ކޯޓު އަމުރެއްގެ ދަށުން ފުލުހުން އަދަދު ނޫހުގެ އޮފީހަށް ވަދެ ބަލައި ފާސްކޮށްފިއެވެ.
ރޭގެ ވަގުތެއްގައި ފުލުހުން ބުނީ އަދަދު ނޫހުގެ އޮފީސް ބަލާ ބާސްކުރަމުންދަނީ އެ އިދާރާއަށް ހުށަހަޅާފައިވާ ޖިނާއީ މައްސަލައިގެ ތަޙްޤީގަށް ކަމަށެވެ.
އަދި އެ މައްސަލައަކީ މިހާރު ހިނގަމުން ދާ މައްސަލައަކަށް ވުމާއި ތަޙްޤީގުގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމުގެ ގޮތުން އިތުރު މަޢުލޫމާތެއް މި ދަނޑިވަޅުގައި ހާމަކުރެވެންނެތް ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން އެ ނޫހުގެ އޮފީސް ބަލައި ފާސްކޮށްފައި މިވަނީ އެ ނޫހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއަށް ބޮޑެތި ތުހުމަތުތަކެއް ކޮށް ޑޮކިއުމެންޓްރީއެއް އާންމުކޮށްފައި ވަނިކޮށެވެ.
އަދި ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ އަދަދު ނޫހުގެ ޑޮކިއުމެންޓްރީގައި ކޮށްފައިވާ ތުހުމަތުތައް ދޮގު ކުރައްވާ އެފަދަ ދޮގު ވާހަކަދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާކުރަން ކަމާބެހޭ ހުރިހާ ފަރާތްތަކުގެ ކިބައިން އެދިވަޑައިގަންނަވާ ކަން ހާމަކުރައްވާފައެވެ.
![]()
