ތައިލަންޑުން ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯ އަށް ދަތުރު ކުރި ބޯޓަކުން 110 ކިލޯގެ ކެނަބިސް އެތެރެ ކުރަން އުޅުމާއި ގުޅިގެން 22 ހާމުދުރުން ހައްޔަރު ކޮށްފިއެވެ.
ކަސްޓަމް އޮފިޝަލުން މައުލޫމާތު ދީފައިވާ ގޮތުގައި މީގެ ތެރެއިން ކޮންމެ މީހަކު ގާތްގަނޑަކަށް ފަސްކިލޯގެ ”ޚުޝް“ ކިޔާވައްތަރުގެ ޑްރަގް،ލަގެޖްގައި ރައްކާކޮށްގެން އެތެރެ ކުރަން އުޅެފައިވެއެވެ.
މި ގްރޫޕްގައި ހިމެނޭ ”މޮންކު“ ނުވަތަ ހާމުދުރުން ގެ ގިނަމީހުންނަކީ ކިޔަވާކުދިންގެ ގޮތުގައި ލިސްޓް ކޮށްފައިވާ ބައެކެވެ. މިމީހުން ދަތުރު ކޮށްފައިވަނީ ސްޕޮންސަރަކު ޚަރަދު ދިނުމުން ހަތަރު ދުވަހުގެ ޗުއްޓީއެއްގައި ކަމަށް ވެއެވެ.
ފުލުހުން ބުނި ގޮތުގައި ދަތުރު އިންތިޒާމް ކުރިކަމަށް ޝައްކު ކުރެވޭ 23 ވަނަ ހާމުދުރަކު ވެސް ކޮލޮމްބޯގެ ބޭރުގެ ހިސާބަކުން ވަނީ ހައްޔަރު ކޮށްފައެވެ. އޭނަ ދަތުރުގައި ބައިވެރި ވެފައެއް ނުވެއެވެ.އެހެން ހާމުދުރުން އުފުލި ޕާރުސަލް ތަކަކީ ބަޔަކު ކުރި ޚައިރާތެއް ކަމަށާ އެތަކެތި ބަލާ ވޭން އެއް އަންނާނެ ކަމަށް އޭނާ އެހެން މީހުން ކައިރީ ބުނި ކަމަށް ވެއެވެ.
އާދީއްތަ ދުވަހު ކޯޓަށް ހާޒިރު ކުރުމަށްފަހު ކޯޓުން މިހާރުވަނީ 23 ހާމުދުރުން އިތުރު ތަހްގީގްތަކަށްޓަކައި ހަތް ދުވަހަށް ބަންދު ކޮށްފައެވެ.ގިނަ ހާމުދުރުންނަށް އުފުލުނީ ކޮން އެއްޗެއް ކަން ނޭގޭ ކަމަށް ވެއެވެ.
ހާމުދުރުން އުފުލި ޑްރަކް ފެނިފައިވަނީ ފޮނިކާތަކެތި އަދި ސްކޫލް ސަޕްލައި ތަކެއްގެ ތެރޭން ކަމަށް ވެއެވެ.
މިއީ ސްރީލަންކާގެ އެއާޕޯޓަކުން ޑްރަގް އެތެރެކުރަން އުޅެގެން މޮންކުން ނުވަތަ ހާމުދުރުން ހައްޔަރު ކުރި ފުރަތަމަ ފަހަރެވެ.
![]()
