އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ

Loading

Facebook
Twitter
WhatsApp

އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދިޔަ ގައިދީއަކު ނިޔާވެއްޖެއެވެ.

ނިޔާވެފައި ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ދަފްތަރު ނރ. 439 / އިބްރާހިމް ސުޙެއިލް (53އ)އެވެ.

ކަރެކްޝަންސް އިން ބުނީ ސުޙެއިލްގެ ސިއްހީ ހާލު ދެރަވުމުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާތާ ހަފްތާއެއް ވެފައިވާ ކަމަށެވެ.

އޭނާ ނިޔާވެފައިވަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް ނިއުމޯނިއާ ޖެހިގެން، މިއަދު ހެނދުނު 9:05 ހާއިރުގައެވެ.

އޭނާ އަކީ2025 ގައި ސްޓްރޯކެއް ޖެހިގެން، އެކަމަށް ފަރުވާ ހޯދަމުން އައިމީހެކެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް