުކުރެވޭނެ:

Loading

Facebook
Twitter
WhatsApp

ގައުމެއްގެ ވެރިކަމަކީ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ވެރިއެއްގެ

ކިބައިގާ ވެރިަކަމުގެ ތަޖުރިބާއާއި އިޚްލާސް ތެރިކަމާ ތެދުވެރިކަމާ އަމާނާންތެރިކަން ހުންނަން ޖެހޭނެއެވެ.

މީގެ އިތުރުން ގައުމުގެ ތަނަވަސް ކަން ސިންގަޕޫރު ފަދަ ގައުމަކަށް ހެދުމުގެ ޢިލްމާ ރައްޔިތުންގެ ތަނަވަސް ކަމާ ޙާލަތު ރަނގަޅުކޮށް ދުޅަހެޔޮ މިނިވަން އަމަން އަމާން ވެއްޓެއް ބިނާ ކުރާން އެގި އެކަމުގެ ފެންވަރާއި ފަންވަރު ހުންނަން ވާނެއެވެ. ވެރިމީހާ އަކީ ގައުމުގެ ވަލިއްޔުލް އަމްރުއެވެ. ހުރިހާ ޒިންމާ އެޅިގެންދަނީ ވަލިއްޔުލް އަމްރުގެ އިސްތަށި ފުޅުގައެވެ. އެހެންކަމާ އެކު ވަލިއްޔުލް އަމްރުގެ މަގާމަށް ޒިންމާނުނެގޭ ވަރުގެ މީހުން ދައުލަތް ހިންގުމާއި ޙަވާލުވަން ވިސްނެވުންވެސް ހެޔޮ ނުވާނެއެވެ،

ރާއްޖޭގެ ރައީސަކަށް ވުމަށް ވަކި ފެންވަރެއް ޢިލްމީފެންވަރެއް ގާނޫނު އަސާސީގައި ބަޔާންކުރެވިފައި ނެތަސް، އެމަގާމަކީ ކޮންމެ މީހަކަށް ކުފޫ ހަމަވާ މަގާމެއް ނޫންކަން ދެނެ އެފަދަ ފެންވަރު ހުންނަން މީހުން ކުރިމަތިލާންޖެހޭ މަގާމެކެވެ.

ރާވެރީންނާ ވަޑިންނާ މަސްވެރިން ފަދަ މީހުން ގައުމުގެ ވަލިއްޔުލް އަމްރުގެ މަގާމަ ގެންނަން ވެއްޖެ ނަމަ ދެން ގައުމަށް ވެގެން ދާނީ މިހާރު މިވެގެން ދިޔަ ގޮތެވެ.

މިލިޓްރީ މީހުންނާ މަސްވެރީންނާއި ސައިންޓިސްޓުންނާއި، ސޭޓުންނާއި މިހެންގޮސް ވެރިކަމުގެ ދާއިރާއާއި ގުޅުުން ނެތް އެތަށް ފަންތިއަކުން ރާއްޖޭގެ މި ނިޔަދިޔަ ފަހަރުތަކުގެ ރިޔާސީ އިންތިޚާބަށް ކުރިމަތި ލައިފާވެއެވެ. ކުރިމަތި ލުމަކީ މައްސަލައެއް ނޫންކަމަށް ބަލިދާނެއެވެ. މައްސަލަ އުފެދޭ ހިސާބަކީ މަގާމު ލިބުމުން ކޮންމެމީހަކުވެސް އެ އުޅެގަންނަ ގޮތެވެ. ފާޓްފުޅާވެގެންދާ ސައިޒްއެވެ.

ރައީސް މައުމޫންގެ ވެރިކަމުގައިވެސް ގަނޑުކޮށް މިހާ ބޮޑެތި އަދަދުން އެއްފަހަރާ ދައުލަތުން ވައްކަން ކޮށްފައެއް ނެތެވެ. މާރިޔާގެ ފިރިމަނިކުފާނު ސަޓޯ އާއި މައުމޫނުގެ ޅިޔަނު އިލްޔާސް އިބުރާހިމް މިފްކޯއިން ކުރިބޮޑުވައްކަން ވެސް މިވަރެއް ނުވެޔޭ ދެންނެވުމަކީ ދޮގަކަށް ނުވެދާނެއެވެ. ހަމަ ގައިމުވެސް މައުމޫނުވެސް މިފަދަ ވައްކަމެއް ނުކުރައްވައެވެ.

ވައްކަން ކުރުމުގެ ވައްޓަފާޅިއަަށާއި ވައްކަން ކުރާމީހުުނަށް ދެވޭ އަދަބަށްް ވެސް މިހާރު ވަނީ އާ ބަދަލު ގެންނަވައިފިއެވެ. އެބަދަލަކީ ދައުލަތުން ވައްކަން ކޮށްގެން ހޯދިފައިސާއިން ޢިއްޒަތް ލިބިގަތުމައި މެގާ ބޮޑެތި ވައްކަން ބައިއަޅައިގެން ކޮށް ވަގުފަހާ ދުވާނެ މީހަކު ނެތްވަރަށް ވަގުންގެ ބޮޑުންގެ ނެޓްވޯރކް ފުޅާވެފައިވުމެވެ.

ގަބޫލު ކުރެއްވިޔަސް ނުކުރެއްވިއަސް ކަންހިނގަނީ މިހެންނެވެ. ވަށްކަން ބޮޑުވި ވަރަކަށް ސަރުކާރަކުން އެމީހަކަށް އެބަޔަކަށް ޙިމާޔަދެއެވެ. މިސާލަކަށް މިވަގުތައް އެމްއެމްޕީއަރސީގެ ވައްކަމުގެ ބައިވެރީން ފާހަގަ ކޮށްލީމެވެ.

ވެރިކަން ކުރުމުގެ ގާބިލް ކަމާ ގައުމާއި ރައްޔިތުން ގެ ޙައްގަށް އިޙުތިރާމް ކުރުމާއި ގައުމުގެ މުސްތަގްބަލް އުޖާލާ ކުރުމުގެ ޢިލްމީ ގާބިލް ކަން ނެތް މީހަކު ވެރިކަމަށް ގެނެވިއްޖެ ނަމަ ރައްޔިތުންނަށް ދުވާލަކު އެއްފަހަރު ކާލާނެ ކާއެތި ކޮޅެއްވެސް ނުލިބި ހިނގައިދާނެކަން މިހާރު ސީރިއަސްކޮށް ރައްޔަތުން ވިސްނަން ވެއްޖެއެވެ. އަދި މިވަރަކުންވެސް ނުފުދެއެވެ.

އަދި ކާއެތި ކޮޅެއް ނުލިބޭތާނުގައި އަންނާން އޮތް ޖީލު ތަކާ ހަމައަށް ދައުލަތް ނެތިދިއުމުގެ ބިރުވެސް އެބައޮތެވެ. އެހެނީ ސަރުކާރާއި ޙަވާލުވުމަށްފަހު ރައްޔަތުންނަށް ވެވުނު ވަޢުދުތަކޭ ވިދާޅުވެ ކޮންމެ މީހަކުވެސް ބަލަނީ އޭނާ ވެރިކަމަށް ގެނައި މީހުނާއި އެ ކޯލިޝަން ރުއްސާށެވެ. އޭގެ ސަބަބުން ދައުލަތް ދަރާވިކި ދަނީއެވެ.

ރަނގަޅު މީހާ ފާހަގަ ކުރެވޭނީ ނުބައި ނުލަފާ އެހެން މީހަކާއި ޖެހުނީމައޭ ބުނެ އުޅެތެވެ. ރައްޔިތުން ވޯޓު ވިއްކާލާ ނަމަ ނުބައި މީހާއަށްވެސް މަގާމު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑެވ. ހުރިހާގެއްލުމަކާ ދަތިކަން ތަހަންމަލް ކުރަން ޖެހޭނީ މުޅި ގައުމުގެ ވެރީންކަމުގައިވާ ރައްޔަތުމީހާއަށެވެ.

މިސާލަކަށް ރައީސް މައުމޫނުގެ ވެރިކަމުގެ 30 އަހަރަށް ކުރުގޮތަކަށް ބަލާލައިފި ނަމަ މައުމޫނު ސިފަ ވެގެން ދާނީ ރަނގަޅު ބޭފުޅެއްގެ ގޮތުގައެވެ. އެއީ މިހާރު އެއަށްވުރެ ނުބައި ނުލަފާ ބޭފުޅުން ރައްޔިތުންނަށް ފެނުނީތީވެއެވެ. 30 އަހަރު ވެރިކަން ކުރެވުނީ ސިޔާސީ ތަޖުރިބާ ތަކެއްވެސް ލިބިފައި ހުރީމައެވެ. ސަރުކާރުން ކޮންމެގޮތަކަށް ކަން ކުރިއަސް އޭރަކު ބުނެވޭނެ އެއްވެސް ބަހެއް ނެތެވެ. ފާޅުކުރެވޭ ޚިޔާލަކުންވެސް މީހާ ކަސްތޮޅުއެޅެވެ. ގަލަމާއި ދުލުގެ މިނިވަންކަމެއް މައުމޫނު ނުދެއްވައެވެ. ގައުމު ބިނާކުރަމުން އައީ ގައުމަށް ލިބޭ އެއްޗަކުން ވަރަށް ލަސް ސްޕީޑެއްގައޭ ބުނެވިދާނެއެވެ. ނަމަވެސް ގައުމު ދަރުވައެއްނުލައެވެ.

މައުމޫނު އަނިޔާ ކުރެއްވީ ނޫސްވެރިންނަށާއި ވެރިކަމަށް ފާޑުކިޔާ އޭނަޔާ ދެކޮޅުކަމަށް ދެކޭ މީހުންނަށެވެ. މައުމޫނަކީ ވައްކަން ކުރެއްވި ބޭފުޅެއްނޫނެވެ. އެމަަނިކުފާނު ގައުމަށް ޣައްދާރު ވެފައެއް ނުވެއެވެ. އެމަނިކުފާނުގެ ދިގު 30 އަހަރުގެ ވެރިކަން ބަދަލުވާން ދިޔަ ހިނދުކޮޅުގައި ވެސް ދެއްކެވީ ޑިމޮކްރަސީގެވަރަށް ރީތި މިސާލެކެވެ. މަޖުބޫރުވެގެން ނަމަވެސްމެއެވެ. ބަދަލަށް ގޮވާ މީހުން ގިނަވެ އަނިޔާއާއި ދެކޮޅަށް އިޙުތިޖާދުތަށް ގިނަވެ، ކޮންމެ ފެށުމަކަށްވެސް ނިމުން އަންނަފަދައިން ދުނިޔެ ތަރައްގީވެ ޓެކްނޯލެޖީ ކުރިއަރައި ދިއުމުން ކުރީގެ ވައްޓަފާޅިއަށް ވެރިކަން ނުކުރެވޭނެ ކަން އެމަނިކުފާނަށް ވިސްނިވަޑައިގެން އެހެންގޮތެއް ނެތިގެންނަމަވެސް އެގޮތަށް ގަބޫލުކުރެއްވިއެވެ.

މަންޒަރު ކިތަންމެހާވެސް ރީތި:

ޢަމަލު ކުރެވެމުން މިދާ ފެހި ގާނޫނުއަސާސީ ވުޖޫދުވީ ވެސް މައުމޫނުގެ ޒަޢާމަތުގައެވެ.

ކޮންމެއަކަސް އެބަދަލާއި އެކު ވެރިކަން ބަދަލުވެ މިހާރު ވެރިކަމަށް މިއަންނަނީ އަމިއްލަ އެދުން ބޮޑު ބޮޑެތި ޚިޔާނާތްތެރިން ކަމަށް ވުމުން ގައުމާ ރައްޔިތުން ދަރާވިކި ބޯހިޔާ ކުރެވޭނެ ފަދަވެސް މިދަނީ ނެތެމުންނެވެ.

ގައުމުގެ ދަރަނި ފިލުވަން ފައިސާ ޗާޕް ކޮށްފި ނަމަ ރައްޔިތުން ހައިހޫނުކަމާ ކުރިމަތި ލާން ޖެހޭނެ ކަމީ ޝައްކެއްވެސް ނެތް މިންވަރަށް ޔަގިންވާކަމެކެވެ. އެފަދަ ޚިޔާނާތްތެރި ޢަމަލު ހިންގައި ފައިސާ ޗާޕުކުރި ގައުމުތަކަށް ބައްލަވާށެވެ. އެމީހުންގެ މިއަދު ޙާލާމެދު އެމީހުންވެ އެތިބީ ހަދާނެގޮތެއް ނެތި ބޭންކް ރަޕްޓްވެފައެވެ. މީގެ އެންމެ ހިތި ނަތީޖާ ދުށް ގައުމުތަކުގެ ތެރޭގައި ގްރީސް ދެކެބައްލަވާށެވެ.

ބޭރުގެ ގައުމުތަކަށް ދެރުމަކީ އަޅުވެތިކަން ތަޙަންމަލް ކުރަން ޖެހޭ ކަމެކެވެ. ރާއްޖޭގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ވަންނަން މަރުދޭ ގައުމުތަކުގެ އަމާޒަކަށް ވާނީ ދަރަނި ނުދެއްކިގެން އެމީހުން އެދޭ ކޮންމެ ކަމެއް ކޮށްދޭން މަޖުބޫރު ކުރުވުމެވެ.

މިޒަމާނުގައި އަޅުވެތި ކުރަނީ މިހެންނެވެ. ކަނޑިޔާއި ބަޑިހިފައިގެން އަަރާ ކުއްލިއަކަށް ޙަމަލާދީ ފަނާ ކޮށްލައިގެންނެއް ނޫނެވެ.

ކަން މިހެން ހުރުމާއެކު ގައުމުގެ ވެރިކަން ޢަލީބާބަ އައުރު ޗާޅީސް ޗޯރުންގެ އަތްމައްޗަށް ދޫކޮށް ނުލެވޭނެއެވެ. އޭރުން އަންނަން އޮތް ޖީލުތަކުން އަޅުގަނޑު މެން މަޢާފެއް ނުކުރާނެއެވެ.

ހަމަ ތެދެކެވެ! ގައުމެއްގެ ވެރިކަން ހަމަ ކޮންމެ މީހަކަށް ނުކުރެވޭނެއެވެ.

 

 

 

 

 

 

 

 

Loading

2 Responses

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް