އައްޑޫގެ ގެއެއްގައި ދެމަފިރިއަކު ނިޔާވުން: ތުހުމަތު ކުރެވޭ ކަމެއް ނެތް ކަމަށް ފުލުހުން ބުނޭ

Loading

October 22, 2025
profile
Facebook
Twitter
WhatsApp

އައްޑޫ ސިޓީގެ ގެއެއްގައި މިއަދު ދެމަފިރިއަކު ނިޔާވެފައި ތިއްބައި ފެނުނު މައްސަލާގައި މިހާތަނަށް ބެލިބެލުމުން ތުހުމަތު ކުރެވޭ ކަމެއް ފާހަގަވެފައި ނުވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

އެ ދެމަފިރިން ނިޔާވެފައި ތިއްބައި ފެނިފައިވަނީ، އިއްޔެއިން ފެށިގެން އެމީހުން ޚަބަރެއް ނުވެގެން ޢާއިލާ މީހުން ގޮސް އެގެއަށް ވަދެ ބެލި ބެލުމުގައި ކަމަށް ޚަބަރު ލިބިފައިވެއެވެ.

ނިޔާވެފައި ތިއްބައި ފެނިފައިވަނީ ހިތަދޫ، ކްރޭނުގޭ އިބްރާހިމް އަބްދުﷲ (60އ) އާއި އައްޑޫ މަރަދޫ ނާރެސް، ފަރަޙްނާޒް ރަޝީދު (52އ) ކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ.

އެރަށު ބައެއް މީހުންނާ ހަވާލާދީ ނޫސްތަކުން ބުނެފައިވަނީ އެ މީހުން އެ ގެ ހަދައިގެން ބަދަލުވެފައިވަނީ މީގެ ދެތިން ދުވަހެއް ކުރިން ކަމަށެވެ.

އެ ސަރަހައްދަށް އަދި ކަރަންޓުގެ ޚިދުމަތް ނުދޭތީ، އެގޭގައި ކަރަންޓު ބޭނުންކުރަނީ ޖަނަރޭޓަރެއް ބޭނުންކޮށްގެން ކަމަށާއި، އެ ދެމަފިރިން ނިޔާވީ ކަރަންޓުގައި ޖެހިގެން ކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ލަފާކޮށްފައެވެ.

Loading

One Response

  1. ޖަނަނޭޓަރުން ބޭރުވާ ކާބަން މޮނޮކްސައިޑުން އިންސާނުންގެ ފުރާނައަށް ނުރައްކާވޭ. އަޅުގަޑަށް ލަފާކުރެވެނީ ޖަނަނޭޓަރު ސްޓާޓްކޮށް ފައި ނިދުމުން އޮކްސިޖަން ނުލިބުމުގެ ސަބަބުން މަރުވީކަމަށް.

Leave a Reply to ސަންދާނު Cancel reply

ފަހުގެ އަޕްޑޭޓް